"ދޭދަރު ރުއިން" ގެ މުހިންމު ރޯލުތަކުން ފެންނާނީ ޝަރަފު އަބްދުﷲ އާއި މައިހާ އާދަމާއި ހާފިޒް މުހައްމަދުގެ އިތުރުން މޫސާ ރަޝީދާއި ޝުޝްމާ އެވެ.
ފިލްމުގެ ނަމާއި ޓީޒާ މިހާރު ވަނީ ދައްކާލާފަ އެވެ. އައި ފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލް އިން ދެން ގެނެސްދޭނީ "ދޭދަރު ރުއިން" ގެ ނަމުގައި ގެނެސްދޭ ފިލްމެކެވެ.
ފިލްމު އޮލިމްޕަހަށް އަންނާނީ ނޮވެންބަރު 20 ވަނަ ދުވަހު އެވެ. ފިލްމު ޑައިރެކްޓް ކުރާނީ އައްޒާމް އެވެ. މިއީ އައްޒާމްގެ ފުރަތަމަ ޑައިރެކްޝަނެވެ. ފިލްމުގެ ޕްރޮޑިއުސަރުންނަކީ އައި ފިލްމުގެ ރީތި ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރު އިލްޔާސް ވަހީދާއި ސިމްބެ އެވެ.
"ދޭދަރު ރުއިން" ގެ މުހިންމު ރޯލުތަކުން ފެންނާނީ ޝަރަފު އަބްދުﷲ އާއި މައިހާ އާދަމާއި ހާފިޒް މުހައްމަދުގެ އިތުރުން މޫސާ ރަޝީދާއި ޝުޝްމާ އެވެ. ޝުޝްމާ އަކީ ނޭޕާލް މީހެކެވެ.
މިއީ އެކްޝަން ފިލްމެއް ކަމަށް ބެލެވެ އެވެ. ޓީޒާ އިން ބެލެވެނީ އެގޮތަށެވެ.