ވަޒީފާއަކީ އަމާނާތެއް، މަސައްކަތުގައި އިހުލާސްތެރިވާންޖެހޭ: ހުތުބާ

ހުކުރު ހުތުބާއެއް ދެނީ

ކޮންމެ ވަޒީފާއަކީވެސް އެ ވަޒީފާއެއް އަދާކުރާ މީހަކާ މަތިވެފައިވާ އަމާނާތެއް ކަމަށާއި ވަޒީފާ އަދާކުރުމުގައި އިހުލާސްތެރިވާންޖެހޭކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާގައި ފާހަގަކުރި ގޮތުގައި ކޮންމެ މަސްއޫލިއްޔަތެއް އޮތް މީހެކެވެ. އެގޮތުން ނަބަވީ އިރުޝާދުގެ އަލީގައި ހުތުބާގައި ބަޔާންކޮށްދީފައިވަނީ ކޮންމެ މުސްލިމަކާ ހަވާލުވެފައިވާ ޒިންމާއާމެދު އޭނާއާ ސުވާލުކުރެވޭނެ ކަމެވެ. އަދި އެ ޒިންމާއަކަށް އޭނާ މަސްއޫލުވާންޖެހޭނެ ކަމެވެ. 

"ކޮންމެ އިންސާނަކީ އެމީހަކު މި ދުނިޔޭގައި ކުޅަ ކޮންމެ އަމަލަކާމެދު، ބުނި ކޮންމެ ބަހަކާމެދު، މާތްﷲގެ ހަޒްރަތުގައި ޖަވާބުދާރީވާންޖެހޭނެ މީހެއް. ހަމަ އެފަދައިން ކޮންމެ މީހަކީ ދިރިއުޅެމުންދާ މުޖުތަމައުގައި ހިމެނޭ ހައިސިއްޔތަކުން އެހެން މީހުންގެ ކުރިމަތީގައި ޖަވާބުދާރީވާންޖެހޭނެ މީހެއް.،" ހުތުބާގައި ފާހަގަކުރި އެވެ. 

ހުތުބާގައި އިތުރަށް ބުނެފައިވަނީ ޒިންމާދާރުވުމާއި މަސްއޫލިއްޔަތު އަދާކުރުމުގައި ގައުމުގެ ވެރިންނާއި މުއައްސަސާތަކާއި ގާނޫނު ނަގަހައްޓާ އިދާރާތަކާއި ބައިތުލް މާލު ބަލަހައްޓާ ފަރާތްތަކުގެ ޒިންމާ ވަކިން ބޮޑު ކަމަށެވެ. އަދި ބައެއް ފަރާތްތަކަކީ އެ ޒިންމާ އިހުލާސްތެރިކަމާއެކު އަދާކުރުމަށް ﷲ ގަންދީ ހުވައިވެސް ކޮށްގެން ތިބި ބައެއްކަން ހުތުބާގައި ހަދާންކޮށްދިނެވެ. 

"ހަގީގަތުގައި ކޮންމެ މަސްއޫލިއްޔަތަކީ، މާތް ﷲ އެ މީހަކާ ހަވާލުކުރައްވާފައިވާ ވަރަށް ބޮޑު އަމާނާތެއް. އެހެންކަމުން އެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުނުވޭ. ގިޔާމަތްދުވަހުން އެކަމުގެ ޒިންމާ އެ މީހަކު އުފުލަންޖެހޭނެ،" ހުތުބާގައި ފާހަގަކުރި އެވެ. 

އަދުލު އިންސާފުގެ ދާއިރާގައި ވެރިން ހިމެނޭހެން އެންމެންވެސް ޒިންމާ އުފުލަންޖެހޭނެ ކަމަށާއި، އަދުލުއިންސާފުގެ ކުރިމަތީގައި މޮޅެއް ދެރައެއް ތަފާތުކޮށްގެން ނުވާނެ ކަމުގައި ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ އެއްވެސް މީހަކު ނުހައްގުން ކުށްވެރިއެއް ސަލާމަތްކުރަން މަސައްކަތްކޮށްގެން ނުވާނެ ކަމަށެވެ. 

ވަޒީފާއަކީ އަމާނާތެއްކަން ފާހަގަކޮށް ހުތުބާގައި ނަބަވީ އިރުޝާދުގެ އަލީގައި ބުނެފައިވަނީ އެ އަމާނާތް ރަނގަޅަށް ހައްގު ގޮތުގައި އަދާނުކުރާ ކޮންމެ މީހަކަށް އެކަން ގިޔާމަތްދުވަހު ބޮޑު ނިކަމެތިކަމަށް އަދި ހިތާމަކުރަންޖެހޭ ކަމަކަށް ވާނެ ކަމުގަ އެވެ. ވަޒީފާތަކާއި ރައްޔިތުން ވެރިންނާ ހަވާލުކުރާ މަސްއޫލިއްޔަތަކީ އަމާނާތެއްކަން ހަދާންކޮށްދީ ހުތުބާގައި ބުނެފައިވަނީ އެ އަމާނާތް އަދާކުރުމުގައި ފަރުވާކުޑަކޮށް، ފަރުދުންނާއި މުޖުތަމައުގެ މަސްލަހަތަށް އިސްކަންނުދޭނަމަ އެއީ ގައުމާއި ދީނަށް ވެވޭ ހިޔާނާތެއް ކަމަށެވެ. 

ފުރިހަމަ މުސްލިމުންނަކީ އެމީހުންގެ އަމިއްލަ މަސްލަހަތަށްވުރެ އެހެން މީހުންގެ މަސްލަހަތުތައް އިސްކުރާ ބައެއް ކަމަށާއި، އަމިއްލަ މަސްލަހަތު އިސްކުރުމަކީ އަދާކުރަންޖެހޭ ޒިންމާ އަދާކުރުމަށް އުނިކަން ލިބޭ ކަމެއްގެ ގޮތުގައި ހުތުބާގައި ފާހަގަކުރި އެވެ. 

ގައުމުގެ މަސްލަހަތު ނަގަހައްޓައި ސިޔާދަތު ރައްކާތެރިކުރުމަކީ އެންމެންގެ ޒިންމާއެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ އެކަން ކުރެވޭނީ އެންމެން މަސްއޫލިއްޔަތު އުފުލުމުގައި ތެދުވެރި ރޫހެއް ގެންގުޅެގެން ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.