އެންމެ ފަސް

އައްޑޫ ކައުންސިލުގެ ހުށަހެޅުން | ހިތަދޫގެ އާ ބިންތައް ބަހައިލުމުގެ ބަދަލުގައި ވާޓިކަލް ހައުސިން އެޅުން

ކައުންސިލުގެ ދެލިކަރުދާހުގައި ހުށަހަޅާފައިވަނީ ބަންޑާރަ ގޯތި ދޫކުރުމުގެ ބަދަލުގައި މިޑް-ޓު-ހައިރައިސް ނުވަތަ މެދު މިނުގެ އަދި ދިގު އުސް އިމާރާތްތައް އަޅައިގެން ހައުސިން މަޝްރޫއުތައް ހިންގުމަށެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު: އިއްޔެ ވަނީ ވަރަށް ބޮޑަށް ކުރީ ސަރުކާރަށް ނުރުހުމުގެ ބަސްތައް އަމާޒުކުރައްވާފައި --

އައްޑޫ ހިތަދޫގައި އަލަށް ހިއްކާފައިވާ ބިންތަކުން ބަންޑާރަ ގޯތި ދޫކުރުމުގެ ބަދަލުގައި އެ ސަރަހައްދުގައި ވާޓިކަލް ހައުސިން ނުވަތަ އުސްކޮށް އިމާރާތްކުރާ ގޮތަށް ހައުސިން މަޝްރޫއުތައް ހިންގުމަށް އައްޑޫ ސިޓީ ކައުންސިލުން ހުށަހަޅައިފި އެވެ. 

އައްޑޫ ސިޓީގައި އަލަށް ހިއްކި ބިންތައް ބޭނުންކުރާނެ ގޮތުގެ ޕްލޭން އެކުލަވައިލުމުގެ ގޮތުން ރައްޔިތުންގެ މަޝްވަރާ ހޯދުމަށް ސިޓީ ކައުންސިލުން އެކުލަވައިލި ދެލިކަރުދާހެއް އެ ކައުންސިލުން މިހާރުވަނީ އާންމުކޮށްފަ އެވެ. އަދި މި މަހުގެ 19 އަދި 20 ވަނ ދުވަހު އެ ދެލިކަރުދާހާމެދު އާންމުންގެ ހިޔާލު ހޯދުމަށް ހިތަދޫއާއި މަރަދޫފޭދޫގައި ބައްދަލުވުންތކެއް ބާއްވަންވަނީ ނިންމާފަ އެވެ. 

އަލަށް ހިއްކި ބިންތަަކުގެ ތެރެއިން ހިތަދޫ ޒޯން-1 ގެ ޕްލޭނުގައި ސިޓީ ކައުންސިލުން ފާހަގަކުރި ގޮތުގައި ހިތަދޫއަކީ އައްޑޫގެ އެންމެ އާބާދީ ބޮޑު ބައިބޯ އަވަށެވެ. އެކަމަށް ރިއާޔަތްކޮށް އެ ދެލިކަރުދާހުގައި ހުށަހަޅާފައިވަނީ ބަންޑާރަ ގޯތި ދޫކުރުމުގެ ބަދަލުގައި މިޑް-ޓު-ހައިރައިސް ނުވަތަ މެދު މިނުގެ އަދި ދިގު އުސް އިމާރާތްތައް އަޅައިގެން ހައުސިން މަޝްރޫއުތައް ހިންގުމަށެވެ. 

މި ސަަރަހައްދު ތަރައްގީކުރަނީ 12،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށެވެ. ކައުންސިލުގެ ކަރުދާހުގައި ފާހަގަކޮށްފައިވަނީ އެ އާބާދީއަށް ބޭނުންވާ ސުކޫލުތަކާއި ފިހާރައާއި ހުޅުވިފައިވާ ޖާގަތައް އެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކޮށްގެން ގާއިމުކުރެވޭނެ ކަމަށް ނުބެލެވޭ ކަމަށެވެ. 

ކައުންސިލުން ފާހަގަކުރި ގޮތުގައި މި ސަރަހައްދު ތަރައްގީކުރާއިރު މީހުންނަށް ދިރިއުޅެން ފަސޭހަ ހެޔޮވަރުގެ އާބާދީއެއް އޮތް ހިނގައިބިނގައިވާން ފަސޭހަ ތަނެއްގެ ގޮތުގައި ތަރައްގީކުރުމަށް އިސްކަން ދޭ ކަމަށެވެ.

ކައުންސިލުން އަންދާޒާކުރާ ގޮތުގައި އަލަށް ހިއްކި ބިމުގެ ހިތަދޫގެ އެހެން ސަރަހައްދުތަކުގެ ބިމުގެ އަގަށްވުރެ ބޮޑުވާނެ އެވެ. އެހެންކަަމުން އިޖުތިމާއީ އަދުލުވެރިކަން ގާއިމުކުރުމަށް އެ ސަރަހައްދުން ބިން ހިލޭ ދޫކުރުމަކީ އަދުލުވެރި ގޮތަކަށް ނުވާނެ ކަމުގައިވެސް ކައުންސިލުން ދެކެ އެވެ. 

އިތުރަށް ކައުންސިލުން ފާހަގަކުރީ ބަންޑާރަ ގޯތި ދޫކުރިއަސް އެ ގޯތީގައި ގެދޮރު ތަރައްގީކޮށް ދިރިއުޅެވޭނެ ކަމުގެ ޔަގީންކަމެއް ނޯވެ އެވެ. 

ކައުންސިލުން މިހާތަނަށް ރައްޔިތުންނާ ކުރި މަޝްވަރާތަކުން އެންމެނަށް އިއްތިފާގުވެވޭ ހައްލެއް ހޯދިފައިނުވާތީ ތިން އޮޕްޝަނެއް ކައުންސިލުން ރައްޔިތުންގެ ބައްދަލުވުމަށް ހުށަހަޅަން ގަސްތުކޮށްފައިވެ އެވެ. އެއީ އެއްވެސް ގޮތަކަށް ބަަންޑާރަ ގޯތި ދޫނުކުރުމާއި، 146 ބަންޑާރަ ގޯތި ދޫކުރުން އަދި 280 ބަންޑާރަ ގޯތި ދޫކުރުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.