އެ ވިޔަފާރީގައި ޝާމިލްވާ ބިދޭސީ ފަސް އަންހެނަކާއި އެ މީހުންގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިއަ ބިދޭސީ ފިރިހެނަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިއަ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މިދިޔަ އޮގަސްޓު މަހާއި ސެޕްޓެންބަރު މަހުގައި ހާއްސަ އިންސްޕެކްޝަން ތަކެއް ހިންގާފައިވާ ކަމަށެވެ.
މި އިންސްޕެކްޝަންތަކުގައި އެ ވިޔަފާރީގައި ޝާމިލްވާ ބިދޭސީ ފަސް އަންހެނަކާއި އެ މީހުންގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިއަ ބިދޭސީ ފިރިހެނަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.
އަދި ބުނީ މި މައްސަލަތައް ތަހުގީގު ކުރުމަށް ފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެތެރެއިން ތިން މީހަކު ވަނީ ޑީޕޯޓުކޮށްފައި ކަމަށެވެ. އަދި ބާކީ ތިބި ތިން މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށެވެ.
އެ މީހުންގެ ފޮޓޯވެސް އިމިގްރޭޝަނުން ވަނީ އާންމުކޮށްފަ އެވެ.