"ބޭރުގައި ކިޔަވާ ކުދިންނަށް ޑޮލަރުން ޕޭމެންޓް ދޭން އެއްވެސް ދައްޗެއް ނެތް"

މިނިސްޓްރީން ހާމަކުރި ގޮތުގައި އެކި ސްކޮލަޝިޕްތަކަށް މިއަހަރުގެ މިހާތަނަށް 103 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --

ސަރުކާރުން ދޭ އެކި ސްކޮލަޝިޕްތަކުގައި ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރުން ޕޭމެންޓް ދޫކުރަން އެއްޗެއް ދައްޗެއް ނެތް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.

ސްކޮޕަޝިޕްތަކުގައި އެކި ގައުމުތަކުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ދޫކުރަނީ ޑޮލަރުންނެވެ. އެ ފައިސާ ޖަމާކުރަނީ ދަރިވަރުން ކިޔަވާ ޔުނިވާސިޓީއަށެވެ. އެހެނިހެން ހަރަދުތަކަށް ފައިސާ ޖަމާކޮށްދެނީ ދަރިވަރުން ކިޔަވާ ގައުމުތަކުގެ ބޭންކެއްގައި ހުޅުވާފައި އޮންނަ އެކައުންޓްކަށެވެ.

 ދަރިވަރުން ފުރާއިރު ދެ މަސް ދުވަހަށް ވާވަރަށް އެ ގައުމެއްގެ ކަރަންސީން ޕޮކެޓް މަނީ، ސްކައިޕެންޑާއި އެސްޓެބްލިޝްމަންޓު އެލެވަންސް ވެސް ދޫކުރެ އެވެ.

ގައުމަށް ޑޮލަރުގެ ދަތިކަން ދިމާވެފައިވާ މި ދަނޑިވަޅުގައި ދަރިވަރުންނަށް ފައިސާ ފޮނުވަން ދަތިތައް ދިމާވަމުންދާ ކަމުގެ އަޑުތައް ކުރިން ފެތުރިފައިވެ އެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ ފިނޭންސް މިނިސްޓްރީއާ މަޝްވަރާ ކޮށްގެން އެކަން ނުހުއްޓޭނެ ގޮތަކަށް އިންތިޒާމްތައް ހަމަޖައްސަން ޕްލޭންތަކެއް ވެސް ތައްޔާރު ކުރަމުންދާ ކަމަށެވެ.

މިހިނގާ ސެޕްޓެމްބަރު މަހު ފައިސާ ފޮނުވަން ލަސްދަތެއް ދިމާވެފައިވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ. އެއީ ސްޓޫޑެންޓް ލޯނުގައި ފުރާ ދަރިވަރުން ވެސް ގިނަވުމުންނެވެ. މިނިސްޓަރު ވިދާޅުވީ ސްކޮލަޝިޕަށް އެންމެ ދުވަހެއްގައި 170،000 ޑޮލަރު މިމަހު ހަވާލުކޮށްފައިވާ ކަމަށެވެ. 

"އެކަމުގެ ދަތި ގައުމަށް އޮތްކަން އަޅުގަނޑުމެން ގަބޫލުކުރަން. އެހެންނަމަވެސް ކިޔަވާ ކުދިންނަށް އޭގެ އެއްވެސް ކަހަލަ ދައްޗެއް ނުވާނެ ގޮތަށް ޕްލޭން ކުރުމުގެ މަސައްކަތް ދެ މިނިސްޓަރުން ވެގެން ދަނީ މަޝްވަރާ ކުރައްވަމުން،" މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުއްރަހީމް ހަސަން ވިދާޅުވި އެވެ.

އައްދުއްރަހީމް ވިދާޅުވީ މިވަގުތު ވެސް ފިނޭންސް މިނިސްޓްރީގައި އެ މިނިސްޓްރީގެ ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެއީ އަންނަ އަހަރަށް ފައިސާ ދޫކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި އެކި ސްކޮލަޝިޕްތަކަށް މިއަހަރުގެ މިހާތަނަށް 103 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. ފައިސާ ދޫކުރަނީ ކޮންމެ ހަ މަހަކުން ކުދިން ކިޔަވާކަން ކަށަވަރު ކުރުމަށްފަހު އެވެ.

"އޭގެ ބޭނުމަކީ އޮޑިޓާ ޖެނެރަލް ވެސް ލަފާ ދެއްވާފަ އޮތީ، ޖާއިޒް ނޫން ގޮތެއްގަ އެއްވެސް ކުއްޖަކަށް ދައުލަތުގެ ފައިސާ ހަރަދުވަމުން ދިޔަ ނުދިއުން. އެހެން އެއްވެސް ކަމެއް ނޫން އެއީކީ. ކޮންޓްރޯލް ކުރުމެއް ނޫން، އެކަމަކު އެ ފައިސާ ދަނީ އެކަމަކަށް ކަނޑައެޅިފަ އޮތް ކަމަށްކަން ޔަގީން ކުރުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.