ބަންކަރިން ހިދުމަތް ފަށާފައިވަނީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެސްޓީއޯއާއި އެމްޕީއެލް ގުޅިގެންނެވެ. ބަންކަރިން ހިދުމަތުގެ ތެރެއިން އާގުބޯޓުފަހަރަށް ތެޔޮ އަޅައިދިނުމުގެ ހިދުމަތް ފޯރުކޮށްދެނީ ސީދާ އެސްޓީއޯއިންނެވެ.
ރާއްޖެއިން ބަންކަރިން ހިދުމަތް ރަސްމީކޮށް މިއަދު އިފުތިތާހުކޮށްފި އެވެ. އެ ހިދުމަތް ފޯރުކޮށްދެނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިންނެވެ.
މިއަދު ހއ.ހޯރަފުށީގައި އޮތް ރަސްމިއްޔާތެއްގައި އެ ހިދުމަތް ފައްޓަވައިދެއްވީ ތިލަދުންމަތީގެ އެކި ދާއިރާތައް ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރައްވާ މެންބަރުންނެވެ. އެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ޝިމާދު އިބްރާހީމް ބައިވެރިވެވަޑައިގެންނެވި އެވެ.
ބަންކަރިން ހިދުމަތް ފަށާފައިވަނީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެސްޓީއޯއާއި އެމްޕީއެލް ގުޅިގެންނެވެ. ބަންކަރިން ހިދުމަތުގެ ތެރެއިން އާގުބޯޓުފަހަރަށް ތެޔޮ އަޅައިދިނުމުގެ ހިދުމަތް ފޯރުކޮށްދެނީ ސީދާ އެސްޓީއޯއިންނެވެ.
މި ހިދުމަތް ފެށުމަށް ފުރަތަމަ ބޭނުންކުރާ ދެ ބޯޓުގެ ތެރެއިން އެއް ބޯޓަކީ 3،258 ޓެނުގެ އެމްޓީ މެރިން އޭންޖަލްއާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ. މި ދެ އުޅަނދަކީ ބަންކަރިން ހިދުމަތަށް ތައްޔާރުކޮށް ފަރުމާކޮށްފައިވާ ރައްކާތެރިކަމުގެ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ދެ އުޅަނދުކަމަށް އެސްޓީއޯއިން ބުނެފައިވެ އެވެ.
މި ދެ ބޯޓަކީ ކުރިއަށް އޮތް ދެ އަހަރު ތެރޭ އެސްޓީއޯއަށް މިލްކުވާނެ ދެ އުޅަނދު ކަމުގައި އެ ކުންފުނިން ބުނެފައިވެ އެވެ.
އެސްޓީއޯއިން ފާހަގަކުރި ގޮތުގައި މި ހިދުމަތަކީ އެ ކުންފުނީގެ ތަޖުރިބާ ހުރި ދާއިރާއެކެވެ. އެގޮތުން އެސްޓީއޯއަކީ ރާއްޖެއަށް ތެޔޮ އެތެރެކޮށް ވިއްކުމުގެ މަސައްކަތްކުރާ ކުންފުންޏަކަށްވާއިރު، އެ ކުންފުނިން ތެޔޮ ޓޭންކަރު ހޭންޑަލިން މަސައްކަތް 2009 ވަނަ އަހަރުން ފެށިގެން ކުރަމުންދާ ކަމުގައިވެސް އެސްޓީއޯއިން ބުންޏެވެ.
މި ހިދުމަތް ފޯރުކޮށްދޭން ފެށީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ އެންމެ ބޮޑު އަމިއްލަ ކުންފުނިކަމަށްވާ ވިޓޯލްއާ ގުޅިގެންނެވެ. އެ ކުންފުންޏަކީ ސިންގަޕޫރާއި ޔޫއޭއީ އަދި މޮރިޝަސްގައި ބަންކަރިން ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެވެ.
"އެސްޓީއޯއިން ބަންކަރިންގެ ހިދުމަތް ފަށާ ޗެނަލުން މިހާރު ވެސް މަހަކު 300 އުޅަނދު ރާއްޖެ ހުރަސްކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރޭ. ވާދަވެރި ބާޒާރެއްގައި ހުންނަ ގޮންޖެހުތަކާއެކު އޭގެ %1 އަށް ހިދުމަތް ދެނުވު ނަމަވެސް ބަންކަރިންގެ ހިދުމަތުން ރާއްޖެއަށް ރަނގަޅު އާމްދަނީއެއް ހޯދި މިއީ ދެމެހެެއްޓެނިވި، ފައިދާ ބޮޑު، ސިނާއަތަކަށް ވެގެންދާނެއެވެ. އޮފްޝޯ ބަންކަރިންނަކީ އޭގެ ޒާތުގައި ހިދުމަތް ލިބުމުގައި ފަސޭހަކަން ހުންނަ ކަމަކަށްވުމުން މި ބިޒީ ލޭނުގައި މިފަދަ ހިދުމަތެއް ފަށައިގަތުމުން ރަނގަޅު މާކެޓްއެއް ހޯދޭނޭކަމުގެ ޔަގީންކަން އެސްޓީއޯއަށް އެބަ އޮތް.،" އެސްޓީއޯއިން ބުނެފައިވެ އެވެ.
އާގު ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ އިތުރަށް އަންނަނިވި ހިދުމަތްތައް އެސްޓީއޯއިން ފޯރުކޮށްދޭންވަނީ ނިންމާފަ އެވެ.
އެސްޓީއޯއިން ބުނެފައިވަނީ މިއަދު ބަންކަަރިން ހިދުމަަތް އެ ކުންފުނިން ފަށާފައިވަނީ ބައިނަލްއަގުވާމީ މެރިޓައިމް އިދާރާތަކުން ގަބޫލުކުރާ އައިއެސްޕީއެސް ކޮމްޕްލައިންޓް ޕޯޓް ފެސިލިޓީސްއާއެކު ކަމަށެވެ. މީގެ އިތުރަށް ރާއްޖެއަކީ މެރިޓައިމް މުއާހަދާަ އައިއެމްއޯ ސޮލަސް މުއާހަދާގެ ފަހުގެ އިސްލާހުތަކާއެކު ތަސްދީގުކޮށް އެ މުއާހަދާއަށް އަމަލުކުރަމުން އަންނަ ގައުމެއްކަން އެސްޓީއޯއިން ފާހަގަކުރި އެވެ.
ބަންކަރިން ހިދުމަތް ދޭނީ ދުނިޔޭގެ ގައުމުތަކުން ހިފަހައްޓާ ހަރުދަނާ އުސޫލުތަކާ އެއްގޮތަށް އެންމެ މަތީ ފެންވަރުގެ ސަލާމަތީ ކަންކަން ގާއިމުކޮށްގެން ކަމުގައި އެސްޓީއޯއިން ފާހަގަކުރި އެވެ.
"ި ބަންކަރިން ހިދުމަތް ދޭ އުޅަނދުތަކުން ބޭނުންވާ ލިޔެކިޔުންތަކުގެ ކަންކަން ހަމަޖެއްސުމާއި އެހެނިހެން ހުއްދަތަކާއި ސަލާމަތީގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ކަސްޓަމްސް އާއި އިމިގްރޭޝަން އަދި ސިފައިންގެ ފެސިލިޓީތައް ހިމެނޭ ގޮތުން ބަންކަރިން ހިދުމަތަށް ހާއްސަ އޮފީސްތައް ވަނީ މިސަރަހައްދުގައި ގާއިމްކޮށްފައި" އެސްޓީއޯއިން ބުނެފައިވެ އެވެ.