ކޮންގުރެސްއަށް މެންބަރުން އިތުރުކުރުމުގެ ބޮޑު ހަރަކާތް ތިން ސިޓީއެއްގައި

އެ ހަރަކާތަކީ އެމަނިކުފާނުގެ އިރުޝާދުފުޅުގެ ދަށުން ކޮންގުރެސްއަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ހެދުމަށްޓަކައި ފަށާފައިވާ މަސައްކަތެކެވެ.

ކޮންގުރެސް ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ ހރަކާތުގެ ތެރެއިން، ފޮޓޯ: ޕީއެންސީ

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސްއަށް މެންބަރުން އިތުރުކުރުމުގެ ހަރަކާތް ވެރިކަންކުރާ ސިޓީ މާލެއާއި ދެކުނުގެ އައްޑޫ ސިޓީއާއި އުތުރުން ކުޅުދުއްފުށީ ސިޓީގައި ފަށައިފި އެވެ. 

ކޮންގުރެެސް ޕާޓީގެ މެންބާޝިޕު އިތުރުކުރުމުގެ ހާއްސަ ހަރަކާތްތަކެއް ފަށާފައިވަނީ އެ ޕާޓީއަށް ބައިލައްކަ މެންބަރުން ހަމަކުރައްވަން ބޭނުންފުޅުވާކަން ރައީސުލްޖުމްހޫރިއްޔާ އަދި އެ ޕާޓީގެ ރައީސް، ރައީސް ޑރ.މުހައްމަދު މުއިއްޒު އިއުލާނުކުރައްވާފައިވަނިކޮށެވެ. 

އެ ހަރަކާތަކީ އެމަނިކުފާނުގެ އިރުޝާދުފުޅުގެ ދަށުން ކޮންގުރެސްއަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ހެދުމަށްޓަކައި ފަށާފައިވާ މަސައްކަތެކެވެ. 

މިއަދު މާލެ ސިޓީގައި މެންބަރުން އިތުރުކުރުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މައްޗަންގޮޅިއާއި ގަލޮޅަށް އަމާޒުކޮށްގެންނެވެ. އެ ހަރަކާތުގައި މާލޭގެ ދާއިރާތައް ތަމްސީލުކުރައްވާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ޕާޓީގެ ލީޑާޝިޕުގެ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެ އެވެ. 

އައްޑޫ ސިޓީގައި މެންބަރުން އިތުރުކުރުމުގެ މަސައްކަތްތަކުގައި ޕާޓީގެ ނައިބުރައީސް އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ކޮންގުރެސް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ އައްޑޫގެ ދާއިރާތައް ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. 

ކުޅުދުއްފުށީގައި ކޮންގުރެސްއަށް މެންބަރުން އިތުރުކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތްތަކުގައި އިސްކޮށް ހުންނެވީ އެ ޕާޓީގެ ނައިބުރައީސް އަދި ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާ އެވެ. އެ ހަރަކާތްތަކުގައި ކުޅުދުއްފުށީގެ ދާއިރާތައް ތަމްސީލުކުރައްވާ ޕީއެންސީގެ މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގަތެވެ. 

ޕީއެންސީން ބުނެފައިވަނީ އެ ޕާޓީގެ މެންބަރުންގެ އަދަދު ވަރަށް އަވަހަށް ބައިލައްކަ ފަހަނައަޅައި އިތުރުވާނެ ކަމަށެވެ. އަދި ކޮންގުރެސްގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެފައިވަނީ މި އަހަރުގެ ނޮވެންބަރުގެ ނިޔަލަށް 75،000 މެންބަރުން ޕާޓީއަށް ހަމަވާނެ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.