އައްޑޫގައި ސެކަންޑް ހޭންޑް ވެހިކަލް އެސެމްބަލްކޮށް ބޭރުކުރެވޭނެ ވަސީލަތް ގާއިމް ކުރަނީ

އެމްޕީއެލްގެ ސީއިއޯ ވަޖީހު ވިދާޅުވީ ރޯރޯ ޓާމިނަލެއް އައްޑޫ ޕޯޓު ސަރަހައްދު ހިއްކައި ފްރީޒޯން ހަދައިގެން ގާއިމް ކުރާނެ އެވެ. މި ތަނުން ޔޫސް ވެހިކަލް ގެނެސް އެ މޮޑިފައިކޮށް ބޭރު ކުރެވޭނެ ވަސީލަތް ގާއިމް ކުރާނެ އެވެ.

އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމް އައްޑޫ ޕޯޓުގައި

އައްޑޫ ޕޯޓުގައި ފްރީޒޯން ހަދައި ސެކަންޑް ހޭންޑް ވެހިކަލް ރާއްޖެ ގެނެސް އެ ބޭނުންވާ ދުނިޔޭގެ މާކެޓުތަކަށް އެކްސްޕޯޓް ކުރެވޭނެ ވަސީލަތް ގާއިމް ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް އެމްޕީއެލް އިން ބުނެފި އެވެ. 

އައްޑޫ ޕޯޓް ހިންގަމުންދާތާ 19 އަހަރަށްފަހު ދާއިމީކޮށް އެތަނަށް ކާގޯގެ ހިދުމަތް ފެށިފައިވާއިރު، ޕޯޓު ތަރައްގީ ކުރުމަށް ގެންގުޅުއްވާ އާ ވިސްނުންފުޅާ ބެހޭ ގޮތުން ގައުމީ ޓީވީގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ އައްޑޫ ޕޯޓް ތަރައްގީ ކުރަން ގެންގުޅޭ ވިސްނުން ބަދަލު ކުރަން ޖެހޭ ކަމަށާ މިހާރު ގެންނަ ކުޑަ މުދާކޮޅުން އެ ބަނދަރު ސަސްޓޭންކޮށް ހިންގަން ދަތިވާނެ އެވެ. އެހެންވެ އެމްޕީއެލްގެ ވިސްނުމަކީ އައްޑޫ ޕޯޓު ސަރަހައްދު އިތުރަށް ހިއްކައި ބޮޑުކޮށްގެން އެ ސަރަހައްދުގައި ފްރީޒޯން ހަދައި އިންޓަނޭޝަލް ސީފުޑް ހަބެއްގެ އިތުރުން ރޯރޯ ވެހިކަލް ޓާމިނަލެއް ހެދުމަށެވެ. 

"އެކްޓިވިޓީސްތަކެއް ހިންގައިގެން އާމްދަނީ ލިބޭނީ. އެހެންވެ އެއް ކަމަކީ އިންޓަނޭޝަނަލް ސީފުޑް ހަބެއް. އޭރުން ރިސޯޓްތަކަށް ބޭނުންވާ ސީފުޑް އެތަނުން ލިބެން ހުންނާނެ. އަނެއް ކަމަކީ ރޯރޯ ޓާމިނަލް [ވެހިކަލް އެސެމްބަލް ތަނެއް] ހަދަން،" ވަޖީހު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ މީގެ އިތުރުން ޖަޕާނު ފަދަ ދުނިޔޭގެ ސެކަންޑް ހޭންޑް ވެހިކަލް ފޯރުކޮށްދޭ މާކެޓުތަކުން ވެހިކަލް ގެނެސް އެ އެސެމްބަލްކޮށް އެ ބޭނުންވާ މާކެޓުތަކަށް ފޯރުކޮށް ދިނުމުގެ ވަސީލަލް ގާއިމް ކުރަންވެސް ނިންމާފައިވާ ކަމަށެވެ. 

"އެފްރިކާގެ މާކެޓުތަކުގައި ސެކަންޑް ހޭންޑް ވެހިކަލްގެ 20 ބިލިއަން ޑޮލަރުގެ ވެހިކަލް ރޯލްކުރޭ. މި އެއްޗިހިތައް ޖަޕާނުން ގެނެސްގެން އެސެމްބަލްކޮށްފަ ފޮނުވަންވީ. މި ވިސްނުންވެސް އަންނަންވީ. މިކަހަލަ ވާހަކަ ދެއްކީމަ ބުނަނީ ހަމަ ވާހަކައެއް ދައްކާލީއޭ. އެކަމަކު ހަގީގަތަކީ މި ވިސްނުން އައިސްގެން މަސައްކަތް ކުރެވޭނީ،" ވަޖީހު ވިދާޅުވި އެވެ. 

އެފްރިކާއަކީ ޔޫސް ކާރުގެ ބޮޑު މާކެޓެއް

ސެކަން ހޭންޑް ވެހިކަލްއަކީ ދުނިޔޭގެ މާކެޓުތަކުގައި ބޮޑު ޑިމާންޑެއް އޮތް އެއްޗިއްސެވެ. ހާއްސަކޮށް ތަރައްގީ ވަމުން އަންނަ އެފްރިކާގެ ގައުމުތަކުގައި މީގެ މާކެޓު ފުޅަލެވެ. އެފްރިކާއަށް އިމްޕޯޓް ކުރާ ވެހިކަލްގެ 40 ޕަސެންޓަކީ ސެކަންޑް ހޭޑް ވެހިކަލް އެވެ. މިހާރު މި މާކެޓުގެ ސައިޒް 40 ބިލިއަން ޑޮލަރުގައި ހުރިއިރު އަންނަ އަހަރުގެ ނިޔަލަށް މި އަދަދު 60 ބިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ބެލެވެ އެވެ. މި މާކެޓުގައި އޮތް ޑިމާންޑް ފެންނަ އެންމެ ބޮޑު ހިސާބަކީ މިދިޔަ އަހަރުގެ ޖޫން މަހު އެފްރިކާގެ ކެންޔާގެ ޔޫސްޑް ކާރު މާކެޓް ޕްލޭސްއެއް ކަމަށްވާ ޕީޗް ކާސް އާއި ޖަޕާނުގެ ޔުނިވާސިޓީ އޮފް ޓޯކިޔޯ އެޖް ކެޕިޓަލް ޕާޓްނާސް (ޔޫޓީއީސީ) އިސްކޮށް ހުރެގެން ކުރިއަށް ގެންދިޔަ ސީޑް ފަންޑިން ބުރެއްގައި ފަސް މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.