އެމްއެންޕީ އަކީ އެ ޕާޓީ އުފެއްދުމަށް ފަހު އެންމެ ހަރަކާތްތެރި އެއް ޕާޓީ އެވެ. ޕާޓީ އުފެދި އެންމެ ކުރީކޮޅު އޮތް ހުރިހާ ބައި އިލެކްޝަންތަކެއްގައި ހެން ވާދަކުރި އެވެ.
މި މަޝްވަރާތައް ކޮށްފައި ވަނީ އެ ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގެ ނުވަ ވަނަ ބައްދަލުވުމުގަ އެވެ. މިއަދު އޮތް އެ ބައްދަލްވުމާއި ގުޅޭގޮތުން އެ ޕާޓީން ބުނީ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއް ގައި މަޝްވަރާ ކޮށްފައި ވަނީ ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ކަމަށެވެ.
އަދި ޕާޓީގެ މިސްރާބު ބައްޓަން ކުރާނެ ގޮތާއި މެދުގައި ވެސް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
އެމްއެންޕީ އަކީ އެ ޕާޓީ އުފެއްދުމަށް ފަހު އެންމެ ހަރަކާތްތެރި އެއް ޕާޓީ އެވެ. ޕާޓީ އުފެދި އެންމެ ކުރީކޮޅު އޮތް ހުރިހާ ބައި އިލެކްޝަންތަކެއްގައި ހެން ވާދަކުރި އެވެ. ބައެއް އިންތިހާބުތަކުގައި ރަނގަޅު ވާދައެއް ވެސް ކުރި އެވެ.
އެ ޕާޓީން ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބު ގައި ވެސް ވާދަކޮށްފަ އެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ މިހާރުގެ ރައީސް މުހައްމަދު ނާޒިމެވެ. އިންތިހާބު ގައި ރަނގަޅު ނަތީޖާއެއް ލިބިވަޑައިނުގެންނެވި ނަމަވެސް ބޮޑެތި ޕާޓީތަކުގެ ކެންޑިޑޭޓުންނާއި އެއް ރޭހެއްގައި ނާޒިމް ވަނީ ވަރުގަދަ ކެމްޕެއިނެއް ހިންގަވާފަ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދު ކުރެއްވީ މިހާރުގެ ރައީސް މުހައްމަދު މުއިއްޒަށެވެ. އެމްއެންޕީ އަކީ މި ސަރުކާރުގެ ބައިވެރި އެކެވެ.