ވިލިމާލޭން ބޮޑަށް ލިބުނީ އާންމު ސާފުތާހިރުކަން ކުޑަކަމުގެ ޝަކުވާ: މިނިސްޓްރީ

މި ޒިޔާރަތުގައި 48 ޕަސެންޓް ގޭބިސީތަކުން ދައުލަތުގެ ހާއްސަ އެހީތެރިކަން ބޭނުން ނުވާކަން ލަހްފާ ފާހަގަކުރެއްވި އެވެ. ނަމަވެސް އެ ގޭބިސީތަކުން ވެސް އާންމު ސާފުތާހިރުކަން ކުޑަކަން ފާހަގަކޮށްފައިވާކަން އޭނާ ވިދާޅުވި އެވެ.

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީގެ ޓީމު ވިލިމާލޭގައި: 454 ގެއަކަށް ވަނީ ޒިޔާރަތް ކޮށްފައި --

ރައްޔިތުންގެ ހާލަތު ދެނެގަނެ، ބޭނުންވޭ އެހީތެރިކަން ފޯރުކޮށްދިނުމަށް ސޯޝަލް އެންޑް ފެމިލީ ޕްރޮޓެކްޝަން މިނިސްޓްރީން ކުރިއަށް ގެންދާ "ހާލު ކިހިނެއް؟" ޕްރޮގްރާމުގައި ވިލިމާލެއަށް ކުރި ޒިޔާރަތުގައި އެންމެ ގިނަ މީހުން ފާހަގަކޮށްފައި ވަނީ އާންމު ސާފުތާހިރުކަން ކުޑަ ކަމުގެ ކަންބޮޑުވުން ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ނައިބް ރައީސް މަރްޔަމް ލަހްފާ ވިދާޅުވީ "ހާލު ކިހިނެއް" ޕްރޮގްރާމުގެ ތެރެއިން ވިލިމާލޭގެ 71 ޕަސެންޓް ގޭބިސީއަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. އެއީ ވިލިމާލޭގެ އާބާދީގެ 454 ގޭބިސީ އެވެ.

ލަހްފާ ވިދާޅުވީ މިޒިޔާރަތުގައި ރައްޔިތުންގެ ފަރާތުން ލިބުނު އެއް ޝަކުވާއަކީ އާންމު ސާފުތާހިރުކަން ކުޑަ ވުމެވެ. އެގޮތުން މަގުމަތީގައި ބުޅާ ގިނަވުމާއި ނުތާހިރުކަން ބޮޑުވުމުގެ މައްސަލަ ފާހަގަކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވަކިން ހާއްސަކޮށް ވިއްސާރަވެއްޖެނަމަ އެކަން ބޮޑުވާކަމަށް ރައްޔިތުންނާ ހަވާލާދީ އޭނާ ވިދާޅުވި އެވެ.

މި ޒިޔާރަތުގައި 48 ޕަސެންޓް ގޭބިސީތަކުން ދައުލަތުގެ ހާއްސަ އެހީތެރިކަން ބޭނުން ނުވާކަން ލަހްފާ ފާހަގަކުރެއްވި އެވެ. ނަމަވެސް އެ ގޭބިސީތަކުން ވެސް އާންމު ސާފުތާހިރުކަން ކުޑަކަން ފާހަގަކޮށްފައިވާކަން އޭނާ ވިދާޅުވި އެވެ. 

މި ޕްރޮގްރާމުގެ ތެރެއިން ވިލިމާލޭގައި ޒިޔާރަތްކުރި ގެތަކުގެ ތެރެއިން 79 ގެއަކުން ބޯހިޔާވަހިކަމުގެ މައްސަލަ ފާހަގަކޮށްފައިވާކަން ވެސް ލަހްފާ ވިދާޅުވި އެވެ. ބައެއް ގޭބިސީތަކުގައި 10 މީހުން އަދި 21 މީހުންނާ ހަމައަށް މީހުން ދިރިއުޅޭ ގެތަކަށް ޒިޔާރަތް ކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ. މި ގެތަކުގެ ތެރެއިން 53 ޕަސެންޓް އާއިލާތަކަކީ ކުލި ދައްކައިގެން އުޅޭ މީހުންނެވެ.

ވިލިމާލޭން ފާހަގަކުރެވުނު އިތުރު ކަންކަމުގެ ތެރޭގައި ލަހްފާ ފާހަގަކުރެއްވީ، ދައުލަތުގެ ސޯޝަލް ޕްރޮޓެކްޝަން ނިޒާމުގެ ތެރެއިން 28 މީހަކަށް އެހީތެރިކަން ނުލިބޭކަމެވެ. އެންސްޕާއާ ވާހަކަ ދައްކައިގައި ބައެއް މީހުންނަށް އެ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، އަންނަ ހަފްތާ ތެރޭގައި ދެން ތިބި މީހުންނަށް އެހީ ހަމަޖެހިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިކަން ބޭނުންވާ ހަތަރު އާއިލާއަކާ ދިމާވި ކަމަށާއި، އޭގެ ތެރެއިން ތިން އާއިލާއަށް މިހާރު އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ލަހްފާ ވިދާޅުވި އެވެ. އަނެއް އާއިލާއަށް ވެސް އެހީ ހަމަޖެހިކަން ދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

މިއީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރާއި އެއްގޮތަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ. މި ޕްރޮގްރާމުގެ ތެރެއިން ރައްޔިތުންގެ ހާލަތު ދެނެގަނެ، ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، އާއިލާތަކުގެ ހާލަތު ރަނގަޅު ކުރުމާއެކު، އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރު ކުރާނެ އެވެ.

މިނިސްޓްރީގެ އަމާޒަކީ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް، ދައުލަތުގެ ހާއްސަ ސަމާލުކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.