"އަންހެނުން ވަރިކުރަން ޝަހީމް އެންގި، ހެއްދެވީ ބުހުތާނު ދޮގު"

"އަޅުގަޑު އަންހެނުން ބަސްގަބޫލު ނުކުރާ ވާހަކަ މީހުން ގާތު ދައްކާ ކަމަށް ބުނެވެސް ހެއްދެވީ ބޮޑު ބުހުތާނު ދޮގެއް. ﷲގެ ރަހްމަތުން އަޅުގަޑު އަންހެނުންނަކީ ވަފާތެރި ކިޔަމަންތެރި އެއް،"

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް

ދީނީ އިލްމުވެރިޔާ، ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފްގެ އަނބިކަނބަލުން ވަރިކުރަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެންގެވި ކަމަށާ މިއަދުގެ ނިއުސްކޮންފަރެންސްގައި ޝަހީމް ހެެއްދެވީ ބުހުތާނު ދޮގު ކަމަށް އިޔާޒް ވިދާޅުވެއްޖެ އެވެ. 

ޑރ. އިޔާޒްގެ އަނބިކަނބަލުން މ. ބަޑިކުޅިމާގެ އާއިޝަތު ޝާދިޔާ (48) އަދި ގދ. ރަތަފަންދޫ ލިލީގެ، ޑރ. ޝަޒްރާ އިބްރާހިމް (36) ދާދި ފަހުން ވަނީ ސައުދީ ސަފީރު އުޅުއްވާ ގޭގެ ދޮރުމަތީ އަޑުގަދަ ކުރާތީ ހައްޔަރު ކޮށްފަ އެވެ. ބަންދު ދޫކޮށްލުމުން ނޫހަކަށް ދިން އިންޓަވިއުއެއްގައި މިނިސްޓަރު ޝަހީމްގެ ނަން ހާމަނުކޮށް، ދީނީ އިލްމުވެރި ވަޒީރަކު ގުޅުއްވާފައި އެ މީހުންގެ ފިރިން ކައިރީގައި އެ މީހުން ވަރިިކުރަން އެދުނު ކަމަށް އެމީހުން ވަނީ ބުނެފަ އެވެ.

އެ އިންޓަވިއުއަށްފަހު، އިޔާޒަށް ގުޅުއްވައި އޭނާގެ އަންހެނުން ވަރިކުރަން ޑރ. ޝަހީމް އެދިވަޑައިގަތް ކަމުގެ ވާހަކަތައް ސޯޝަލް މީޑިއާގައި ފެތުރެމުން ދިޔަ އެވެ. އެ ތުހުމަތު މިނިސްޓަރު ދޮގު ކުރައްވާފައި ވަނީ މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ އިޔާޒަށް ނުގުޅުއްވާތާ ވަރަށް ދުވަސްވެފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ އަންހެނުން "ކޮންޓްރޯލް" ނުވާކަމުގެ ވާހަކަތައް މީހުން ކައިރީ ދައްކަވާ ކަމަށެވެ.

"ޑރ. އިޔާޒް މީހުން ކައިރީ ކިޔަނީ ތިމަންނަ އަންހެނުން ތިމަންއަކަށް ކޮންޓްރޯލެއް ނުވެޔޭ. ތިމަންނަ ބުނާ ބަހެއް މީނަ ނާހައޭ. އެހެންވެއްޖިއްޔާ މީހަކު ބުނެދާނެދޯ، ޑރ. އިޔާޒަކީ ނުލާހިކު މާތް ބޭފުޅެއް، އެކަހަލަ ބަސްނާހާ ކުއްޖަކާ އެއްކޮށް އުޅެގެން ނުވާނެއޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ޝަހީމްގެ ވާހަކަތައް ދޮގުކުރައްވާ އިޔާޒް ވަނީ އެކްސް ގައި ޕޯސްޓެއް ކުރައްވާފަ އެވެ.

ވިދާޅުވީ ‏އޭނާގެ އަންހެނުން ފުލުހުންގެ ހައްޔަރުގައި ހުރިއިރު އަދާލަތަށް ނިސްބަތްވާ މުހައްމަދު ޝިފާން މެދުވެރިކޮށް ⁦‪ޝަހީމް، ‬"އޭނާ ކައިރީ ބުނޭ ޝާދިޔާ ވަރިކުރާށޭ" ވިދާޅުވެ އެފަދައިން އެންގެވި ކަމަށެވެ.

"އަޅުގަޑު އަންހެނުން ބަސްގަބޫލު ނުކުރާ ވާހަކަ މީހުން ގާތު ދައްކާ ކަމަށް ބުނެވެސް ހެއްދެވީ ބޮޑު ބުހުތާނު ދޮގެއް. ﷲގެ ރަހްމަތުން އަޅުގަޑު އަންހެނުންނަކީ ވަފާތެރި ކިޔަމަންތެރި އެއް،"

އަދިވެސް ޝަހީމަށް ރައްދު ދެއްވާ ވިދާޅުވި އެވެ؛

"ރިވެތި އަހްލާގުގެ ވާހަކަ ދައްކަވާ އިރު ހިލޭ އަންހެން ކުއްޖެއް އަތުގައި ހިއްޕަވައިގެން މީހެއްގެ ފްލެޓެއްތެރެއަށް ވަދެ ބޮނަކުއާ ބޯން އޮންނެވީ ދުރޫސުލް އަހްލާގުގެ ކިތައްވަނަ ފިލާވަޅުގެ ދަށުންތޯ އަމިއްލަ ނަފްސަށް ސުވާލުކޮށްލެއްވުން ރަގަޅު،" ވަރަށް ބޮޑަށް ޒާތީކޮށް ޝަހީމަށް ފާޑުވިދާޅުވެ އިޔާޒް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.