ރައީސްގެ ތަގުރީރުން ދައްކައިދިނީ ކުޑަޔަސް ދިވެހިރާއްޖެއިން ހައްގު ބަސް ބުނާނެކަން: ކޮންގުރެސް

އެ ޕާޓީން ބުނީ ރައީސްގެ ތަގުރީރަކީ، ދިވެހިރާއްޖެއަކީ ކުޑަ ގައުމަކަށްވީ ނަމަވެސް ބައިނަލްއަގުވާމީ މަސްރަހުގައި ހަމައިސްކޮޅަށް ދެމިލައި، ހައްގު ބުސްބުނަން ރާއްޖެއަށް ކެރޭނެކަން ދައްކުވައިދިން ތަގުރީރެއް ކަމަށެވެ.

ރައީސް މުއިއްޒުގެ ހާއްސަ މުޝީރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ، ރައީސް މުއިއްޒުއާ އެކު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ދެއްވި ތަގުރީރުން ދައްކައިދެނީ ކުޑަނަމަވެސް ރާއްޖެއިން ހައްގު ބަސްބުނުމުގައި ފަސްނުޖެހޭނެކަން ކަމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް ޕާޓީން ބުނެފި އެވެ. 

އެ ޕާޓީން ބުނެފައިވަނީ އެ ތަގުރީރަކީ ދިވެހިރާއްޖޭގެ މުސްތަގުބަލާމެދު ރައީސް ގެންގުޅުއްވާ ތަސަައްވުރާއި ދެކެވަޑައިގަންނަވާ ހުވަފެންފުޅާއި، ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ބޮޑެތި ކަންކަމާއި މިހާރުން މިހާރަށް ގެންނަންޖެހިފައި ހުރި ނިޒާމީ އިސްލާހުތަކަށް އަލިއަޅުވައިލައްވާފައިވާ ވަރަަށް ޝާމިލު ތަގުރީރެއް ކަމަށެވެ. 

އެގޮތުން ރާއްޖޭގެ މިނިވަންކަމަށް 75 އަހަރު ފުރޭ 2040 ވަނަަ އަހަރު އަންނަންވާއިރަށް ދިވެހިރާއްޖެއަކީ ތަރައްގީވެފައިވާ ގައުމުތަކުގެ ސަފުގައި ގުނައިލެވޭ ގައުމެއްކަމަށް ހެއްދެވުމަށް މުއައްސަސާތައް ހަރުދަނާކުރައްވައި ޑިޖިޓަލް އިގުތިސާދު ފުޅާކުރައްވައި، ޒަމާނީ ޓެކްނޮލޮޖީގެ ފަސޭހަތައް ދިވެހިންނަށް ލިބޭނެ ސިޔާސަތުތަކެއް ރައީސް އިއުލާނު ކުރެއްވުމަކީ މިހާރުގެ ޒުވާނުންނާއި އަންނަން އޮތް ޖީލަށް ދެއްވި އުފާވެރިކަމުގެ ހަބަރެއްކަމަށް އެ ޕާޓީން ބުންޏެވެ. 

ކޮންގުރެސްއިން ބުނެފައިވަނީ ރާއްޖޭގެ އިގުތިސާދީ ވިލުންތެރިކަން އިތުރުކުރެއްވުމަށް އާ ސިނާއަތްތައް ތައާރަފުކުރައްވައި، މާދީ ދާއިރާ ހަރުދަނާކުރެއްވުމަށް ޑިވެލޮޕްމެންޓު ބޭންކެއް ގާއިމުކުރެއްވުމާއެކު، އެންމެންގެ ބައިވެރިވުން އޮންނަ އިގުތިސާދެއް ބިނާކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތުތަކާއި، ހުރިހާ ދިވެހިންނަށް ގެދޮރުވެރިކަން ކަށަވަރުކޮށްދެއްވައި، ސިޔާސަތު އެކުލަވައިލުމުގައި ޒުވާނުންގެ ބައިވެރިވުން ކަށަވަރުކުރެއްވުމަށް ތަަންފީޒުކުރައްވާ ސިޔާސަތުތައް ދުނިޔެއަށް އިއުލާނުކުރެއްވުމުން އެ ސިޔާސަތުތަކަަށް އޮތް ރައްޔިތުންގެ އިތުބާރު އިތުރުވި ކަމަށެވެ. 

"އެއާއެކު ދުނިޔޭގެ ޙާލަތަށް އަލިއަޅުވައިލައްވައި 2015 ވަނަ އަހަރު އެކުލަވައިލި ދެމެހެއްޓެނެވި ތަރައްޤީގެ އަމާޒުތައް ޙާޞިލުކުރުމުގައި، ދުނިޔެ ނާކާމިޔާބުވަމުންދާކަން ފާހަގަކުރައްވަމުން އެ ގޮތުގައި ކަންކުރަން ހުސް ވައުދުވުމުގެ މަތީގައި ދެމިތިބެވެން ނެތްކަން އެމަނިކުފާނު ފާހަގަކުރައްވައި ޢަމަލީ ގޮތުން ނަތީޖާ ނެރުމަށް މުޅި ދުނިޔެއަށް އިލްތިމާސް ކުރެއްވިއްވި"ކަން ކޮންގްރެސްއިން ފާހަގަކުރި އެވެ. 

އެ ޕާޓީން ބުނީ ރައީސްގެ ތަގުރީރަކީ، ދިވެހިރާއްޖެއަކީ ކުޑަ ގައުމަކަށްވީ ނަމަވެސް ބައިނަލްއަގުވާމީ މަސްރަހުގައި ހަމައިސްކޮޅަށް ދެމިލައި، ހައްގު ބުސްބުނެ ރާއްޖޭގެ އުންމީދުތަކާއި ހުވަފެންތައް އެހެނިހެން ދައުލްތަތައް ކުރިމަތީ ހާމަކުރަން ކެރޭ، އެކަންކަމަށް ގަދައަޅައި މަސައްކަތްކުރާ ދައުލަތެއްކަން ސާބިތުކޮށްދިން ތަގުރީރެއް ކަމަށެވެ. 

އެ ޕާޓީން ބުނެފައިވަނީ ޕާޓީގެ ލީޑާޝިޕާއި އާންމު މެންބަރުން ރައީސްގެ ތަގުރީރާމެދު ފަހުރުވެރިވާ ކަމށެވެ. ދިވެހިންގެ މަސްލަހަަތުތަކާއި އިހުސާސްތައް ބައިނަލްއަގުވާމީ މަސްރަހުގެ އެންމެ އުހުގައި ތަމްސީލު ކުރެއްވީތީ ޕާޓީން ރައީސަށް ޝުކުރު ދަންނަވާފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.