ކޮފީގެ އަގު ބޮޑުވެ އިޓަލީ މީހުން ބިރާއި ސިހުމެއްގެ ތެރެއަށް

ނިއުޔޯކުގައި އަރަބިކާ ކޮފީގެ ފިއުޗާސް އަގު 2.49 ޑޮލަރަށް މިހަފުތާގައި އުފުލުނުއިރު ލަންޑަނރުގައި އެއް ޓަނު ކޮފީގެ އަގު 5،000 ޑޮލަރަށް އުފުލިފައިވެ އެވެ. އެއީ ނިމުނު އަހަރަށްވުރެ ދެގުނަ ބޮޑު އަގެކެވެ.

ދުނިޔޭގެ ބާޒާރުގައި ކޮފީގެ އަގު އުފުލެން ފެށުމާއެކު އަގުހެޔޮކޮށް ލިބުނު އެސްޕްރެސޯތަކުގެ އަގު ބޮޑުވުމުގެ ފުރުސަތު އޮތުމުން އިޓަލީގެ އާންމުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ. 

އިޓަލީއަކީ ނިސްބަތުން ކޮފީ އެންމެ އަގުހެޔޮ އެއް ގައުމެވެ. އަދި އެންމެ ގިނައިން ކޮފީ ބޯ އެއް ބަޔަކީވެސް އިޓަލީ މީހުންނެވެ. ކޮފީގެ އަގަކީ އެއް ދުވަސްވަރެއްގައި އިޓަލީ ސަަރުކާރުން ބަލަހައްޓައި ރެގިއުލޭޓުކުރަމުން ދިޔަ ކަމެއްވެސްމެ އެވެ. 

އިޓަލީގައި އެސްޕްރެސޯގެ ކޮލިޓީ ޔަގީންކޮށް ސެޓިފައިކުރާ އިޓަލިއަން އެސްޕްރެސޯ އިންސްޓިޓޫޓްގެ ރައީސް ލުއީގީ މޮރެލޯ ވިދާޅުވީ އެސްޕްރެސޯގެ އަގު އުފުލުމާމެދު އިޓަލީގެ ހުރިހާ ރައްޔިތުންވެސް ކަަންބޮޑުވެ ހާސްވަމުންދާ ކަމަށެވެ. 

ޔޫރަޕުގައިވެސް އެންމެ ކޮފީ އަގުހެޔޮ ގައުމަކީ އިޓަލީއެވެ. އެސްޕްރެސޯ ޝޮޓެއް އިޓަލީގއި 1.20 ޔޫރޯއަށް ލިބެ އެވެ. އަދި ކަޕަޗީނޯއެއް 1.50 ޔޫރޯއަށް އިޓަލީގެ ކޮފީ ބާތަކުން ލިބެ އވެ. 

ކޮފީގެ އަގުހެޔޮވުމުގެ ސަބަބުން އިޓަލީ މީހުންނާއި އެ ގައުމަށް ޒިޔާރަތްކުރާ ގިނަ ބަޔަކު ގިނަ އަދަދަކަށް ކޮފީ ގަނެ އެވެ. އެގޮތުން ކޮންޒިއުމާ އެސޯސިއޭޝަނެއް ކަމުގައިވާ އަސޯޓެންޓީން އަންދާޒާކުރާ ގޮތުގައި އަހަރެއްގެ މައްޗަށް ހަ ބިލިއަން ކޮފީ އިޓަލީގައި ވިކެ އެވެ. އަދި ކޮފީގެ ވިޔަފާރިން ހަތް ބިލިއަން ޔޫރޯގެ އާމުދަނީއެއް އެ ވިޔަފާރިކުރާ ފަރާތްތަކަށް ލިބެ އެވެ. 

ނަމަވެސް ދުނިޔޭގެ ކޮފީ ސަޕްލައި ޗެއިނަށް އެރި ލޮޅުންތަކުގެ ސަބަބުން އިޓަލީގައި އެސްޕްރެސޯ ޝޮޓެއްގެ އަގު ދެ ޔޫރޯއަށް އުފުލުމަކީ އެކަަށީގެންވާ ކަމެއްކަމަށް އިގުތިސާދީ މާހިރުން އަންދާޒާކުރައްވަ އެވެ. އެ އަގަކީ ދުނިޔޭގެ ބޮޑެތި ބައެއް ސިޓީތަކުގައި ކޮފީ ވިއްކާ އަގަށްވުރެ ކުޑަ އަަގަކަށްވީ ނަމަވެސް އެއީ އިޓަލީގައި އެއީ  ވަރަށް ބޮޑު އަގެކެވެ. 

އެސޮޓެންޓީގެ ރައީސް ގެބްރިއެލް މެލޫސޯ ވިދާޅުވީ ކޮފީގެ އަގު މިހާރަށްވުރެ ބޮޑުވެއްޖެނަމަ ކެފޭތަކުގެ ވިޔަފާރިއަށް ނޭދެވޭ އަސަރުކުރާނެ ކަމަށެވެ. އަދި ކޮފީ ބާތަކުން ކޮފީ ގަތުމުގެ ބަދަލުގައި ކޮވިޑުގެ ތެރޭގައި ގޭގެއަށް ކޮފީ މެޝިނު ގަތް މީހުން މުޅިން ގެއިން ކޮފީ ބޯން ފަށާނެ ކަމުގައި އޭނާ ވިދާޅުވި އެވެ. 

ނަމަވެސް ބަރިސްޓާ އެސޯސިއޭޝަންތަކުން ބުނެފައިވަނީ ކޮފީގެ އަގުތައް ބޮޑުކުރުން ނޫން ގޮތެއް މިހާރު ނެތް ކަމަށެވެ. އެމީހުން ފާހަގަކުރި ގޮތުގައި ކޮފީ ސޭލްސްއަކީ އެމީހުންގެ ކެފޭތަކުގެ މުޅި ސޭލްސްގެ 30 އިންސައްތައަށްވުރެ ބޮޑު ނިސްބަތެއް ހިއްސާކުރާ ވިޔަފާރި އެވެ. 

ދުނިޔޭގެ ބާޒާރުގައި ކޮފީގެ އަގު އަންނަނީ ވަރަށް ބޮޑަށް އުފުލެމުންނެވެ. އެގޮތުން ނިއުޔޯކުގައި އަރަބިކާ ކޮފީގެ ފިއުޗާސް އަގު 2.49 ޑޮލަރަށް މިހަފުތާގައި އުފުލުނުއިރު ލަންޑަނރުގައި އެއް ޓަނު ކޮފީގެ އަގު 5،000 ޑޮލަރަށް އުފުލިފައިވެ އެވެ. އެއީ ނިމުނު އަހަރަށްވުރެ ދެގުނަ ބޮޑު އަގެކެވެ. 

ކޯފީ ރޯސްޓުކުރާ ތަންތަނުން ކޮފީގެ އަގު މިހާރުވެސް ބޮޑުކޮށްފައިވެ އެވެ. ލަވާޒާގރ ރައީސް ގުސިޕޭ ލަވާޒާ ވިދާޅުވީ އެ ކުންފުނިން ވިއްކާ ކޮފީގެ އަގު މި އަހަރު އިތުރަށް ބޮޑުކުރަންޖެހިދާނެ ކަމަށެވެ. އިލީކެއްފޭގެ ސީއޯ ކްރިސްޓިނާ ސޯޗިއާވެސް ފާއިތުވި މަހުއްސުރެ ގެންދަވަނީ ކޮފީގެ އަގު ބޮޑުކުރަންޖެހޭނެކަން ފާހަގަކުރައްވަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.