ޔޫރަޕުގެ ތިން ގައުމު އެއް ލައްކާގަ | ޖުމްލަ އަދަދު 1.4 މިލިއަނަށް

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި ޓޫރިޒަމުން ޖޫން މަހު 213.57 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނަމަވެސް ޖުލައި މަހު ވަނީ 274.11 އަށް އިތުރުވެފަ އެވެ.

ރަށަކަށް ދިޔަ ޓޫރިސްޓުންތަކެއް : ޓޫރިސްޓު ނަމްބަރު އިތުރުވޭ -- މި

ރާއްޖެއަށް ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރޭން ޔޫރަޕުގެ ތިން ގައުމަކުން އަންނަ ޓޫރިސްޓުންގެ އަދަދު އެއް ލައްކަ ފަހަނަ އަޅާ ގޮސްފައިވާއިރު ޖުމްލަ ޓޫރިސްޓުންގެ އަދަދު 1.4 މިލިއަން ފަހަނަ އަޅައިފި އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި މިހާރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 1.4 މިލިއަން ފަހަނަ އަޅާފައިވާއިރު ޖުމްލަ ޓޫރިޒަމަށް 10 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވެ އެވެ. މިމަހުގެ 11 ވަނަ ދުވަހަށް ނެރުފައިވާ ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގެ ނިޔަލަށް އައިސްފައިވަނި 1.2 މިލިއަން ޓޫރިސްޓުންނެވެ. 

މިހާރު ރާއްޖެއަށް އެއްވެޖުކޮށް ދުވާލެއްގެ މައްޗަށް 5،000 ޓޫރިސްޓުން އަންނަ ކަމަށް ދައްކަ އެވެ. އެހެންވެ މި އަދަދުން ބަލާނަމަ މި އަހަރުގެ ޑިސެމްބަރު މެދުތެރޭގައި ރާއްޖެއަށް ދެ މިލިއަން ވަނަ ޓޫރިސްޓު އަންނާނެ އެވެ. އަދި މިހާރު ޓޫރިޒަމް ޓްރެންޑް ހުރިގޮތުން ޔޫރަޕުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވަމުންދާ ކަމަށް ދައްކަ އެވެ. އެގޮތުން ރަޝިއާ ފިޔަވައި ޔޫކޭ އާއި އިޓަލީން އައި ޓޫރިސްޓުންގެ އަދަދުވެސް ވަނީ މަތި ވެގެން ގޮސްފަ އެވެ. 

ޓޫރިޒަމުން ލިބޭ އާމްދަނީ އިތުރުވޭ

ޓޫރިސްޓުންގެ ނަމްބަރު މަތިވަމުންދާއިރު ބެޑްނައިޓްސް ވެސް އިތުރުވަމުންދާކަމަށް ދައްކަ އެވެ. ދައުލަތުގެ ސަރުކާރުގެ ރަސްމީ ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި އެޕްރީލް މަހާ ހަމަށް ރާއްޖޭޭގައި ޓޫރިސްޓުން ހޭދަކުރި މުއްދަތުގެ އަދަދު ނުވަތަ ބެޑްނައިޓްސް ހުރީ 1.46 އާއި 1.23 މިލިއަނާ ދެމެދުގަ އެވެ. ނަމަވެސް މެއި މަހާއި ޖޫން މަހު ދަށްވުމަށްފަހު ޖުލައި މަހު ވަނީ 1.06 މިލިއަނަށް އިތުރުވެފަ އެވެ. އަދި ޖޫން މަހަށްވުރެ ޖުލައި މަހު ޓޫރިސްޓުން ރާއްޖޭގައި މަޑުކުރާ މުއްދަތުގެ އަދަދު ވެސް ވަނީ ކުޑަ އިތުރުވުމެއް އައިސްފަ އެވެ. މިއާއެކު ޓޫރިޒަމުން ލިބުނު އާމްދަނީ ވަނީ ޖޫން މަހު 213.57 މިލިއަން ޑޮލަރުގައި ހުރުމަށްފަހު 274.11 އަށް އިތުރުވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.