ހެލްމެޓް ނާޅާ ބްރިޖަށް އެރުނީ ހަނދާން ނެތިގެން: ޒައިދު

ސޯޝަލް މީޑިއާގައި އާންމުން އެންމެ ފާޑުކިޔާ އަދި ގިނަ ބަޔަކު އެންމެ ހިތްހަމަނުޖެހޭ އިލްމުވެރިއަކީ ޒައިދެވެ.

ޝައިހް އަލީ ޒައިދު

ހަނދާން ނެތިގެން ހެލްމެޓް ނާޅާ ބްރިޖުގައި ދުއްވިފައިވާ ކަމަށް ދީނީ އިލްމުވެރިޔާ އަލީ ޒައިދު ބުނެފި އެވެ.

ސޯޝަލް މީޑިއާގައި އާންމުންގެ ސަމާލުކަން ހޯދަން އެކި ކަހަލަ ޕޯސްޓްތައް ކުރާ ޒައިދު އިއްޔެ ކުރި ޕޯސްޓެއް ގައި ބުނީ "އަލަށް ކަމެެއް ވެއްޖެ" ކަމަށެވެ.

ސައިކަލު މަޑިދަށުގައި ހެލްމެޓް އޮވެމެ ހަނދާން ނެތިގެން އާދެވުނު -- ދުއްވުނު ކަމަށެވެ. 

"ކީކޭ ދެން ބުނާނީ. ވަކި ހިސާބަކުން ހަނދާންވީ ހެލްމެޓް އަޅަން،" ސޯޝަލް މީޑިއާގައި ހަމައެއް ލަމައެއް ނެތި ދައްކާ ވާހަކަތަކުގެ ސަބަބުން އާންމުންގެ ވަރަށް ބޮޑު ފާޑުކިޔުމެއް އޮންނަ އަލީ ޒައިދު ކުރި ޕޯސްޓްގައި ލިޔެފައިވެ އެވެ.

ބްރިޖާ ހައިވޭގައި ސައިކަލު ދުއްވާނަމަ ހެލްމެޓް އަޅަން ޖެހެ އެވެ. ހެލްމެޓް ނާޅާ ދުއްވުމަކީ ގާނޫނީ ކުށެކެވެ. ހެލްމެޓް ނާޅާ ދުއްވުނު ކަން އަމިއްލައަށް ހާމަކޮށް ޕޯސްޓެއް ކުރުމުން ބައެއް މީހުން ވަނީ ހަނދާން ވުމުން ހެލްމެޓް އެޅިންތޯއާ އެއީ ވެސް މީހުންގެ ސަމާލުކަން ހޯދަން ކުރި ޕޯސްޓެއްތޯ ސުވާލު ކޮށްފަ އެވެ.

ކުރީން އަދާލަތާއި ރައީސް ސޯލިހްގެ ސަރުކާރު ދިފާއު ކުރަން ވަރަށް މަސައްކަތް ކުރި ޒައިދު ކުއްލި އަކަށް ރައީސް މުއިއްޒަށް ތާއީދު ކުރާކަން ހާމަކުރި އެވެ. އޭގެ ފަހުން އޭނާއާ އަދާލަތުގެ އިލްމުވެރީންނާ އޮތް ގުޅުން ހީނަރުވި އެވެ.

ސޯޝަލް މީޑިއާގައި އާންމުން އެންމެ ފާޑުކިޔާ އަދި ގިނަ ބަޔަކު އެންމެ ހިތްހަމަނުޖެހޭ އިލްމުވެރިއަކީ ޒައިދެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.