ވެލިދޫން 1.5 ކިލޯ ޑުރަގާއެކު ހަތް މީހަކު ހައްޔަރުކޮށްފި

ވެލިދޫގައި ފުލުހުން ހިންގި އޮޕަރޭޝަނުގެ ތެރެއިން ހައްޔަރުކުރީ ޖުމްލަ ހަތް މީހުންނެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ކަނޑައަޅަން ގެންދިއުމުން އެކަކު ފިޔަވައި އެންމެން ބަންދުގައި ބައިތިއްބަން ކޯޓުން އަމުރުކޮށްފައިވެ އެވެ.

ވެލިދޫގައި ހިންގި ޑްރަގް އޮޕަރޭޝަނުގައި ހައްޔަރުކޮށް ބަންދުކުރި ހަ މީހުން، ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާވިސް

ނ.ވެލިދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބައެއް ގޭގެ ބަލައިފާސްކޮށް 1.5 ކިލޯގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ހޯދައި، ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ. 

ފުލުހުން ބުނި ގޮތުގައި މި އޮޕަރޭޝަން ހިންގާފައިވަނީ ސެޕްޓެންބަރު 12 ވަނަ ދުވަހު އެވެ. އެ އޮޕަރޭޝަނުގެ ތެރެއިން ވެލިދޫގެ ބައެއް ގެތައް ފުލުހުން ބަލައިފާސްކުރި އެވެ. އަދި އެގެތަކުން 1،547.44 ގުރާމުގެ ބަރުދަން ހުރި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެ އެވެ. 

މަސްތުވާތަކެތީގެ އިތުރަށް އެ އޮޕަރޭޝަނުގެ ތެރެއިން 50،000 ރުފިޔާއަށްވުރެ ގިނަ ރުފިޔާއާއި ޑޮލަރު ފެނުނުކަމަށްވެސް ފުލުހުންގެ ހިދުމަތުން މައުލޫމާތު ދިނެވެ. 

ވެލިދޫގައި ފުލުހުން ހިންގި އޮޕަރޭޝަނުގެ ތެރެއިން ހައްޔަރުކުރީ ޖުމްލަ ހަތް މީހުންނެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ކަނޑައަޅަން ގެންދިއުމުން އެކަކު ފިޔަވައި އެންމެން ބަންދުގައި ބައިތިއްބަން ކޯޓުން އަމުރުކޮށްފައިވެ އެވެ. 

ހައްޔަރުކުރި މީހުން

  •  އަހުމަދު އަަރުޝަދު (35 އ) ހުދުފިނިފެންމާގެ، ނ.ވެލިދޫ
  •  އަބްދުﷲ ނިޝާދު (26 އ) ކޮކްނެޓްވިލާ ނ.ވެލިދޫ
  •  އަހްމަދު ނައުޝާދު (28 އ) ކޮނެޓްވިލާ، ނ.ވެލިދޫ
  •  އަހްމަދު އސީމް (26 އ) ހެޕީސައިޑް، ނ.ވެލިދޫ
  •  އަލީ ރަޝީދު (30 އ) ހިކިފިނިފެންމާގެ، ނ.ވެލިދޫ
  •  މުހައްމަދު މާއިދު (28 އ) ނެދުންގެ، ނ.ވެލިދޫ

މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން ދޫކޮށްލި މީހާ ފިޔަވައި، ބާކީތިބި ހަ މީހުންގެ ތެރެއިން އެކަކު އަށް ދުވަހަށް ބަންދުކުރަން އަދި ބާކީ ތިބި ފަސް މީހުން ފަސް ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވެ އެވެ. ފުލުހުން ބުނީ ހައްޔަރުކުރި މީހުންގެ އިތުރުން ބައެއް މީހުން މި އޮޕަރޭޝަނުގައި ބަލައި ފާސްކުރި ކަމަށެވެ. 

މި މައްސަލާގައި ބަންދުކުރި ހަ މީހުންގެ ތެރެއިން އަށް ދުވަހަށް ބަންދުކުރީ ނ.ވެލިދޫ ހުދުފިނިފެންމާގޭ އަހްމަދު އަރުޝަދެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.