މިއީ މަރުކަޒުގެ މި ކޮމިޓީއަށް ގުރުއާން ހިތުދަސް އަންހެން ބޭފުޅަކު ހަމަޖެއްސެވި ފުރަތަމަ ފަހަރެވެ.
ހާފިޒުން އިމްތިހާނުކުރާ ކޮމެޓީއަށް ފުރަތަމަ ފަހަރަށް އަންހެން ހާފިޒާއެއް އައްޔަނު ކުރަން ނިންމައިފި އެވެ.
އެކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އިއުލާނު ކުރައްވާފަ އެވެ.
މިނިސްޓަރު ވިދާޅުވީ ހާފިޒުން އިމްތިހާން ކުރުމަށް ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގައި އޮންނަ ކޮމިޓީއަށް އައްޑޫ ސިޓީ ހިތަދޫ، މާވެލްސް ލަތީފާ އަހްމަދު އައްޔަނު ކުރުމަށް މިނިސްޓްރީން މިއަދު ނިންމާފައިވާ ކަމަށެވެ.
މިއީ މަރުކަޒުގެ މި ކޮމިޓީއަށް ގުރުއާން ހިތުދަސް އަންހެން ބޭފުޅަކު ހަމަޖެއްސެވި ފުރަތަމަ ފަހަރު ކަމަށް ވިދާޅުވި އެވެ.
ހާފިޒުން އުފެއްދުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެ އެވެ. ނަތީޖާއެއްގެ ގޮތުން އެ ރޫހު ވަނީ މުޖްތަމައުގައި ވަރަށް ބޮޑުވެފަ އެވެ.
ވަރަށް ހަގު އުމުރުގައި ވެސް އަދި ވަރަށް ދޮށީ އުމުރުގައި ވެސް ބައެއް ދިވެހީން ވަނީ ގުރުއާން ހިތުން ދަސްކޮށްފަ އެވެ. މި ފަހުން ހާފިޒުންނަށްވާ ސުކޫލު ދަރިވަރުން އެ ސަނަދު ހާސިލު ކުރަނީ އެންމެ މަތީ ދަރަޖައިން ފާސް ވެގެންނެވެ.