އެގޮތުން މިހާރު ކުރިމަތިވެފައިވާ މާލީ ދަަތިތަކުން އަރައިގަތުމަށް މާލީ އިސްލާހީ އެޖެންޑާއެއް އެކުލަވައިލެއްވުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަން ރައީސް ފާހަކުރެއްވި އެވެ. އަދި މާލީ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވައިލެއްވި އެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތުގައި ބައިނަލްއަގުވާމީ އެހީތެރިކަން މުހިއްމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ އެކުވެރި ދައުލަަތްތަކުގެ އަމީން އާންމު އެންޓޯނިއޯ ގުޓާރޭޒްއާ ނިއުޔޯކުގައި ބައްދަލުކުރައްވައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. އެ ވާހަކަފުޅުގައި ރާއްޖޭގެ މާލީ ހާލަަތުގެ ތަފުސީލުތައް ރައީސް ގުޓަރޭޒްއާ ހިއްސާކުރެއްވި އެވެ.
އެގޮތުން މިހާރު ކުރިމަތިވެފައިވާ މާލީ ދަަތިތަކުން އަރައިގަތުމަށް މާލީ އިސްލާހީ އެޖެންޑާއެއް އެކުލަވައިލެއްވުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަން ރައީސް ފާހަކުރެއްވި އެވެ. އަދި މާލީ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވައިލެއްވި އެވެ.
މާލީ ދަތިކަމުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގައި ދޭދޭ ގައުމުތަކާއި ގިނަ ދައުލަތްތައް ޝާމިލުވާ ޖަމްއިއްޔާތަކާއި މުއައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުން ރާއްޖެއަށް ލިބުމަކީ މުހިއްމު ކަމެއްކަަން ރައީސް ފާހަގަކުރެއްވި އެވެ.
އެ ބައްދަލުވުމުގައި ގުޓަރޭޒް ވަނީ މޫސުމީ ބަދަލުތކާ ގުޅޭ ކަންކަމުގައި އަދި އާންމުކޮށް ބައިނަލްއަގުވާމީ މައްސަލަތަކުގައި ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް ތާރީފު ކުރައްވާފަަ އެވެ. އަދި ރާއްޖެއަށް ކުރިމަތިވާ މުހިއްމު ކަންކަމުގައި ފުރިހަމަަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
ރައީސްވަނީ އދގެ ނިޒާމުގައި މިހާރަށްވުރެ ހަރަކާތްތެރި ދައުރެއް އަދާކޮށް، ހާއްސަކޮށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭ ކަންކަމުގައި މިހާރަށްވުރެ ތަނަވަސް މަސައްކަތްތަކެއް ކުރަން ރާއްޖެ ތައްޔާރަށް އޮތްކަން ފާހަގަކުރައްވާފަ އެވެ.