އައްޑޫ އާރްއޯ ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކޮށް ފެން އުފައްދަން ފަށައިފި

އެކްސްގައި ކުރި ޕޯސްޓެއްގައި ފެނަކައިން ބުނީ އައްޑޫ އާރްއޯ ޕްލާންޓަށް ދިމާވި މައްސަލަ މިހާރު ހައްލުވެފައިވާ ކަމަށެވެ. އަދި ޕްލާންޓު އޮަޕަރޭޝަނަށް ގެނެސް ފެން އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ފޮޓޯ ފެނަކ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ބޭނުންވާ ފެން އުފައްދާ އާރްއޯ ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކޮށް އެ ޕްލާންޓުން ފެން އުފައްދަން ފަށައިފި އެވެ. 

އައްޑޫ ސިޓީއަށް ފެނުގެ ހިދުމަތްދޭ ފެނަކަ ކުންފުނިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ބޯ ހޯލް ޕަމްޕަށް ދިމާވި މައްސަލައަކާ ގުޅިގެން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެން ފޯރުކޮށްދޭ އާރްއޯ ޕްލާންޓުގެ މަސައްކަތް ހުއްޓިފައިވާ ކަމަށެވެ.

އާރްއޯ ޕްލާންޓަކީ އައްޑޫއަށް ބޭނުންވާ ވަރަށްވުރެ ކެޕޭސިޓީ ކުޑަ ޕްލާންޓެއްކަން ފެނަކައިން މީގެ ކުރިންވެސް ފާހަގަކޮށްފައިވެ އެވެ. އަދި ބޯ ހޯލް މައްސަލަ ބޮޑުވެ އިތުރު ބޯ ހޯލެއް ކޮނުމުގެ މަސައްކަތްވެސް އެ ކުންފުނިން ކޮށްފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ފެނަކައިން ބުނީ މައްސަލަ ހައްލުކޮށް އާރްއޯ ޕްލާންޓު އަލުން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާ ކަމަށެވެ. ނަމަވެސް މައްސަލަ ހައްލުވަންދެން ޕްލާންޓުން ފެން ނުއުފެއްދޭނެކަން އެ ކުންފުނިން ފާހަގަކުރި އެވެ.

ފެން އުފެއްދުން ހުއްޓިފައިވާތީ ރަށްތަކަށް ފޯރުކޮށްދޭ ފެން ހުސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، ފެން ހުސްވެއްޖެ ހާލަތުގައި ފެނުގެ ހިދުމަތް އެކީ މެދުކެނޑިދާނެ ކަމަށްވެސް ފެނަކައިން ބުންޏެވެ. އަދި މައްސަލަ ހައްލުވުމުން މައުލޫމާތު ހާމަކުރާނެ ކަމަށް ބުނެފައިވެ އެވެ. 

އޭގެ ގަޑިއިރެއްހައިއިރު ފަހުން އެކްސްގައި ކުރި ޕޯސްޓެއްގައި ފެނަކައިން ބުނީ އައްޑޫ އާރްއޯ ޕްލާންޓަށް ދިމާވި މައްސަލަ މިހާރު ހައްލުވެފައިވާ ކަމަށެވެ. އަދި ޕްލާންޓު އޮަޕަރޭޝަނަށް ގެނެސް ފެން އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. 

އެ މައްސަލަ ހައްލުކުރުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިތުރަށް، އައްޑޫގެ އެމްޑަބްލިއުއެސްސީން އެހީތެރިކަން ލިބުނުކަން ފާހަގަކޮށް ފެނަކައިންވަނީ އެ މިނިސްޓްރީއަށާއި އެމްޑަބްލިއެސްސީއަށް ޝުކުރު އަދާކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.