ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 30 ދުވަސް ދީފައިވާ ކަމަށެވެ.
އަމިއްލަ ދަރިންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހައިފިއެވެ.
މިއީ ފ އަތޮޅުގެ ރަށަކަށް ނިސްބަތްވާ މީހަކު ހިންގި މުޑުދާރު އަމަލެއް ކަމަށް އެނގިފައިވެ އެވެ. އެ ވާހަކަތައް ފެންމަތިވެ ދެކެވެން ފެށުމުން، ފުލުހުން ބުނީ މާލޭގައި ބައްޕައަކު އޭނާގެ ދެ އަންހެން ދަރީންނަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ހުށައަޅާފައިވާ ކަަމަށެވެ.
އެ މައްސަލަ ހުށައަޅާފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް ވެސް ބުންޏެވެ.
އެ ރިޕޯޓާއި ގުޅިގެން އެ ފިރިހެން މީހާ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އުމުރުން 42 އަހަރުގެ އެ މީހާ ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ. އެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 30 ދުވަސް ދީފައިވާ ކަމަށެވެ.
ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓް ކުރާ މިންވަރު ދަނީ އިތުރުވަމުންނެވެ. އެފަދަ މައްސަލަތަކުގެ ތެރޭގައި ވަރަށް މުޑުދާރު އަމަލުތައް ހިންގުމުގެ މައްސަލަތައް ހިމެނެ އެވެ. ފުވައްމުލަކު ސިޓީގައި ނުކުޅެދުންތެރިކަން ހުންނަ މީހަކަށް، ޒިންމާދާރު މަގާމެއް ގައި ހުރި މީހަކު ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއް ހުށައެޅި އެ މީހާ ވަނީ ހައްޔަރު ކޮށްފަ އެވެ.
އަދި މެދު އަތޮޅުތަކުގެ ރަށެއްގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކު 8 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ވެސް ފުލުހުން މިހާރު ދަނީ ބަލަމުންނެވެ. އެ ފިރިހެން ކުއްޖާ، ކުޑަ އަންހެން ކުއްޖާ ފަޅުތަނަކަށް ގެންގޮސް އެ އަމަލު ހިންގީ ކާ އެއްޗެއް ދޭން ކަމަށް ބުނެ އޮޅުވާލައިގެން ގެންދިއުމަަށްފަހު ކަމަށްވެ އެވެ.