އަދި އިތުރަށް އޭނާ ވިދާޅުވީ މިހާރު ހއ.އަށް ސިޔާސީ ބޭފުޅުން ވަޑައިގެން "ވެރިކަން ދީފިނަމަ ބަންކަރިން ފަށާނަން،" ކަމުގައި ވިދާޅުނުވެވޭނެ ކަމަށެވެ. އެ ހިދުމަތުގެ ތެރެއިން 100 އަހަރުން 400 މިލިއަން ޑޮލަރު ލިބުނަސް މައްސަލައެއް ނެތް ކަަމަށެވެ.
ބަންކަަރިން ހިދުމަތުގެ ތެރެއިން 100 އަހަރު ދުވަހުން 400 މިލިއަން ޑޮލަރު ލިބުނަސް މައްސަލައެއް ނެތްކަމަށް ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އަދި ކޮންގްރެސް ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާ މިފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ޕްރޮގުރާމެއްގައި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓާ ހުސައިން އަމްރު ރަޝާދު ދެއްކެވި ވާހަކަފުޅަކަަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަަ އެވެ. އަމްރުވަނީ އެސްޓީއޯއިން ބަންކަރިން ފެށި ގޮތާއި އެކަމުން ލިބޭނެކަމަށް ސަރުކާރުން ބުނަމުންދާ މަންފާއާ ގުޅޭ ގޮތުން ސުވާލު އުފައްދަވާފަ އެވެ.
އަމްރު ވިދާޅުވި ގޮތުގައި ކުރިއްސުރެ ބަންކަރިން ހިދުމަތް ފެށުމަށް ގެންގުޅުނު ވިސްނުމަކީ ރާއްޖޭގެ އުތުރުގައި ޓްރާންސްޝިޕްމެންޓު ބަނދަރެއް ގާއިމުކޮށް އެތަނުގައި އެސްޓީއޯއަށް ތެޔޮ ރައްކާކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިގެން ހިދުމަތް ދިނުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ދެމެހެއްޓެނެވި ގޮތެއްގައި އެ ހިދުމަތް ދެވޭނީ އެގޮތަށް އަމަލުކޮށްގެންނެވެ.
ސަރުކާރުން ބަންކަރިންގެ ތެރެއިން ގައުމީ އުފެއްދުންތެރިކަމަށް 400 މިލިއަން ޑޮލަރު އިތުރުވާނެކަމަށް ބުނާތީ އަމްރުވަނީ 20 މިލިއަން ޑޮލަރު އިންވެސްޓުކޮށްގެން ހިންގަަން ފެށި މަޝްރޫއުން 400 މިލިއަން ޑޮލަރު އުފެއްދޭނެ ގޮތަކާއި އެ ފައިސާ ޖީޑީޕީއަށް އިތުރުވާނީ ކޮންއިރަކުކަން ސާފުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
އަމްރުގެ ވާހަކަފުޅަށް ރައްދުދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާ ވިދާޅުވީ ބަންކަރިންއިން އެންމެ ޑޮލަރެއް ލިބުނަސް އެވަރުވެސް އޯކޭ ކަމަށެވެ. "އެވަރުވެސް އަހަރުމެންނަށް އޯކޭ. އަމުރުއަކަށްވެސް ކުރީގެ އެކަކަށްވެސް ނުވިއެއްނު ތިކަމެއް،" އަމުރުއަށް ރައްދުދެއްވައި ޝުޖާ ސުވާލު ކުރެއްވި އެވެ.
އަދި އިތުރަށް އޭނާ ވިދާޅުވީ މިހާރު ހއ.އަށް ސިޔާސީ ބޭފުޅުން ވަޑައިގެން "ވެރިކަން ދީފިނަމަ ބަންކަރިން ފަށާނަން،" ކަމުގައި ވިދާޅުނުވެވޭނެ ކަމަށެވެ. އަދި އެ ހިދުމަތުގެ ތެރެއިން 100 އަހަރުން 400 މިލިއަން ޑޮލަރު ލިބުނަސް މައްސަލައެއް ނެތް ކަަމަށް ޝުޖާ ވިދާޅުވި އެވެ.
އިތުރަށް އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަކީ އުނދަގުލުގެ ތެރެއިން ކާމިޔާބު ހޯއްދަވާނެ ލީޑަރެއް ކަމަށެވެ. ވިޔަފާރިއަކީ ރިސްކެއްކަން ފާހަގަކުރައްވައި ޝުޖާ ވިދާޅުވީ ލީޑަރުންނޭ ކިޔަނީ ރިސްކު ނަގަން ކެރޭ މީހުންނަށް ކމަަަށެވެ.
"އަމްރުމެންނަށް ރިސްކް ނަގަން ނުކެރުނީ ފިނޑިކަމުން،" ކުރީގެ ސަރުކާރުތަކުގައި ބަންކަރިން ހިދުމަތް ނުފެށުނީ ފިނޑިކަމުން ވިޔަފާރީގެ ރިސްކު ނަގަން ނުކެރިގެންކަމަށް ވިދާޅުވަމުން ޝުޖާގެ ވާހަކަފުޅު ނިންމަވައިލެއްވި އެވެ.