އައްޑޫ ގާމަންޓް ފެކްޓަރީއަށް އިންވެސްޓު ކުރަން ފުރުސަތު ހުޅުވާލަނީ

ގާމަންޓު ފެކްޓަރީއަށް ބޭނުންވާ 30،000 އޭކަރުގެ ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ބީސީސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު ސޮއިކޮށްފައިވަނީ މި އަހަރުގެ ޖޫން މަހުގެ ނުވަ ވަނަ ދުވަހު އެވެ.

އައްޑޫގައި ގާމަންޓް ފެކްޓްރީއެއް އެޅުމަށް ބީސީސީއާއި ސިޓީ ކައުންސިލުގެ މެދުގައި އެއްބަސްވުމުގައި ސޮއިކުރުން، ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީ ގާމެންޓް ފެކްޓްރީ ޕްރޮޖެކްޓަށް އިންވެސްޓްކުރަން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ ހަފުތާގައި އިންވެސްޓްކުރުމުގެ ފުރުސަތު ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) އިން ހުޅުވާލަން ނިންމައިފިއެވެ.

ބީސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ކާމިޔާބުކަމާއެކު ނިމިފައިވާ ކަމަށާއި ޖޮއިންޓް ވެންޗާސް، ކޮންޓްރެކްޓާ ފައިނޭންސިން އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް ފަދަ އެކި ގޮތްގޮތުން އިންވެސްޓަރުން ހޯދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ބީސީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔާއު މުހައްމަދު ވިދާޅުވީ މި މަޝްރޫއުގެ މިއީ ފެހުމާއި ގާމެންޓް އިންޑަސްޓްރީގެ ވިޔަފާރިތަކަށް ލިބިގެންދާ އަގުހުރި ފުރުސަތެއްކަމަށެވެ. އަދި މި ޕްރޮޖެކްޓްގެ ސަބަބުން އައްޑޫ ސިޓީގެ ގާމެންޓް އިންޑަސްޓްރީ އަށް ކުރިއެރުމެއް ލިބި، ފެހުމުގެ ވިޔަފާރިތަކަށް ސަޕްލައި ޗެއިންގައި މުހިންމު ލިންކެއް ލިބިގެންދާނެ، ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ފެކްޓްރީއަކީ ދިވެހި އުފެއްދުމަށް އެހީތެރިވެދީ، ދިވެހި ވިޔަފާރިވެރިން އުފައްދާ މުދާ އިޝްތިހާރު ކުރުމުގެ މަގުސަދުގައި ހިންގާ ފެކްޓްރީއެއް ކަމަށްވެސް ވިދާޅުވިއެވެ.

ގާމަންޓު ފެކްޓަރީއަށް ބޭނުންވާ 30،000 އޭކަރުގެ ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ބީސީސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު ސޮއިކޮށްފައިވަނީ މި އަހަރުގެ ޖޫން މަހުގެ ނުވަ ވަނަ ދުވަހު އެވެ.

މި ފެކްޓްރީ އަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ އިރުޝާދުގެ ދަށުން ތަރައްގީ ކުރަމުން ފެކްޓްރީއެކެވެ. 

ބީސީސީއިން ބުނީ މި އިނީޝިއޭޓިވްގެ މަގްސަދަކީ ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ ސިނާއީ ކުރިއެރުމަށް މަގުފަހިކޮށްދޭއިރު، އިމްޕޯޓް ކުރާ ފޭރާމަށް މި ސަރަހައްދު ބަރޯސާވާ މިންވަރު ކުޑަކުރުން ކަމަށެވެ. އައްޑޫ ސިޓީގައި އިންޑަސްޓްރިއަލައިޒޭޝަން އާއި އިގްތިސާދީ ކުރިއެރުން ކުރިއެރުވުމަށް ސަރުކާރުން ގެންގުޅުއްވާ ދުރުރާސްތާ ސްޓްރެޓެޖީއާ އެއްގޮތްވާ ގޮތުގެ މަތިން މި ފެކްޓްރީ ވެގެންދާނީ މި ސަރަހައްދުގެ އިތުރު ތަރައްގީއަށް ކެޓަލިސްޓެއްގެ ގޮތުގައި ކަމަށް އެ ބަޔާނުގައި ވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.