ދިވެހި އެތުލީޓުން ހޯދި ކާމިޔާބީ ފާހަގަކުރައްވައި ރައީސް ތާރީފުކުރައްވައިފި

"ދިވެހި ޒުވާން އެތުލީޓުން ބްރޯންޒް މެޑަލް ހާސިލްކޮށް، ގައުމަށް ހޯދައިދިން ރީތިނަމާ، ދެއްކި ހުނަރާއި ހިތްވަރަށް ފަހުރުވެރިވެ، ސާބަހާއި މަރުހަބާ ދަންނަވަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ބްރޮންޒް މެޑަލް ހާސިލުކުރި ދިވެހި އެތުލީޓުން، ފޮޓޯޅ އެކްސް

ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ބްރޮންޒް މެޑަލް ހާސިލުކުރި ދިވެހި އެތުލީޓުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތާރީފުކުރައްވައި މަރުހަބާ ވިދާޅުވެއްޖެ އެވެ. 

ރޭ އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ބްރޯންޒް މެޑަލް ހޯދި އެތުލީޓުން ދިވެހިރާއްޖެއަށް ހޯދައިދިނީ ރީތި ނަމެއް ކމަށެވެ. އަދި އެ އެތުލީޓުން މުބާރާތުގައި ދެއްކި ހުނަރާއި ހިތްވަރާމެދު ފަހުރުވެރިވެވަޑައިގަންނަވާކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

ދިވެހި ޒުވާން އެތުލީޓުން ބްރޯންޒް މެޑަލް ހާސިލްކޮށް، ގައުމަށް ހޯދައިދިން ރީތިނަމާ، ދެއްކި ހުނަރާއި ހިތްވަރަށް ފަހުރުވެރިވެ، ސާބަހާއި މަރުހަބާ ދަންނަވަން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

އެއާއެކު ރައީސްވަނީ އެ ކުޅުންތެރިންނަށް ސާބަސް ދެއްވައި މަރުހަބާ ވިދާޅުވެފަ އެވެ. 

ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ބައިވެރިވި ދިވެހި އެތުލީޓުންވަނީ 100 މީޓަރު ރެލީގެ ގައުމީ ރެކޯޑުތައް އައުކޮށްފަ އެވެ. އޭގެ ތެރޭގައި އަންހެން އަދި ފިރިހެން އެތުލީޓުން ހިމެނެ އެވެ. 

އިންޑިޔާގެ ޗެންނާއީގައި ކުރިއަށް ދިޔަ ހަތަރުވަނަ ސައުތު އޭޝިޔަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ރާއްޖެއިން 16 އެތުލީޓުން ވާދަކުރި އެވެ. އެއީ އަށް އަންހެން އެތުލީޓުންނާއި އަށް ފިރިހެން އެތުލީޓުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.