ޕާޓީން ވަކިވެވޭ ގޮތް އިތުރަށް ފަސޭހަ ކޮށްދީފި

ނޭންގި ސިޔާސީ ޕާޓީތަކަށް ވެއްދުމަކީ ބޮޑު މައްސަލަ އެކެވެ. ބައެއް މީހުންނަކީ ވަރަށް ގިނައިން ސިޔާސީ ޕާޓީތައް ބަދަލު ވެސް ކުރާ މީހުންނެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި --

ސިޔާސީ ޕާޓީއަކުން ވަކިވާން އެދޭ މީހަކަށް އެކަން ކުރެވޭނެ ގޮތް އިތުރަށް ފަސޭހަަކޮށްދީފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް ގެނެސްފައިވާ ނުވަވަނަ އިސްލާހު ގެޒެޓް ކޮށްފަ އެވެ.

މި އިސްލާހުގައި ވާ ގޮތުން ޕާޓީގެ މެންބަރަކު ޕާޓީން ވަކިވުމަށް އެދިއްޖެނަމަ ލަސްވެގެން 14 ދުވަހުގެ ތެރޭގައި އެ މީހަކު ޕާޓީން ވަކިކޮށްދޭން ޖެހެ އެވެ. އަދި ޕާޓީއަށް ހުށައަޅައިގެން އެ މުއްދަތުގައި ވަކިކޮށް ނުދީނަމަ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިން ހުށައެޅުމުން އެ މީހެއްގެ ނަން ދަފްތަރުން އުނިކޮށް ދޭނެ އެވެ.

މީގެ އިތުރުން ޕާޓީގެ މެންބަރަކު ސިޔާސީ ޕާޓީއެއްގައި އުޅުން މަނާކުރާ މަގާމަކަށް ކުރިމަތިލުމަށް ނުވަތަ ނޭންގި ޕާޓީއެއްގައި ރަޖިސްޓްރީ ކޮށްގެން ޕާޓީން ވަގުތުން ވަކިވާން އެދި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިން ހުށައެޅުމުން ދަފްތަރުން ވަގުތުން އުނިކޮށްދޭން ވެސް ޖެހޭ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.

ކުރިން ހުރި ޕާޓީއަށް ނޭންގި އެހެން ޕާޓީއަކަށް ބަދަލުކޮށްފައިވާތީ ކުރީގައި އޮތް ޕާޓީއަށް ބަދަލުވުމަށް ކޮމިޝަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިން ހުށައެޅުމުން ނޭންގި ރަޖިސްޓަރީ ކޮށްފައިވާ ޕާޓީން ވަގުތުން ވަކިކޮށް ކުރިން އޮތް ސިޔާސީ ޕާޓީއަށް ރުޖޫއަކޮށްދޭން ވާނެ ކަމަށް ވެސް އާ ގަވާއިދުގައި ވެ އެވެ.

މި ގަވާއިދު ގެެޒެޓް ކުރުމާއެކު މިއަދުން ފެށިގެން ވަނީ އަމަލު ކުރަން ފަށާފަ އެވެ.

ނޭންގި ސިޔާސީ ޕާޓީތަކަށް ވެއްދުމަކީ ބޮޑު މައްސަލަ އެކެވެ. ބައެއް މީހުންނަކީ ވަރަށް ގިނައިން ސިޔާސީ ޕާޓީތައް ބަދަލު ވެސް ކުރާ މީހުންނެވެ. ކޮންމެ އިންތިހާބަކާ ދިމާކޮށް އަދި ޕާޓީތަކުގެ މެންބާޝިޕް ޑްރައިވް ކުރިއަށް ގެންދާ ފަހަރެއްގައި ޕާޓީ ބަދަލު ކުރާ މީހުން ވެސް އުޅެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.