އިމިގްރޭޝަނުން ބުނީ މިދިޔަ ހޯމަ ދުވަހު މާލޭގައި ބިދޭސީން ދިރިއުޅޭ ހަތަރުތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެއީ ބިދޭސީން އުޅޭ ދެ ގެއަކާއި ދެ ހޮޓަލެވެ.
އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަކަށް، ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަން ބްލޮކްތައް ބަލައި ފާސްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަނުގައި އަނެއްކާ ވެސް ބިދޭސީންތަކެއް ބެލުމުގެ ދަށަށް ގެނެސްފި އެވެ.
އިމިގްރޭޝަނުން ބުނީ މިދިޔަ ހޯމަ ދުވަހު މާލޭގައި ބިދޭސީން ދިރިއުޅޭ ހަތަރުތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެއީ ބިދޭސީން އުޅޭ ދެ ގެއަކާއި ދެ ހޮޓަލެވެ.
މިތަންތަން ބަލައި ފާސްކުރުމަށްފަހު ގަވާއިދާ ހިލާފަށް އެތަންތަނުގައި އުޅޭ ހަތް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ ބިދޭސީން ހިފެހެއްޓުމުގެ ބޮޑު އޮޕްރޭޝަނެއް އިމިގްރޭޝަނުން ދަނީ ހިންގަމުންނެވެ. މި އޮޕަރޭޝަނުގައި މިހާތަނަށް ގަވާއިދާ ހިލާފަށް، ވަރަށް މުޑުދާރު ތަންތަނުގައި ކާބޯތަކެތި އިފައްދައި ވިޔަފާރި ކުރާ ތަންތަން ބަންދުކޮށް އަދި އެފަދަ މީހުން ހިފެހެއްޓުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މިހާތަނަށް އެފަދަ ގިނަ ތަންތަން ބަންދުކޮށް އަދި ވަރަށް ގިނަ ބިދޭސީން ވަނީ ޑީޕޯޓް ވެސް ކޮށްފަ އެވެ.