އިނގިރޭސިވިލާތުން ހޯމް މިނިސްޓްރީއަށް ކްރައިސިސް މެނޭޖްމަންޓް ޓޫލްކިޓެއް ހަދިޔާކޮށްފި

މިއީ އިނގިރޭސި ހައިކޮމިޝަނުން އަލީނިއާ އިންޓަނޭޝަނަލްއާ ގުޅިގެން ހަދިޔާކޮށްފައިވާ ކްރައިސިސް ކޮމިއުނިކޭޝަން އެންޑް ކްރައިސިސް މެނޭޖްމަންޓް ޓޫލްކިޓެކެވެ.

އިނގިރޭސިވިލާތުން ހޯމްލޭންޑް މިނިސްޓްރީއަށް ކްރައިސިސް މެނޭޖްމަންޓް ޓޫލްކިޓެއް ހަދިޔާކޮށްފި އެވެ.

މިއީ އިނގިރޭސި ހައިކޮމިޝަނުން އަލީނިއާ އިންޓަނޭޝަނަލްއާ ގުޅިގެން ހަދިޔާކޮށްފައިވާ ކްރައިސިސް ކޮމިއުނިކޭޝަން އެންޑް ކްރައިސިސް މެނޭޖްމަންޓް ޓޫލްކިޓެކެވެ.

މިނިސްޓްރީން ބުނީ މި ޓޫލްކިޓަކީ ފައިދާހުރި ގޮތެއްގައި ކާރިސާތައް މެނޭޖްކުރުމުގެ ގާބިލްކަން މިނިސްޓްރީގެ ކިބައިގައި އިތުރުކޮށް، ސާފު މުއާސަލާތު ކަށަވަރުކޮށްދީ، ކުއްލި ހާލަތްތަކުގައި ރައްދުދިނުމުގެ ސްޓްރެޓެޖީތައް ރަނގަޅު ކުރުމަށް ފަރުމާކޮށްފައިވާ ޓޫލްކިޓެއް ކަމަށެވެ.

މި ކިޓަކީ އެ ވުޒާރާއިން ބޭއްވި ތަމްރީން ބައްދަލުވުންތަކުގައި ބައިވެރިންގެ ފަރާތުން ލިބުނު މައުލޫމާތުގެ އަލީގައި ތައްޔާރުކޮށްފައިވާ އެއްޗެކެވެ.

މި ޓޫލްކިޓަކީ ވުޒާރާގެ ދަށުގައިވާ ހުރިހާ މުއައްސަސާތަކަށް ބޭނުންކުރެވޭ ގޮތަށް ކަސްޓަމައިޒްކޮށްފައިވާ ޓޫލްކިޓެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.