އެ ޖަމިއްޔާ އިން ވަނީ ރާއްޖޭގައި ދުންފަތުގެ ބާވަތްތަކާއި ވޭޕް މަނާކުރަން ފިޔަވަޅު އަޅަން ކަމާބެހޭ އިދާރާތަކަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.
އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއް ގައި ބުނެފައި ވަނީ ވޭޕާއި އީ-ސިނގިރޭޓަކީ ގެއްލުން ކުޑަ އެއްޗެހިތަކެއް ކަމަށް ބުނި ނަމަވެސް އެތައް ދިރާސާތަކަކުން އެއީ ސިއްހަތަށް ގެއްލުން ހުރި އެއްޗެއް ކަން ސާބިތުވެފައިވާ ކަމަށެވެ. ވޭޕްގައި ހިމެނޭ ތަފާތު ފްލޭވާތަކަކީ ޒުވާން ޖީލު އެއަށް ދެވި ހިފުމަށް ބޭނުންކުރާ އުކުޅެއްކަން ރާއްޖޭގެ ތަފާސް ހިސާބުތަކުން ވެސް ހާމަވެފައިވާ ކަމަށް އެ ޖަމިއްުޔާގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ދުނިޔޭގެ 34 ގައުމެއްގައި ވޭޕް މުޅިން މަނާ ކޮށްފައިވާކަން ފާހަގަކޮށް އެ ޖަމިއްޔާ އިން ވަނީ ރާއްޖޭގައި ދުންފަތުގެ ބާވަތްތަކާއި ވޭޕް މަނާކުރަން ފިޔަވަޅު އަޅަން ކަމާބެހޭ އިދާރާތަކަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.
ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ) އާއި ކެންސަ ސޮސައިޓީ އާއި ތެލެސީމިއާ ސޮސައިޓީ އާއި ޑައިބެޓީސް ސޮސައިޓީ އާއި ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އާއި މެންޓަލް ހެލްތު އެވެއާނަސް ފައުންޑޭޝަންގެ އިތުރުން މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިޑް ޑެސިބިލިޓީސް (އެމްއޭޕީޑީ) ގުޅިގެން އުފައްދާފައިވާ މޯލްޑިވްސް އެންސީޑީ އިއްތިހާދުން ވެސް މީގެ ކުރީން ވަނީ ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކޮށްދޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިފަ އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އިސްޓައިލަށް އައި ބަދަލާއެކު މިހާރު ބޭނުން ކުރާ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އާލާތްތައް އެތެރެ ކުރުމުގެ ޓްރެންޑުން މާ ނުރައްކާތެރި މަންޒަރެއް ފެނެ އެވެ.
ހިސާބުތައް ދައްކާ ގޮތުގައި 2022 ވަނަ އަހަރު ރާއްޖެއަށް ވޭޕިން ޑިވައިޒް އެތެރެ ކުރަން 16 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެ އަހަރު 220،781 ޕޭޕިން ޑިވައިސް ރާއްޖެ އެތެރެކޮށްފައިވެ އެވެ. އަދި މިދިޔަ 2023 ވަނަ އަހަރު ވޭޕު ކުރަން ބޭނުން ކުރާ 140.645 ޑިވައިސް ރާއްޖެ އެތެރެކޮށްފައިވެ އެވެ. މި ތަކެތި އެތެރެ ކުރަން 12 މިލިއަން ހަރަދުކޮށްފައިވެ އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ނިކޮޓިން ހިމެނޭ އެކަމަކު އަނދާ ނުލައި ދުންފަތުގެ އިސްތިއުމާލް ކުރަން ބޭނުން ކުރާ އީ-ސިނގިރެޓްގެ 55،000 ކިލޯ ގްރާމް ނުވަތަ 61 ޓަނުގެ ތަކެތި 2022 ވަނަ އަހަރު ރާއްޖެ ވަނީ އެތެރެކޮށްފަ އެވެ.
އަދި މި ތަކެތި އެތެރެކުރަން އެ އަހަރު 9.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ޑިއުޓީގެ ގޮތުގައި އެ އަހަރު 16 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ދައްކާފަ އެވެ. ޖެހިގެން އައި 2023 ވަނަ އަހަރު 4،760 ކިލޯގްރާމްގެ މިފަދަ ތަކެތި އެތެރެކޮށްފައިވެ އެވެ. މި ތަކެތީގެ އަގު 9 މިލިއަން ރުފިޔާ އަށް އަރަ އެވެ.