ދިޔަމިގިލީ ފުޓްސަލް ދަނޑުގައި އޮތް މި މުބާރާތް ފައްޓަވައިދެއްވީ ދިޔަމިގިލީ ކައުންސިލްގެ ރައީސް އަހުމަދު މޫސާ އެވެ.
ދިޔަމިގިލީ ފުޓްސަލް ދަނޑުގައި އޮތް މި މުބާރާތް ފައްޓަވައިދެއްވީ ދިޔަމިގިލީ ކައުންސިލްގެ ރައީސް އަހުމަދު މޫސާ އެވެ.
މި މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ މަގުކޮޅު އާއި ސްޕޯރޓްސް ކުލަބް ސަމްޕީޒް އެވެ. 3:0 އިން ސަމްޕީޒް އިން މެޗް ކާމިޔާބުކުރިއިރު މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސަމްޕީޒް ގެ ޖާރޒީ ނަންބަރު 20 އާދަމް ނާސިހް(އާދަންނާ) އެވެ. އިއްޔެ ރޭ ކުޅުނު މިމުބާރާތުގެ ދެ ވަނަ މެޗްގައި ބައްދަލްކުރީ ކުލަބް ބުރޭވް ޝޫޓް އާއި ކޮއްތު ޓީމެވެ. 5:1 އިން މިމެޗް ކާމިޔާބުކުރީ ބުރޭވް ޝޫޓެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބުރޭވް ޝޫޓްގެ ޖާރޒީ ނަންބަރު 10 މުހައްމަދު ހުސާމެވެ.
ދިޔަމިގިލީ ކައުންސިލުން ބުނީ އެ ކައުންސިލުން އިންތިޒާމްކޮށްގެން ''ދިޔަމިގިލީ ކައުންސިލް ފުޓްސަލް ޗެލެންޖް 2024'' ނަމުގައި ކުރިއަށްގެންދާ މިމުބާރާތަކީ ދިޔަމިގިލީގެ ރައްޔިތުންނަށް ފުޓްސަލް ކުޅުމުގެ ފުރުސަތު ހޯދައިދިނުމާއި ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ފުޓްސަލް މުބާރާތްތަކުގައި ވާދަކުރެވޭނެ ގައުމީ ފެންވަރުގެކުޅުންތެރިނާއި ރަށުގެ ރައްޔިތުންނާއި ޒުވާނުންގެ މެދުގައި އެކުވެރިކަން ގާއިމް ކުރުމުގެ މަގްސަދުގައި ބާއްވާ މުބާރާތެއްކަމަށެވެ.
މި މުބާރާތުގެ މެޗްތަކުގެ ކުޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމަހުގެ 15 އިން 22 ގެ ނިޔަލަށް ދިޔަމިގިލީ ފުޓްސަލް ދަނޑުގައެވެ. މިމުބާރާތުގައި ފަސް ޓީމް ބައިވެރިވެފައިވެއެވެ. އެއީ ކުލަބް ބުރޭވް ޝޫޓް އާއި ސްޕޯޓް ކުލަބް ސަމްޕީޒް އާއި މަގުކޮޅުއާއި އެފްސީ ކޮއްތުގެ އިތުރުން ކުލަބް ބަސްދީ އެވެ.
މި މުބާރާތުގެ މެޗްތައް ދިޔަމިގިލީ ކައުންސިލްގެ ފޭސްބުކް ޕޭޖުން ވަގުތުން ދައްކާނެ ކަމަށް އެކައުންސިލުން ބުންޏެވެ. އަދި މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 15000ރ.އާއި ޗެމްޕިއަން ޓްރޮފީ އަދި ރަން މެޑެލް، ރަނަރއަޕް ޓީމަށް 7000ރ. އާއި ރިހި މެޑެލް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެކަުއންސިލުން ބުންޏެވެ.