ލުބުނާނުގެ އަސްކަރީ ލީޑަރެއް އިސްރާއީލުން ޝަހީދުކޮށްލައިފި

އޭނާއަކީ އިސްރާއީލަށް އަމާޒުކޮށް އެ ޖަމާއަތުން ދީފައިވާ 2،000 އަށްވުރެ ގިނަ ހަމަލާއެއްގެ އިތުރަށް އިސްރާއީލުގެ ތިން ސިފައިން ރަހީނުކޮށް މަރައިލުމުގެ ފަހަތުގައި ހުންނެވި ލީޑަރު ކަމަަށް އިސްރާއީލުން ބުންޏެވެ.

އިސްރާއީލުން ލުބުނާނަށް ދިން ހަމަލާއެއްގައި ސުންނާފަތިކޮށްލާފައިވާ އިމާރާތެއް، ފޮޓޯ: އޭއެފްޕީ

އިސްރާއީލުން ލުބުނާނަށް ދެމުންދާ ބޮމުގެ ހަމަލާތަކުގައި ހިޒްބުﷲގެ މުހިއްމު އަސްކަރީ ލީޑަރެއް ޝަހީދުކޮށްލައިފިކަމަށް އެ ޖަމާއަތުން ބުނެފި އެވެ. 

ހިޒްބުﷲއިން ޓެލެގުރާމުގައި ޕޯސްޓުކުރި މެސެޖެއްގައި ބުނެފައިވަނީ އިސްރާއީލުން ދިން ހަމަލާއެއްގައި، އެ ޖަމާއަތުގެ ލީޑަރެއްކަމަށްވާ މުހައްމަދު ގުބައިސީ އަވަހާރަކޮށްލާފައިވާ ކަމަށެވެ. ހިޒްބުﷲއިން އެކަން ހާމަކުރުމުގެ ކުރިން އޭނާ "ނައްތާލާފައިވާ" ކަމަށް އިސްރާއީލު އަސްކަރިއްޔާއިން ބުނެފައިވެ އެވެ. 

އިސްރާއީލު މަސްއޫލުވެރިން ބުނެފައިވަނީ ގުބައިސީއަކީ ހިޒްބުﷲގެ މިސައިލު އަދި ރޮކެޓު ޔުނިޓުތަކެއްގެ ކޮމާންޓަރެއް ކަމަަށެވެ. އަދި އޭނާއަކީ އިސްރާއީލަށް އަމާޒުކޮށް އެ ޖަމާއަތުން ދީފައިވާ 2،000 އަށްވުރެ ގިނަ ހަމަލާއެއްގެ އިތުރަށް އިސްރާއީލުގެ ތިން ސިފައިން ރަހީނުކޮށް މަރައިލުމުގެ ފަހަތުގައި ހުންނެވި ލީޑަރު ކަމަަށެވެ. 

ލުބުނާނުގެ ސިއްހީ ވުޒާރާއިން ބުނެފައިވަނީ އިސްރާއީލުން ދިން ވައިގެ ހަމަލާގައި ހަ މީހަކު ޝަަހީދުވެ، 15 މީހަކަަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށެވެ. 

ހޯމަދުވަހުން ފެށިގެން އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި 569 މީހަކު ޝަހީދުކޮށްލައި، 1،835 އަށްވުރެ ގިނަ މީހުން ޒަހަމުކޮށްލާފައިވާކަމަށް ލުބުނާނުގެ ސިއްހީ ވުޒާރާއިން ބުނެފައިވެ އެވެ. 

ލުބުނާނަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާ ގުޅިގެން އެތައް ހާސް ލުބުނާނު ރައްޔިތުން އަންނަނީ އެ ގައުމުގެ ދެކުނު ދޫކޮށް އުތުރަށް ހިޖުރަކުރަމުންނެވެ. ގިނަ ބަޔަކު ދަނީ ވެރިރަށް ބެއިރޫތަށެވެ. 

ނިމުނު އަހަރުގެ އޮކްޓޯބަރުގައި ޣައްޒާއަށް އިސްރާއީލުން ދޭން ފެށި އުދުވާނީ ހަމަލާތަކާ ގުޅިގެން އިސްރާއީލު ލުބުނާނު ބޯޑަރުގައި ނުތަނަވަސްކަން އުފެދި ހިޒްބުﷲއާއި އިސްރާއީލުގެ ސިފައިންގެ މެދުގައި ހަމަލާ ބަދަލުކުރުންތައް ކުރިއަށްދިޔަ ނަމަވެސް އެ ހަމަލާ ބަދަލުކުރުން ފުޅާވެގެން ދިޔައީ، ލުބުނާނުގައި ގިނަ ބަޔަކު ބޭނުންކުރާ ޕޭންޖަރުތަކެއް ގޮއްވާލައިގެން އިސްރާއީލުން ދިން ހަމަލާއާ ގުޅިގެންނެވެ. 

އެ ހަމަލާގެ ރައްދުގައި ހިޒްބުﷲއިންވަނީ އިސްރާއީލުތަކަށް ރޮކެޓު ހަމަލާތަކެއް ދޭން ފަށައިފަ އެވެ. އަދި އެ ހަމަލާތަކުގެ ތެރެއިން ގިނަ ހަމަލާތައް އިސްރާއީލުގެ އެންޓި-މިސައިލުގެ ސިސްޓަމުން ހުއްޓުވާފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.