އޭގެ އިތުރަށް މިފްކޯގެ ސައިޓުތައް ކަމުގައިވާ ފެލިވަރާއި ކޫއްޑޫގައި ގެރިބަކަރިއާއި ކުކުޅު ފަދަ ޖަނަވާރުތައް ގެންގުޅޭ މިންވަރު އިތުރުކުރުމާމެދުވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރި އެވެ.
މޯލްޑިވްސް އިންޑްސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ އެކި ސައިޓުތަކުގައި ހުރި ދަނޑު ބިންތަކުގައި ދަނޑުވެރިކަން ތަރައްގީކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވައިލަން އެ ކުންފުނިން ނިންމައިފި އެވެ.
މިފްކޯގެ ސައިޓުތަކުގައި ދަނޑުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މިއަދު އެ ކުންފުނީގެ ހެޑް އޮފީހުގައި އޮތް ބައްދަލުވުމެއްގައި ދަނޑުވެރިކަމާއި ޖަނަވާރާ ބެހޭ ވުޒާރާގެ އިސްވެރިންނާއެކު މަޝްވަރާކޮށްފައިވެ އެވެ.
އެ މަޝްވަރާގެ ތެރެއިން މިފްކޯ ސައިޓުތަކުގައި ހުރި ދަނޑު ބިންތައް ދިރާސާކުރުމަށާއި، އެ ތަންތަނުގައި ދަނޑުވެރިކަން ފުޅާކުރާނެ ގޮތާމެދު މަޝްވަަރާކޮށްފއިވެ އެވެ. އަދި އެ ބިންތަކުގައި ދަނޑުވެރިކަން ފުޅާކުރުމުގެ މަސައްކަަތްކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވައިލަން ނިންމާފައިވާކަމަށް މިފްކޯއިން ބުންޏެވެ.
އޭގެ އިތުރަށް މިފްކޯގެ ސައިޓުތައް ކަމުގައިވާ ފެލިވަރާއި ކޫއްޑޫގައި ގެރިބަކަރިއާއި ކުކުޅު ފަދަ ޖަނަވާރުތައް ގެންގުޅޭ މިންވަރު އިތުރުކުރުމާމެދުވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރި އެވެ. އަދި މިފްކޯއިން ބަލަހައްޓާ ފުނައްޑޫގައި ދަނޑުވެރިކަން ކުރެއެރުވޭނެ ގޮތްތަކާމެދުވެސް މަޝްވަރާކޮށްފައިވެ އެވެ.
މި ބައްދަލުވުމުގައި މިފްކޯގެ މުވައްޒަފުންނަށް ދަނޑުވެރިކަމުގެ ފަންނީ ތަމްރީނުތައް ފޯރުކޮށްދިނުމާމެދު މިނިސްޓްރީއާއެކު މަޝްވަރާކޮށްފައިވެ އެވެ.
"މި މަޝްވަރާ ބައްދަލުވުމުގައި އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ ދަނޑުވެރިކަމުގެ ދާއިރާއިން މިފްކޯއަށް ދޭންވާ ހުރިހާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ޔަގީންކަން ދެއްވާފައި. އޭގެ ތެރޭގައި މިފްކޯގެ ސައިޓްތަކުގެ ދަނޑުބިންތަކާއި، ގަސްހަގާއި ގެއްސާއި، ގެންގުޅޭ ޖަނަވާރުތަކަށް ދިމާވާ މައްސަލަތަކާއި ޖެހޭ ބަލިތައް ދެނެގަނެ، ހައްލު ހޯދުން ހިމެނެއެވެ. މީގެ އިތުރުން އެކަންކަން ހަރުދަނާކޮށް، ފުޅާކުރުމުގައި މިނިސްޓްރީގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުންވެސް ވަނީ ގިނަ މަޝްވަރާތަކެއް ކުރެވިފައި،" މިފްކޯއިން ބުންޏެވެ.
މިފްކޯއިން ބުނި ގޮތުގައި އެ ކުންފުނިން ކުރާ ދަނޑުވެރިކަމުން އެ ކުންފުނީގެ ސައިޓްތަކުގެ މުވައްޒަފުންގެ ކޮށްތައް ކުރާ ހަރަދުން ބއެއް ސަލާމަތްކުރެވެ އެވެ. އަދި ބަކަރި ނުވަތަ ކުކުޅު ފަދަ ޖަވާރުތައް ވިއްކައިގެންވެސް އެ ކުންފުނީގެ މުވައްޒަފުންގެ ހަރަދުތަކުން މިންވަރެއް ހަމަޖެއްސޭ ކަމަށް މިފްކޯއިން ބުނެ އެވެ.