އިންޑިޔާއަށް ކުރައްވާ ދަތުރުފުޅުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެ ގައުމުގެ އެހެނިހެން އިސްވެރިންނާ ބައްދަލުކުރެއްވި އެވެ. އަދި މިހާތަނަށް މި ދަތުރުފުޅާ ގުޅޭ އިތުރު ތަފުސީލުތަކެއް ހާމަނުކުރެ އެވެ.
އަންނަ މަހު ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިންޑިޔާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް އިންޑިޔާގެ ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.
އިންޑިޔާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސް މުއިއްޒު އިންޑިޔާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ ދެވަނަ ހަފުތާގަ އެވެ. އަދި އެމަނިކުފާނުގެ ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެއްކަމަށްވެސް އިންޑިޔާ ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.
އެ ނޫސްތަކުގައި އިއްޔެ ޝާއިއުކޮށްފައިވާ ގޮތުން ރައީސް ވަޑައިގަންނަވާނީ އަންނަ މަހުގެ 7 ވަނަ ދުވަހުން 9 ވަނަ ދުވަހަށެވެ.
އިންޑިޔާއަށް ކުރައްވާ ދަތުރުފުޅުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެ ގައުމުގެ އެހެނިހެން އިސްވެރިންނާ ބައްދަލުކުރެއްވި އެވެ. އަދި މިހާތަނަށް މި ދަތުރުފުޅާ ގުޅޭ އިތުރު ތަފުސީލުތަކެއް ހާމަނުކުރެ އެވެ.
މިހާތަނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާތަނަށް ހާމަކޮށްފައިވަނީ ރައީސް އިންޑިޔާއަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ. އެ ދަތުރުފުޅު ކުރައްވާނެ އެންމެ ރަނގަޅު ތާރީހެއް ކަނޑައެޅުމަށް ދެ ގައުމުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ.