އަށް މަހުން ޓެކުހާއި ކުލީގެ ގޮތުގައި ފަތުރުވެރިކަމުން 465 މިލިއަން ޑޮލަރު ދައުލަތަށް

ޓޫރިޒަމް ދާއިރާއިން ބިމު ކުއްޔާއި ޓީޖީއެސްޓީ އަދި ގްރީން ޓެކުހުގެ ގޮތުގައި 465 މިލިއަން ޑޮލަރު ދައުލަތަށް ދައްކާފައިވެ އެވެ. އޭގެ ތެރޭގައި ވިޔަފާރީގެ އާމްދަނީން ދެއްކި ޓެކުހުގެ އަދަދުތައް ނުހިމެނެ އެވެ.

އދ. ސެންޓާރާ ރިސޯޓް؛ ފަތުރުވެރިކަމުން ދައުލަތަށް ލިބުނު އާމްދަނީ ނިމުނު އަހަރަށްވުރެ އިތުރުވެފައިވޭ

މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޯގަސްޓު މަހުގެ ނިޔަލަށް ފަތުރުވެރިކަމުގެ ސިނާއަތުން ދައުލަތަށް ޓެކުހާއި ކުލީގެ ގޮތުގައި 465 މިލިއަން ޑޮލަރު ދައްކައިފިކަން މީރާގެ ހިސާބުތަަކުން ދައްކައިފި އެވެ. 

މީރާގެ ހިސާބުތަކުން ފެންނަ ގޮތުގައި ނިމުނު އަހަރާ އަޅާބަލާއިރު ދައުލަތަށް ޓޫރިޒަމް ސިނާއަތުން ޑޮލަރުން ދައްކާފައިވާ ފައިސާގެ އަދަދުވަނީ ފާއިތުވި އަހަރާ އަޅާބަލާއިރު އިތުރުވެފަަ އެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި ލިބުނު ފައިސާގެ އަދަދުވަނީ ގާތްގަނޑަކަށް 9 ޕަސަންޓް އިތުރުވެފަ އެވެ. 

ޓީޖީއެސްޓީގެ ގޮތުގައި ޑޮލަރުން ލިބުނު އާމްދަނީ

  • 2023 ގައި ލިބުނު އާމްދަނީ: 430.6 މިލިއަން ޑޮލަރު
  • 2024 ގައި ލިބުނު އާމްދަނީ: 397.1 މިލިއަން ޑޮލަރު
  • ގާތްގަނޑަކަށް %9 ގެ ކުރިއެރުމެއް

ޓޫރިޒަމް ދާއިރާއިން އިތުރަށް ދައްކާ ޓެކުހަކީ ގްރީން ޓެކުހެވެ. ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީވެސް ފާއިތުވި އަހަރާ އަޅާބަލާއިރު އިތުރުވެފައިވެ އެވެ. އެގޮތުން ނިމުނު އަހަރު ގްރީން ޓެކުހުގެ ގޮތުގައި ދައްކާފައިވަނީ 5.6 މިލިއަން ޑޮލަރެވެ. ނިމުނު އަހަރު ގްރީން ޓެކުހުގެ ގޮތުގައި ދެއްކީ 4.5 މިލިއަން ޑޮލަރެވެ. 

ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ އިތުރަށް ޓޫރިސްޓު ވިޔަފާރިތަކުންވަނީ ބިމުގެ ކުލީގެ ގޮތުގައިވެސް ޑޮލަރުން ފައިސާ ދައްކާފަ އެވެ. އޮގަސްޓުގެ ނިޔަލަށް ޓޫރިޒަމް ދާއިރާއިން ބިމު ކުލީގެ ގޮތުގައި 29.6 މިލިއަން ޑޮލަރު ދައްކާފައިވެ އެވެ. 

ނަމަވެސް ހިސާބުތަކުން ފާހަގަކުރެވުނު ގޮތުގައި ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ދެއްކި ފައިސާގެ އަދަދު ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރު މަދެވެ. ނިމުނު އަހަރު 51.4 މިލިއަން ޑޮލަރު ދައްކާފައިވާއިރު މި އަހަރު ދައްކާފައިވަނީ 29.6 މިލިއަން ޑޮލަރެވެ. މިއީ 73 އިންސައްތައިގެ މަދުވުމެކެވެ. 

ޓޫރިޒަމް ދާއިރާއިން ޑޮލަރުން ޓެކުހުގެ ގޮތުގައާއި ބިމު ކުލީގެ ގޮތުގައި ޖުމްލަ 465 މިލިއަން ޑޮލަރު ދައުލަތަށް ދައްކާފައިވާކަން މީރާގެ ހިސާބުތަކުން ދައްކަ އެވެ. އެއީ ވިޔަފާރީގެ ފައިދާގެ ޓެކްސް ނުހިމަނައި ފަތުރުވެރިކަމުގެ ދާއިރާއިން ޑޮލަރުން ދައުލަތަށް ދެއްކި ފައިސާ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.