މި ދައުވާއަށް ތިބްޔާން ވަނީ އިއުތިރާފްވެފައެވެ. އޭނާ ބުނެފައި ވަނީ އެކްސިޑެންޓްވީ ރާ ބޮއެގެން މަސްތުވެގެން ހުރެ، ބާކީ ހުރި ރަލާއެކު ސައިކަލަށް އަރައިގެން ދުއްވަމުންދަނިކޮށް ޕާކު ކޮށްފައި ހުރި ސައިކަލަކަށް އަރައިގެން ކަމަށެވެ.
މާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައި ވަނިކޮށް އޭނާގެ އަތުން ރާފުޅިއެއް ފެނި، ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.
ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުވައި ބުނެފައިވަނީ ގ. ސީވޭވް، ތިބްޔާން ޝަހީމް މި އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހުގެ 4:35 ހާއިރު އެކަސިޑެންޓެއްވެ، އަނިޔާވެގެން އައިޖީއެމްއެޗަށް ގެންދިޔަ ކަމަށެވެ. އަދި ފަރުވާދޭން އުޅުމުން ނުކިޔަމަންތެރިކަން ދައްކާފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދިން ކަމަށެވެ.
ތިބްޔާން އަށް ފަރުވާދިނުމަށް ޑޮކްޓަރަށް އެހީތެރިވުމަށް ފުލުހުން އޭނާއާއި ކައިރިވި ވަގުތު، އޭނާ ލައިގެން ހުރި ޖީންސްގެ ވާތްފަރާތު ކަކުލާއި، މީނާގެ ހަށިގަނޑާއި ދޭތެރެއިން ފެނުނު ބޮނަކުއާ 500 އެމްއެލް ފުޅީގައި ހުރި ދިޔާ އެއްޗެހި ތަހުލީލުކުރި އިރު ބަނގުރާގެ އަސަރު ހުރި ކަމަށް ހުކުމުގައިވެއެވެ.
މި ދައުވާއަށް ތިބްޔާން ވަނީ އިއުތިރާފްވެފައެވެ. އޭނާ ބުނެފައި ވަނީ އެކްސިޑެންޓްވީ ރާ ބޮއެގެން މަސްތުވެގެން ހުރެ، ބާކީ ހުރި ރަލާއެކު ސައިކަލަށް އަރައިގެން ދުއްވަމުންދަނިކޮށް ޕާކު ކޮށްފައި ހުރި ސައިކަލަކަށް އަރައިގެން ކަމަށެވެ.
ދައުވާއަށް އެއްބަސްވުމުން އަވަސް ނިޔާގެ އަޑުއެހުމެއް މި މައްސަލައިގައި ވަނީ ބާއްވާފަ އެވެ. މި ދައުވާ އޭނާގެ މައްޗަށް ސާބިތިވާކަން ކަނޑައަޅައި، ތިން މަހަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ. އެކަމަކު މި މައްސަލަ އާއި ގުޅިގެން އޭނާ ހަ ދުވަސް ޖަލުގައި ހޭދަކޮށްފައިވާތީ، އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ ދެ މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.
ނަމަވެސް ޖަލު އަދަބު ޖޫރިމަނާ އަށް ބަދަކު ކުރުމަށް އެދިފައިވާތީ ކޯޓުން ވަނީ 13000 ރުފިޔާއިން އޭނާ ޖޫރިމަނާކޮށް، އެ ފައިސާ ތިން މަސްދުވަސް ތެރޭ ދައްކައި ހަލާސްކުރުމަށް ވަނީ ހުކުމް ކޮށްފައެވެ.