އިރާގަށް ޖެހޭ ވައި ބަދަލުވެ، ރައީސް ކަމަށް އަބްދުލް ލަތީފު ރަޝީދު

އިރާގުގައި ސިޔާސީ ހަމަނުޖެހުންތައް އުފެދުނީ ޝީއީ ސިޔާސީ ލީޑަރެއް ކަމަށްވާ މުގުތަދާ އަލް ސަދުރު ގާނޫނު ހަދާ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި ނަމަވެސް ސަރުކާރެއް އެކުލަވާލަން ބޭނުންވާ އަދަދަށް މެންބަރުން ހަމަ ނުކުރެވުމުން އުފެދުނު ތޫނު ރޯޅިފަށުގެ ތެރެއިންނެވެ.

އިރާގުގެ ރައީސް ކަމަށް ވަޑައިގެންނެވި ކުރުދީ ސިޔާސީ ބޭފުޅެއް ކަމަށްވާ އަބްދުލް ލަތީފް ރަޝީދު

އިރާގު ރައްޔިތުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް ކައިރީގައި މުޒާހަރާކޮށް ސިޔާސީ ހަލަބޮލި ކަމެއް އުފައްދާފައިވާތާ އަހަރެއްހައި ދުވަސް ވެފައި ވެއެވެ؛ އެ ހަމަނުޖެހުންތަކުގެ ތެރެއިން ބަޣްދާދުގެ ގްރީން ޒޯނަށް ރޮކެޓް ހަމަތައް އަމާޒު ކޮށްފައި ވަނިކޮށް އިރާގުގެ އާ ރައީސަކަށް ކުރުދީ ސިޔާސީ ބޭފުޅެއް ކަމަށްވާ އަބްދުލް ލަތީފް ރަޝީދު އިރާގުގެ ގާނޫނު ހަދާ މަޖިލީހުން ބުރާސްފަތި ދުވަހު އިންތިހާބުކޮށް އާ ސަރުކާރެއް އުފައްދާ އެކުލަވައިލަން މަގުފަހި ކޮށްދީފި އެވެ.

މިއީ ހަނގުރާމައިގެ ހަލާކު ވެފައިވާ އަދި ގައުމުގައި ސިޔާސީ ގޮތުން އުފެދިފައިވާ އަހަރަކަށް ދިގުލީ ދަތި، އަނިޔާވެރިކަން ނިމުމަކަށް ގެނައުމުގެ އުންމީދުގައި އިރާގުގެ ގާނޫނު ހަދާ މަޖިލީހުން ގެނެސް ދިން ބަދަލެކެވެ. އަދި އަބްދުލްލަތީފް އިރާގުގެ ރައީސް ކަމަށް އިންތިހާބު ކުރެވުމަކީ މަރުތަޅުގައި އޮތް ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތް ފަށަން ލިބޭނެ އާ ފުރުސަތެކެވެ.

އިރާގުގެ 78 އަހަރުގެ ކުރުދީއެއް ކަމަށްވާ އަބްދުލް ލަތީފް ރަޝީދު ރައީސަކަށް އިންތިހާބުވެ ވަޑައިގެންނެވީ މަޖިލީހުގައި 160 އަށް ވުރެ ގިނަ ވޯޓު ހޯއްދަވައިގެނެވެ. އުމުރުފުޅުން 78 އަހަރުގެ ރަޝީދަކީ އިނގިރޭސިވިލާތުގައި ތައުލީމު ހާސިލު ކުރައްވާފައިވާ އިންޖިނޭރެކެވެ. އޭނާ ވަނީ 2003 އިން 2010 އަށް އިރާގުގެ ފެނުގެ ވަސީލަތްތަކާބެހޭ މިނިސްޓަރުކަން ވެސް ކުރައްވާފަ އެވެ.

އަބްދުލް ލަތީފް ރަޝީދަށް ލިބި ވަޑައިގަންނަވާ އެންމެ ފަހި ފުރުސަތަކީ އެމެރިކާއިން އޭނާއަށް މަރުހަބާ ކިޔާފައި ވުމެވެ. އެމެރިކާއިން ބުނީ އިރާގުގައި އޮތް މަރުތަޅުގެ އުނދަގޫ ނިމުމަކަށް އައުމަކީ ރަނގަޅެއް ކަމަށާއި ބަދަލަށް އެމެރިކާއިން މަރުހަބާ ދަންނަވާ ކަމަށެވެ.

"އެމެރިކާއިން އިލްތިމާސް ކުރަނީ ހުރިހާ ފަރާތްތަކުން އަނިޔާވެރި ކަމުން ދުރުހެލިވެ، ސިޔާސީ މަރުހަލާގެ ތެރެއިން ސުލްހަވެރިކަމާއި ސުލްހަވެރި ކަމާއެކު ޚިޔާލު ތަފާތުވުންތައް ހައްލު ކުރުމަށް،" އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ވެ އެވެ.

އާ ރައީސް އަވަސް އަވަހަށް ބޮޑުވަޒީރު ކަމަށް ކަނޑައެޅުއްވި ޝިޔައީ ސިޔާސީ ބޭފުޅެއް މުހައްމަދު ޝިޔާ އަލް ސޫދާނީ އެވެ. އީރާނަށް ތާއީދުކުރާ ނުފޫޒު ގަދަ ފެކްޝަންތަކުގެ ތާއީދު ލިބިފައިވާ އުމުރުން 52 އަހަރުގެ ސޫދާނީ ސަރުކާރެއް އުފެއްދުމަށް ވައުދުވި ނަމަވެސް އުނދަގޫތަކާ ކުރިމަތިވެ ވަޑައިގަންނަވާނެ އެވެ. ސަބަބަކީ ސޫދާނީ އަށް ވެސް ސަރުކާރެއް އެކުލަވާލުމަށް އަލް ސަދުރުގެ ތާއީދު ބޭނުން ވާތީ އެވެ. އޭނާގެ ތާއީދު ނެތި ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ނޯންނާނެ އެވެ. އެކަމަކު ސަރުކާރެއް އެކުލަވާލުމަށް ސޫދާނީއަށް 30 ދުވަހުގެ މުހުލަތެއް ލިބޭނެ އެވެ.

އިރާގުގައި ސިޔާސީ ހަމަނުޖެހުންތައް އުފެދުނީ ޝީއީ ސިޔާސީ ލީޑަރެއް ކަމަށްވާ މުގުތަދާ އަލް ސަދުރު ގާނޫނު ހަދާ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި ނަމަވެސް ސަރުކާރެއް އެކުލަވާލަން ބޭނުންވާ އަދަދަށް މެންބަރުން ހަމަ ނުކުރެވުމުން އުފެދުނު ތޫނު ރޯޅިފަށުގެ ތެރެއިންނެވެ.

ކޮމެންޓް

1
450
ބެލްޕެޕާ
1 year ago

އިރާގުގެ ކޮން ވައެއްތަ ބަދަލުވީ އޭނ އިރާގު އޮންނާނީ އެމެރިކާ ބުނާ ގޮތެއް ހަދައިގެން އެނޫން ވައެއް ނުެޖެހޭނެ އިރާގަކަށް ދުވަހަކުވެސް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.