އުދަ އަރައި ދިގުރަށް ދޮވެލައިފި، ގެއްލުންތަކެއްވި

އުދައިގެ ސަބަނުން ދިގު ރަށުގެ ބައެއް ގޭގެއަށް ލޮނު ގަނޑު ދެމިގަތެވެ. އަދި އޭގެ ސަބަބު އެފަދަ ބަައެއް ގޭގެ ހުސް ކުރަން ޖެހުނު އިރު ހިފާ ގެންގުޅޭ ސާމާނަށް ގެއްލުންވި އެވެ.

ދިގު ރަށަށް ރާޅު އަރަނީ: އެ ރަށަށް ވަނީ ގެއްލުންތައްވެފައި

ހުޅަނގުގެ މޫސުމުގެ ބާރު ގަދަވެ ބައެއް ރަށްރަށަށް އުދަ އަރާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ފޯކާސްޓް ކޮށްފައި އޮއްވާ އދ. އަތޮޅުގެ ދިގުރަށަށް އުދަ އަރައި އެ ރަށަށް "ދޮވެލައި" ފި އެވެ. އޭގެ ސަބަބުން ދިގު ރަށަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވެސް ވެފަ އެވެ.

ދިގުރަށަށް އުދައިގެ އުސް ރާޅުތައް އެރާން ފެށީ ރޭގަ އެވެ. އަދި ބޮޑެތި ރާޅު އަރައި ރަށް "ދޮވެލީ" ދަންވަރު 1:00 ވެސް ޖަހައި ބޮޑުވި ފަހުންނެވެ.

ދިގުރަށަށް އެރި އުދައިގެ ވިޑިއޯއެއް ހިމަނައި މީހަކު ކުރި ޓްވީޓެއް

އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނާ ގޮތުގައި މެންދަމުން އަލިވި އިރު ވެސް އެރަށަށް ރޭ ރާޅު އަރުވާފައި އެވެ. އަދި އެރަށުގެ ބައެއް މީހުން ބުނާ ގޮތުން އެ ރަށަށް ރޭ އަރާފައި ވަނީ މީއިން ޒަމާނަކު ވެސް ނާރާ ވަރުގެ ބޮޑެތި ރާޅެވެ. އެ ރަށުގެ ބައެއް މީހުން ބުނާ ގޮތުން ރޭ މެންދަމު އެ ރަށަށް އެރި އުދައަކީ އާދަޔާ ހިލާފު ކަމެކެވެ. އެއީ 2004 ވަނަ އަހަރުގެ ސުނާމީގައި ވެސް އެ ރަށަށް އެ ވަރުގެ ބޮޑެތި ރާޅު ބައެކެވެ. އޭގެ ބައެއް ރާޅުގައި 15 ފޫޓު ހުންނާނެ ކަމަށް އެރަށު މީހުން ބުނެއެވެ.

އެ ރަށުން އެހެން ބުނި ނަމަވެސް މިހާރު ބޮޑު ދިޔައިގައި ރާޅުގެ އުސް މިން ހުންނާނީ ހަތް ފޫޓުގަ އެވެ. މެދު ދިޔައިގައި ރާޅު ހުންނަނީ ހަ ފޫޓުގަ އެވެ.

އުދަ އަރައި ދިގުރަށުން ބައެއް ދޮވެލާފައި -- ދިގުރަށު ކައުންސިލް

އުދައިގެ ސަބަނުން ދިގު ރަށުގެ ބައެއް ގޭގެއަށް ލޮނު ގަނޑު ދެމިގަތެވެ. އަދި އޭގެ ސަބަބު އެފަދަ ބަައެއް ގޭގެ ހުސް ކުރަން ޖެހުނު އިރު ހިފާ ގެންގުޅޭ ސާމާނަށް ގެއްލުންވި އެވެ. އަދި އެރަށަށް އެރި އުދައާއެކު އޮޑިދޯނިފަހަރާއި ގަސްގަހާގެއްސަށް ވެސް ގެއްލުންވެފައި ވެއެވެ. އެ ގެއްލުންތަކުގެ ތަފުސީލު މުޅީން ސާފެއް ނުވެއެވެ. ދިގުރަށަކީ ކުރީން ވެސް ހުޅަނގުގައި އުދަ އަރާ ރަށެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.