އާރަށު މައްސަލައިގެ އަޑުއެހުން ހޯމަ ދުވަހަށް ތާވަލުކޮށްފި

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވަނީ އެ މައްސަލައިގެ އަޑުއެހުންތައް ހުޅުވާލައިގެން ވަގުތުން ދުރަށް ދައްކާ ގޮތަށް ކުރިއަށްގެންދިއުމަށެވެ.

ރައީސް ޔާމީން ހައިކޯޓު ކުރިމަތީ ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- މި

ވ.އާރަށް ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް އަންނަ ހޯމަދުވަހު ބޭއްވުމަށް ތާވަލުކޮށްފި އެވެ. 

އާރަށު މައްސަލައަކީ ކުރިން ކުރިމިނަލް ކޯޓުން ބަލައި ހުކުމް ކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން އިސްތިއުނާފުކުރައްވައި އެ ހުކުމް ބާތިލުކުރި މައްސަލައެކެވެ. އެއިރު އެމަނިކުފާނުގެ މައްޗަށް އިއްވީ 11 އަހަރުގެ ޖަލު ހުކުމެކެވެ. އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިނުގަތީ އެ ހުކުމް އިއްވާފައި އޮތުމުންނެވެ. 

އެ ހުކުމް ބާތިލުކުރުމަށް ހައިކޯޓުން ނިންމާފައިވަނީ އެ ހުކުމުގައި ގިނަ ގޯސްތަކެއް ހަދާފައިވާކަން ފާހަގަކޮށެވެ. އެގޮތުން އެ މައްސަލައިގެ މެދުތެރެއިން ދިފާއީ ހެކިވެރިންގެ ހެކިބަހަށް ތައުނުކުރުމަށް ކަމުގައި ބުނެ ދައުލަތުން އަލަށް ހުށަހެޅި "ސަޕްރައިޒް އެވިޑެންސް" ބަލައިގުމަށް ނިންމާފައިވަނީ އެފަދަ ހެކި ބަލައިގަތުމާ ގުޅޭ އެއްވެސް އިޖުރާއާތެއް ޖިނާއީ އިޖުރާއާތުގައި ނެތީސްކަން ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

އަދި އެހެކިތައް ބަލައިގަތުމަށް ކުރިމިނަލް ކޯޓުގެ ނިންމުމުގައި ހަވާލާދީފައިވާ މާއްދާައަކީ އެފަދަ ހެކިބަސް ބަލައިގަތުމަށް ބޭނުންކުރެވިދާނެ މާއްދާއެއްކަމަށް ނުދެކޭކަމަށްވެސް ހައިކޯޓުން ފާހަގަކުރިއެވެ. އެ މާއްދާއަށް ބާރުދިނުމަށް ހަވާލާދީފައިވާ ބޭރުގެ ޤަޟިއްޔާތައް އެ މާއްދާއާއި އަދި މައްސަލައާ ގުޅޭ ގޮތެއްވެސް ދަށު ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިނުވާކަމަށާއި، އެ ހެކިތައް ބަލައިގަތީ ހެކިތައް ބަލައިގަތުމާމެދު ވާހަކަދެއްކުމުގެ ފުރުސަތުވެސް ދިފާއަށް ނުދީކަން ހައިކޯޓުން ފާހަގަކުރި އެވެ.

ހެކި ބަލައިގަތުމުގެ އިތުރަށް ދައުވާކުރި މާއްދާގެ ދަށުން ސާބިތުކުރަންޖެހޭ ކުށުގެ އުންސުރުތައް އެކަށީގެންވާ މިންވަރަށް ސާބިތުކޮށްދެވިފައިނުވާކަން ހައިކޯޓުން ފާހަގަކުރިއެވެ. އެގޮތުން ރަސްމީ ހައިސިއްޔަތާ ގުޅޭ ގޮތުން ޔޫސުފު ނައީމުގެ ފަރާތްޕުޅުން ދަށު ކޯޓުގައި ފާހަގަކުރި ނުކުތާތަކަށް ރިއާޔަތްކޮށްފައިނުވާކަން ފާހަގަކުރި އެވެ.

އަދި ރިޝްވަތު ދިނުމުގެ ކުށުގެ މާނަވީ ރުކުންކަމަށްވާ އެނގިހުރުމުގެ ރުކުނާ ގުޅިގެން ދަށު ކޯޓުގައި ދިފާއުން ފާހަގަކުރި އެއްވެސް ކަމަކަށް ހުކުމުގައި އަލިއަޅުވާލާފައިނުވުމަކީވެސް ދަށު ކޯޓުގެ ފަނޑިޔާރު ހެދި ގޯހެއްކަމަށް ފާހަގަކޮށްފައިވެ އެވެ.

އެ މައްސަލާގައި ދަށު ކޯޓުގެ މަރުހަލާގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ފާހަގަކޮށް އެ މައްސަލަ އަލުން ކުރިމިނަލް ކޯޓުން ބެލުމަށް އެ ކޯޓަށް ތަހުވީލުކުރުމަށް ހައިކޯޓުން ނިންމާފައިވެ އެވެ. އެ މައްސަލަ ހައިކޯޓަށް ތަހުވީލުކުރުމުން އެ ކޯޓުގައި މިހާރު މައްސަލއިގެ އަޑައެހުންތައްވަނީ ފަށާފަ އެވެ. 

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވަނީ އެ މައްސަލައިގެ އަޑުއެހުންތައް ހުޅުވާލައިގެން ވަގުތުން ދުރަށް ދައްކާ ގޮތަށް ކުރިއަށްގެންދިއުމަށެވެ. މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމުވަނީ މައްސަލަ ވަގުތުން ދުރަށް ދެއްކުމަށް ނިންމަވާފަ އެވެ. 

ކުރިމިނަލް ކޯޓުގެ ޝެޑިއުލުން ދައްކާ ގޮތުގައި އެ މަައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ ހޯމަދުވަހު އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.