ރިސޯޓް ތަރައްގީ ކުރާ ލިސްޓް | ތިން ރަށް އުނި، ހަ ފަޅާއި ރަށެއް އިތުރު

އިތުރު ކުރި ފަޅުތަކުގެ ތެރޭގައި މާލެ އަތޮޅު ތިން ފަޅެއްވެސް ހިމެނެ އެވެ. މި ފަޅުތަކުގެ ތެރޭގައި 80 ހެކްޓަރުގެ ބޮޑު ފަޅެއްވެސް ހިމެނެ އެވެ.

ރިސޯޓް ތަރައްގީ ކުރާ ލިސްޓަށް އިތުރުކުރި މާލެ އަތޮޅު ދެ ފަޅު

ޓޫރިޒަމް މިނިސްޓްރީން އިއުލާނުކުރި ރިސޯޓް ތަރައްގީ ކުރާ ލިސްޓުން ތިން ރަށް އުނިކޮށް، ހަ ފަޅާއި ރަށެއް އިތުރުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ރިސޯޓް ތަރައްގީ ކުރަން ނެރުނު 17 ރަށުގެ ލިސްޓުން މިފަހަރު އުނިކޮށްފައިވަނީ ޅ. ދިއްފުށި އަދި ދިއްފުށި މައިދޫއާއި 10 ހެކްޓަރުގެ ބޮޑު ތ. ކަނިމީދޫ އާއި ގއ. ކަޅެއް ހުއްޓާ އެވެ. މީގެ އިތުރުން މި ލިސްޓަށް އިތުރުކޮށްފައިވަނީ މާލެ އަތޮޅު ތިން ފަޅަކާއި ބ. އަތޮޅުގެ ފަޅެއް އަދި ވ. އަތޮޅުގެ ފަޅެއްގެ އިތުރުން އދ. އަތޮޅުގެ ފަޅެކެވެ. އަދި އިތުރުކުރި ރަށަކީ ގއ. ރާވެރިންކޮޅިހުއްޓާ އެވެ. 

މި ލިސްޓަށް އިތުރުކުރި ފަޅުތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ދެ ފަޅަކީ ބަނޑޮސް ކައިރީގައި އޮންނަ 82 ހެކްޓަރުގެ ފަޅަކާއި ހުވަފެންފުށީ ކައިރީގައި އޮތް 47 ހެކްޓަރުގެ ފަޅެކެވެ. 

ޓޫރިޒަމް މިނިސްޓްރީން އޮގަސްޓް މަހުގެ ފަހުކޮޅު ވެސް މި ލިސްޓަށް ބަދަލުތަކެއް ގެނެސްފައިވެ އެވެ. މި ލިސްޓުން ތިން ތަނެއް އުނިކޮށް ރ. އަތޮޅު ބޮޑު ރަށެއް އިތުރުކޮށްފިވެ އެވެ. ޓޫރިޒަމް މިނިސްޓްރީގެ އިއުލާނެއްގައިވާ ގޮތުން އިއްޔެ އެ ލިސްޓަށް ގެނައި ބަދަލާއެކު އުނިކޮށްފައިވަނީ ވ. އަތޮޅުން ރިސޯޓު ހަދަން ކުއްޔަށް ދޭ ލިސްޓުން އުނިކޮށްފައިވަނީ ވ. ކޮޅުދިއްފުށި ފިނޮޅާއި ޅ. ވިހަވަރު ފިނޮޅާއި ލ. ހަންހުއްޓެވެ.

ރިސޯޓް ތަރައްގީ ކުރުމުގެ ގޮތުން މި އަހަރުގެ މެއި މަހު 17 ތަނެއް ޓޫރިޒަމުން އިއުލާނު ކުރި އެވެ. އެ އިއުލާނުގައި 11 އަތޮޅަކުން 17 ފަޅާއި ރަށް ދޫކުރަން ހިމެނި އެވެ. އަދި އެ އިއުލާނުގައި އެ ފަޅާއި ރަށްތަކުގެ އިކުއިޒިޝަން ކޯސްޓް ވެސް ހިމަނާފައި ވެއެވެ. މިނިސްޓަރީގެ އެ އިއުލާނުގައިވާ ގޮތުން އެންމެ ބޮޑު އިކުއިޒިޝަން ކޯސްޓެއް ކަނޑައަޅާފައި ވަނީ މާލެ އަތޮޅުގައި އޮންނަ ހިއްމިޔާ ފަޅަށެވެ. އެ ފަޅުން 712 ހެކްޓަރު ދޫކުރަން ނިންމާފައި ވާއިރު އެ ފަޅުގެ އިކުއިޒިޝަން ކޯސްޓަކައި 23.5 މިލިއަން ޑޮލަރެވެ. މާލެ އަތޮޅު ހިއްމިއްޔާ ފަޅުގެ އިތުރަށް މާލެ އަތޮޅުގެ އިތުރު ފަޅަކުން 46 ހެކްޓަރު ދޫކުރަން ވެސް އިއުލާނު ކޮށްފައި ވެއެވެ. އެ ފަޅުގެ އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 10.9 މިލިއަން ޑޮލަރެވެ. މީގެ އިތުރަށް ތ. އަތޮޅުން ހަތަރު ރަށާއި، ލ. އަތޮޅުން ތިން ރަށާއި ގއ. އަދި ގދ. އިން އެއް ރަށް ދޫކުރަން ވެސް އިއުލާނު ކޮށްފައި ވެއެވެ. ހދ. ވައިކަރަމުރައިދޫން 15 ހެކްޓަރުގެ ބިމެއް ވެސް ދޫކުރެ އެވެ. ޓޫރިޒަމް މިނިސްޓްރީގެ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުން ށ. އަތޮޅާއި ރ. އަތޮޅުން އެއް ރަށް އަދި ޅ. އަތޮޅުން ދެ ރަށް ދޫކުރާނެ އެވެ.

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި މިވަގުތު ރާއްޖޭގައި ޖުމްލަ 182 ރިސޯޓް ހުރެ އެވެ. މީގެތެރޭން އޮޕަރޭޝަންގައި އޮތީ 174 ރަށުގެ 42،962 އެނދެ އެވެ. އަދި ރިސޯޓް ހަދަން ދޫކޮށްފައިވާ 63 ރަަށެއް ނުހެދި އޮތް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.