ގެންގުޅުނު ސުޕާރި ފޮށްޓަކުން ޑްރަގް ފެނި ތިން އަހަރަށް ޖަލަށް

ހުކުމުގައި ބުނެފައިވަނީ މި ފޮށި އޭނާގެ ހާޒިރުގައި ބަލައި ފާސްކުރިއިރު އޭގެ ތެރެއިން ޑައިމޯފިން ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ. އަދި އޭގައި 0.1508 ގުރާމް ހުރި ކަމަށްވެސް ހުކުމުގައިވެއެވެ.

ކްރިމިނަލް ކޯޓްގެ ނަންބޯޑް

ރިސޯޓެއްގެ ރޫމެއް ތެރޭގައި މަސްތުވާތަކެތި ބޭނުންކުރި މީހަކު ތިން އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ޑައިމޯފިން ބޭނުންކުރުމުގެ ދައުވާ ސާބިތުވެ ހުކުމްކޮށްފައިވަނީ ށ. މިލަންދޫ، ބްލޫހައުސް، ޔޫސުފް ހުސާމްގެ މައްޗަށެވެ.

ކުރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ 2019 ވަނަ އަހަރުގެ މޭ މަހުގެ 18 ވަނަ ދުވަހުގެރޭ 21:45 ހާއިރު، ރ. ހެރަންޓަސް އާރަށް ރިސޯޓުގައި މަސައްކަތް ކިރަމުންދާ މީހަކު މަސްތުވާތަކެތި ގެންގުޅެ ކަމަށް އެ ރިސޯޓުން ފުލުހުންނަށް ރިޕޯޓޫކުރި ކަމަށެވެ. އަދި މި ރިޕޯޓާއި ގުޅިގެން ފުލުހުން އެ ރިސޯޓަށް ގޮސް، އެތަނުގެ ސެކިއުރިޓީ ރޫމަށް ވަތްއިރު، ހުސާމް ރަސްލީ ބްރޭޑުގެ ސުޕާރި ފޮށްޓެއް ހިފައިގެން އެ ކޮޓަރިތެރޭގައި ހުރި ކަމަށެވެ.

ހުކުމުގައި ބުނެފައިވަނީ މި ފޮށި އޭނާގެ ހާޒިރުގައި ބަލައި ފާސްކުރިއިރު އޭގެ ތެރެއިން ޑައިމޯފިން ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ. އަދި އޭގައި 0.1508 ގުރާމް ހުރި ކަމަށްވެސް ހުކުމުގައިވެއެވެ.

މި މައްސަލައިގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލު ކުރުމުން މީނާ އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށް އިއުތިރާފުވެފައިވާ ކަމަށާއި އެހެން ކަމުން ޑައިމޯފިން ބޭނުންކުރުމުގެ ދައުވާ އޭނާ އަށް ކުރެވޭނެ ކަމަށް ހުކުމުގައިވަނީ ބުނެފައެވެ.

ދައުލަތުން ހުސާމްގެ މައްޗަށް ކުޅަ ޑައިމޯފިން ބޭނުންކުރުމުގެ ދައުވާއަށް އޭނާ ވަނީ އިންކާރުކޮށްފައެވެ. އެހެން ނަމަވެސް މި ދައުވާ ސާބިތުކުރުމަށް ދައުލަތުން ވަނީ ގިނަ ހެކިތަކެއް ހުށަހަޅާފައެވެ. އެގޮތުން 12 ހެކި ދައުލަތުން ވަނީ ހުށަހަޅާފައެވެ. އަދި ހުސާމްގެ ފަރާތުން ދިފާއުގައި ބަންގްލަދޭޝް ރައްޔިތެއްގެ ބަޔާން ހުށަހެޅިއެވެ.

އެހެން ނަމަވެސް ހެކިބަސް ނެގުމުގެ އަޑުއެހުމުގައި ހުސާމް ވަނީ އޭނާ ކުރި ކުށަށް އިއުތިރާފްވެފައެވެ. އަދި މިއީ ސައްހަ އަދި ފުރިހަ އިއުތުރާފެއްކަން، ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅާފައެވެ. އެހެން ކަމުން އޭނާ އަށް އަންނާނެ އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ހުސާމް ވަނީ އަދަބު ކަނޑައެޅުމުގެ ގާނޫނުގެ ދަށުން، މި ކުށަށް ދެވެން އޮތް އެންމެ ކުޑަ އަދަބެއް ދިނުމަށް ކޯޓުގައި އެދިފައެވެ.

މަސްތުވާތަކެއްޗާބެހޭ ގާނުނު ބުނާގޮތުން މި ކުށަށް ދެވޭނެ އެންމެ ކުޑަ އަދަބަކީ ތިން އަހަރަށް ޖަލަށްލުމެވެ. އެހެންކަމުން ހުސާމް ތިން އަހަރުދުވަހަށް ޖަލަށްލާން ކުރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ވަނީ ހުކުމްކޮށްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.