ވެމްކޯގެ ޑީއެމްޑީގެ މަގާމަށް ނާއިފު ހަމަޖައްސަވައިފި

ފެނަކަަ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ގެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ނާއިފު ވޭސްޓު މެނޭޖުމެންޓު ކޯޕަރޭޝަަން (ވެމްކޯ)ގެ ޑީއެމްޑީގެ މަގާމަށް ހަމަޖައްސައިފި އެވެ. 

ވެމްކޯއިން މީސްމީޑިޔާގައި ކުރި ޕޯސްޓެއްގައި ނާއިފަށް މަރުހަބާ ކިޔާފައިވެ އެވެ. ނަމަވެސް މިހާތަނަށް ސަރުކާރު ކުންފުނިތަކުގެ ބަލަދުވެރިޔާގެ ދައުރުކުރާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިހާތަނަށް އާންމުނުކުރެ އެވެ. 

ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ނާއިފު އެންމެ ފަހުން ހުންނެވީ ފެނަކަ ކޯޕަރޭޝަނުގެ ޑީއެމްޑީގެ މަގާމުގަ އެވެ. 

ނާއިފު ފެނަކައިގެ ބޯޑުން ވަކިކުރީ 8 އޯގަސްޓު 2024 ގަ އެވެ. އޭނާގެ އިތުރަށް އެ ކުންފުނީގެ ބޯޑުގެ މެންބަރުންގެ ތެރެއިން ޗެއާމަން އަހްމަދު ޝަހީރާއި ބޯޑުގެ މެންބަރު އަހްމަދު އީހާބެވެ. އެ ބޭފުޅުން މަގާމުން ވަކިކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައިނުވެ އެވެ. 

ނާއިފު ފެނަކައިން ވަކިކުރެއްވުމަށްފަހު އޭނާ ހުންނެވި މަގާމަށް އައްޔަންކުރައްވާފައިވަނީ ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު އަބްދުލްކަރީމެވެ. 

ނާއިފަކީ ނިމުނު ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިންތިހާބީ އެޖެންޓުގެ ދައުރު އަދާކުރެއްވި ބޭފުޅާ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.