އަތުގައި ހުރި ޑްރަގް އެއްލާލުމަށްފަހު ބުނީ ތިރިވީ ނޭފަތުގަ ހުރި "ބަޓަރު" ފޮޅަން ކަމަށް

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފަ އެވެ.

މަގުމަތީގައި ފުލުހުން ހަރަކާތްތެރި ވަނީ

ފުލުހުން ފެނުމުން އަތުގައި ހުރި މަސްތުވާތަކެތި އުކާލި މީހަކު ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކުރި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ. ރުވާގެ، މުހައްމަދު ޝަރީފެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފަ އެވެ.

ބަންދު އަމުރުގައިވާގޮތުން މީނާ ހުރި ސަރަހައްދުން ވަނީ މަސްތުވާތަކެތި ފެނިފަ އެވެ. އެކަމަކު އޭނާ ބުނެފައިވަނީ އެވަގުތު އެތަނުގައި އެހެން މީހަކުވެސް ހުރި ކަމަށާއި އެއީ އޭނާގެ އެއްޗެއް ކަމަށްވެސް ވެދާނެ ކަމަށާއި، އެކަމަކު ދެން ހުރި މީހާ ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެތަނުގައި ހުރެފައި ތިރިވީ ނޭފަތުގައި ހުރި "ބަޓަރު" ފޮޅަން ކަމަށްވެސް ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް އޭނާ ހުރި ސަރަހައްދުންނާއި، އެތަނުގައި ހުރި ސައިކަލެއްގެ ޕޮކެޓުތެރޭގައި ހުރި ތައްޓެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި 12 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފަ އެވެ. އަދި ފެނުނު މަސްތުވާތަކެތި ޓްރެފިކް މިންގަނޑަށް ނުފެތޭ ކަމަށްވެސް ބުނެފައިވެ އެވެ.

އަމުރުގައިވާގޮތުން މީނާގެ ކުޑަކަމުދާތަކެތި ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފަ އެވެ. އަދި މީނާ ޑޮކްޓަރަށް ދައްކާފައިނުވާ ކަމަށް ފާހަގަކޮށްފައިވާތީ އެކަން ހަމަޖެއްސުމަށް ކޯޓުން ވަނީ އަންގާފަ އެވެ.

މިއީ މިބާވަތުގެ ކުށުގެ ރެކޯޑު ގިނަ މީހެއްކަންވެސް ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.