މަސްތުވާތަކެތި ހުރި 76 ރަބަރު ޕެކެޓު ހޯދައި ހަތަރު މީހަކު ހައްޔަރުކޮށްފި

އެ އެޕާޓުމެންޓު ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމުގައި ބެލެވޭ އެއްޗެއް ހުރި 76 ރަބަރު ޕެކެޓު ހޯދުނެވެ. އަދި މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ ބައެއް ތަކެތި ފެނިފައިވެ އެވެ.

ހުޅުމާލެއިން ޑްރަގާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދުކުރި ދެ މީހުން، ފޮޓޯ: ފުލުހުން

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭގެ އެޕާޓުމެންޓެއް ބަލައިފާސްކޮށް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 76 ރަބަރު ޕެކެޓު ހޯދައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ. 

ފުލުހުން ބުނި ގޮތުގައި އެ އެޕާޓުމެންޓު ބަލައިފާސްކުރީ އެތަނުގައި މަސްތުވާތަކެތި ވިއްކަައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވިގެންނެވެ. ސެޕްޓެންބަރު 12 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނަކީ ފުލުހުންގެ ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސްއާއި ޑްރަގް އެންފޯސްމެންޓު ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. 

އެ އެޕާޓުމެންޓު ބަލައިފާސްކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެ އެޕާޓުމެންޓު ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމުގައި ބެލެވޭ އެއްޗެއް ހުރި 76 ރަބަރު ޕެކެޓު ހޯދުނެވެ. އަދި މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ ބައެއް ތަކެތި ފެނިފައިވެ އެވެ. 

މި މައްސަލާގައި ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެއިން އެކަކު ޝަރުތުތަކާއެކު ދޫކޮށްލާފައިވެ އެވެ. 

އެ މައްސަލާގއި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން އުމުރުން 43 އަހަރުގެ ފިރިހެނަކާއި އުމުރުން 27 އަހަރުގެ އަންހެނެއް ޝަރުތުތަކެއް ކޮށް ކޯޓުންވަނީ ދޫކޮށްލާފަ އެވެ. 

ހައްޔަރުކުރި މީހުންގެ ތެރެއިން ވ. ފައިވްފްލާވަރ، އަޙްމަދު އަފްރާޙް (44އ) އާއި ހުޅުމާލެ، ފްލެޓް ނަންބަރު 04-ޖީ-10، ޢަލީ ޢަބްދުﷲ (48އ) 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބައިތިއްބަން ކޯޓުންވަނީ އަމުރުކޮށްފަ އެވެ. 

ފުލުހުން ބުނީ ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓުން އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.