ސިއްހީ ހިދުމަތްތަކާ ގުޅޭ ޝަކުވާ ހުށަހަޅަން ޕޯޓަލެއް ގާއިމުކޮށްފި

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މި ޕޯޓަލަކީ ސިއްހީ ހިދުމަތްތައް ހޯދުމުގައި ބަލިމީހުންނަށް ކުރިމަތިވާ އެކި މައްސަލަތަކާ ގުޅިގެން މިނިސްޓްރީގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ކަންކަން ހުށަހެޅުމަށް ހާއްސްކޮށް ގާއިމުކޮށްފައިވާ ޕޯޓަލެކެވެ.

ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ހެލްތު މިނިސްޓްރީ

ސިއްހީ ހިދުމަތްތަކާ ގުޅޭ ގޮތުން އާންމުން ހުށަހަޅަން ބޭނުންވާ ޝަކުވާތައް އޮންލައިންކޮށް ހުށަހެޅުމަށް "މާހަރާ"ގެ ނަމުގައި ހާއްސަ ޕޯޓަލެއް ގާއިމުކޮށްފި އެވެ. 

އިއްޔެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސިއްހީ ހިދުމަތްތަކާ ގުޅޭ ޝަކުވާ ހުުށަހަޅަ ޕޯޓަލް އިފުތިތާހުކޮށްފައިވެ އެވެ. ޕޯޓަލް އިފުތިތާހުކޮށްދެއްވީ ކުރީގެ ހެލްތު މިނިސްޓަރު ޑރ.އައިމިނަތު ޖަމީލެވެ. 

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މި ޕޯޓަލަކީ ސިއްހީ ހިދުމަތްތައް ހޯދުމުގައި ބަލިމީހުންނަށް ކުރިމަތިވާ އެކި މައްސަލަތަކާ ގުޅިގެން މިނިސްޓްރީގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ކަންކަން ހުށަހެޅުމަށް ހާއްސްކޮށް ގާއިމުކޮށްފައިވާ ޕޯޓަލެކެވެ. 

އިތުރަށް މިނިސްޓްރީން ފާހަގަކުރީ ބަލިމީހުންނަަށް ފަސޭހައިން ޝަކުވާ ހުށަހެޅޭނެ އިންތިޒާމު ހަމަޖެހުމަކީ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރަން ފުރުސަތު ލިބޭނެ ކަމެކެވެ. 

ސިއްހީ ހިދުމަތްތަކާ ގުޅޭ ޝަކުވާ ހުށަހެޅުމަށް ހާއްސަ ޕޯޓަލެއް ގާއިމުކުރީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ)ގެ އެހީތެރިކަމާއެކު އެވެ. 

ކޮންމެ އަހަރެއްގެ ސެޕްޓެންބަރު 17 ވަނަ ދުވަހު ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތުގައި މި އަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "ބަލިމީހުންގެ ރައްކާތެރިކަމަށްޓަކައި ބަލި ދެނެގަތުން ހަރުދަނާކުރު"މެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.