ހުޅުމާލެއިން ފެނުނީ އަޒްހާންގެ ހަށިގަނޑު، މާދަމާ ވަޅުލަނީ

ހުޅުމާލެއިން ފެނުނު ހަށިގަނޑަކީ ގެއްލިފައިވާ މުހައްމަދު އަޒްހާންގެ ހަށިގަނޑުކަން ޕޯސްޓްމޯޓަމްގެ އެހީގައި ދެނެގެންފި އެވެ. އަޒްހާންގެ ހަށިގަނޑު މިއަދު މާލެ ގެނައުމުން އޭނާގެ ޖަނާޒާ މާދަމާ ބޭއްވުމަށް ވަނީ ނިންމާފައެވެ. އެގޮތުން އޭނާގެ ޖަނާޒާ މާދަމާ ހުކުރު ނަމާދަށް ފަހު އާސަހާރާގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

އަޒްހާން

ހުޅުމާލެއިން ފެނުނު ހަށިގަނޑަކީ ގެއްލިފައިވާ މުހައްމަދު އަޒްހާންގެ ހަށިގަނޑުކަން ޕޯސްޓްމޯޓަމްގެ އެހީގައި ދެނެގެންފި އެވެ.

މި މަހުގެ ދެވަނަ ދުވަހުގެ ހަވީރު ހުޅުމާލޭ ވޯޓާ ތީމް ޕާކު ހަދަމުންދާ ސަރަހައްދުން ފެނުނު ހަށިގަނޑު އޮތީ މީހަކު ވަކިކުރަން ނޭންގޭ ވަރަަށް ކުނިވެފައެވެ. ހަށިގަނޑުގެ ބޮޑު ބައެއްގައި ހުރި މަސްތައް ވަނީ ފައިބަފައެވެ. ނަމަވެސް ފުލުހުން އޭރުވެސް ވަނީ އެއީ ގެއްލިގެން ހޯދަމުންދާ އަޒްހާންގެ ހަަށިގަނޑު ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ. ޕޯސްޓްމޯޓަމް އަށް އިންޑިއާއަށް ހަށިގަނޑު ފޮނުވީ ކާކުކަން ކަށަވަރު ކުރުމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް “މި” ނޫހަށް ދެންމެ ވިދާޅުވީ ޕޯސްޓްމޯޓަށް ފޮނުވި ހަށިގަނޑު މިއަދު މާލެ ގެނެސްފައިވާ ކަމަށެވެ. ޕޯސްޓްމޯޓަމް އިން އެއީ އަޒްހާންގެ ހަށިގަނޑުކަން ވަނީ ޔަގީން ކުރެވިފައި ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

ހަށިގަނޑު ވަޅުލުން މާދަމާ

އަޒްހާންގެ ހަށިގަނޑު މިއަދު މާލެ ގެނައުމުން އޭނާގެ ޖަނާޒާ މާދަމާ ބޭއްވުމަށް ވަނީ ނިންމާފައެވެ. އެގޮތުން އޭނާގެ ޖަނާޒާ މާދަމާ ހުކުރު ނަމާދަށް ފަހު އާސަހާރާގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

ކަށު ނަމާދު ޕޭޖުގައިވެސް މިހާރު ވަނީ އެ މައުލޫމާތު އާންމު ކޮށްފައެވެ.

ހ. ބޮނޑިކަނދޮޅުގޭ، މުހައްމަދު އަޒްހާން 27، ގެއްލުނީ މިދިޔަ މަހުގެ 17 ވަަނަ ދުވަހު އެވެ.

އަޒްހާންގެ ހަށިގަނޑު ފެނުނު ގޮތުގައި ހުލާސާއެއް -- މި

ފުލުހުން ބުނީ އެ މައުލޫމާތާއެކު ދެން އަޒްހާންފެންނާނެ ކަމަށް ބެލެވުނު ތަނާ އެންމެ ކައިރިން ލިބެންހުރި ސީސީޓީވީ ފުޓޭޖް ނަގައި ބެލިއިރު އެ ފުޓޭޖުތަކުން އޭނާ ފެނިފައި ނުވާތީ ސްކޭޓް ޕާކް ހިމެނޭ ސަރަހައްދު އިތުރަށް ބަލައި ފާސް ކުރުމަށް ތަހުގީގު ޓީމުން ނިންމާ އެސަރަހައްދު ބަލައި ފާސް ކުރަން ހިންގި އޮޕަރޭޝަންގެ ތެރެއިން ވޯޓާ ތީމް ޕާކު ހެދުމަށް ދޫކޮށްފައިވާ ސަރަހައްދާ ދިމާ ނިރޮޅުމަގު ހުޅަނގު ފަރާތް ބަލައި ފާސްކުރުމުގެ ތެރޭ އެ ސަރަހައްދުގެ ވެޔޮތަކުގެ ތެރެއިން އަޒްހާންގެ ހަށިގަނޑު ޑީކޮމްޕޯސް ވެފައިވަނިކޮށް ފެނިފައިވާ ކަމަށެވެ.

ބަޔަކު މަރާލީތަ؟

އަޒްހާންގެ މަރާއި ގުޅޭ ގޮތުން ފުލުހުން އެންމެ ފަހުން ބުނީ އެކަމުގައި އެހެން ބައެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށެވެ.

އޭނާގެ އާއިލާއިންވެސް ބުނީ އަޒްހާންއާ އެހެން ބަޔަކާ މައްސަލައެއް އުޅޭ ކަން އެނގިފައި ނުވާ ކަމަަށެވެ. ނަމަވެސް އޭނާގެ ބައެއް ރަހުމަތްތެރިން ބުނާ ގޮތުން ބަޔަކު އޭނާއަށް އިންޒާރު ދިން ކަމުގެ މައުލޫމާތު އޮތީ ލިބިފައެވެ. އެކަން ޔަގީން ކުރެވޭވަރުގެ އެއްވެސް މައުލޫމާތެއް ލިބިފައެއް ނެތެވެ.

އޭނާއާއެކު ގެސްޓްހައުސްގައި އެންމެ ފަހުން އުޅުނު ކަމަށް ބުނާ އަންހެން މީހާ ވަނީ އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި ގުޅޭގޮތުން އަޒްހާން ވަރަށް ގިނައިން ވާހަަކަ ދެއްކި ކަމަަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.