ރާއްޖެއަށް އެތެރެވާން މަސައްކަތް ކުރީ 21 އަހަރުގެ ފިރިހެނަކާއި 23 އަހަރާއި 25 އަހަރުގެ ފިިރިހެނެކެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ޝަހުސު އޮޅުވާލައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވާން އުޅުނު ތިން ބިދޭސީއަކު ހުއްޓުވާފައިވާ ކަމަށެވެ.
އެ މީހުންގެ ފޮޓޯއާ ވަނަވަރު ވަނީ އާންމުކޮށްފަ އެވެ. ރާއްޖެއަށް އެތެރެވާން މަސައްކަތް ކުރީ 21 އަހަރުގެ ފިރިހެނަކާއި 23 އަހަރާއި 25 އަހަރުގެ ފިިރިހެނެކެވެ.
21 އަހަރުގެ މީހާ ރާއްޖެ އެތެރެވާން މަސައްކަތް ކުރީ އޮގަސްޓް 18 ވަނަ ދުވަހު އެވެ. 23 އަހަރުގެ މީހާ އެތެރެވާން މަސައްކަތް ކުރީ 16 އޮގަސްޓް ގައެވެ. 25 އަހަރުގެ މީހާ އެތެރެވާން މަސައްކަތް ކުރީ ޖުލައި 31 ވަނަ ދުވަހު އެވެ.