ރައީސް އަވަހާރަ ކޮށްލާނެ ކަމަށް ބުނެ އިންޒާރުދިނުން ކުށްވެރި ކޮށްފި

"އެހެންކަމުން ރައީސުލްޖުމްހޫރިއްޔާއަށް މަރުގެ އިންޒާރު ދިން މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެ މައްސަލާގައި އެކަށީގެންވާ ހަލުއި ތަހުގީގެއް ހިންގެވުމަށް ގާނޫނު ތަންފީޒުކުރާ ތަހުގީގީ އިދާރާތަކަށް އިލްތިމާސްކުރަން،"

ރައީސް ޑރ.މުހައްމަދު މުއިއްޒު، ފޮޓޯ: ޕީއެންސީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަވަހާރަކޮށްލާނެކަމަށް ބުނެ ސޯޝަލް މީޑިއާގައި މީހަކު އިންޒާރުދިނުމުން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން އެކަން ކުށްވެރިކޮށްފި އެވެ.

އދ ގައި ރައީސް ތަގުރީރު ކުރައްވާ މަންޒަރު ފެންނަ ވީޑިއޯއަކަށް މީހަކު ކުރި ކޮމެންޓެއް ގައި ވަނީ ރައީސަށް މަރުގެ އިންޒާރު ދީފަ އެވެ. އެއް މެސެޖުގައި ރައީސްގެ "ކަރު ބުރިކޮށްލާނަން" ކަމަށް ބުނެފައިވެ އެވެ. އަދި އަނެއް ކޮމެންޓް ގައި ރައީސަށް އިޝާރާތް ކޮށް "ކަލޭ މާރާލަން" ކަމަށް ލިޔެފައިވެ އެވެ.

އޭގެ ފަހުން އޭނާ ވަނީ އަމިއްލަ އެކައުންޓުން ކުރި ޕޯސްޓްތަކެއް ގައި ފުލުހަށް ޓެގްކޮށް "މަ ހައްޔަރު ކޮށް ބަލަ" މިހެން ލިޔެފައިވެ އެވެ. ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި މައްސަލައިގައި ޕީއެންސީގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސްގެ ފުރާނަފުޅަށް ނުރައްކާވާނެ ފަދަ އަމަލެއް ހިންގާނެކަމަށް ވަރަށް ފާޅުގައި މީހަކު ބުނެފައިވާތީ އެ މައްސަލައަކީ ދައުލަތުގެ ތަހުގީގީ އިދާރާތަކުން އިސްކަންދީގެން ބަލަންޖެހޭ މައްސަލައެއް ކަމަށެވެ.

"އެހެންކަމުން ރައީސުލްޖުމްހޫރިއްޔާއަށް މަރުގެ އިންޒާރު ދިން މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެ މައްސަލާގައި އެކަށީގެންވާ ހަލުއި ތަހުގީގެއް ހިންގެވުމަށް ގާނޫނު ތަންފީޒުކުރާ ތަހުގީގީ އިދާރާތަކަށް އިލްތިމާސްކުރަން،" އެޕާޓީން ނެރުނު ބަޔާނުގައިވެ އެވެ.

ރައީސްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޒިންމާ އޮތް ދައުލަތުގެ އިދާރާތަކުން އެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތަށް ކުރިއަށްގެންދާނެ ކަމާމެދު އެ ޕާޓީން ޝައްކު ނުކުރާކަމަށް ވެސް ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.