ޗައިނާގެ ކާރު ބާޒާރު | 19 މިލިއަނާ ގާތްކުރާ އަދަދަކަށް ކާރު ވިކިއްޖެ

މި އަހަރުގެ ފުރަތަމަ އަށް މަސްދުވަހުގެ ތެރޭގައި ޗައިނާގައި 18.67 މިލިއަން ކާރު އުފައްދާފައިވެ އެވެ. އެއީ ނިމުނު އަހަރަށްވުރެ 2.7 އިންސައްތަ އިތުރު އަދަދެކެވެ.

އަަށް މަސްތެރޭ 18 މިލިއަނަށްވުރެ ގިނަ ކާރު ޗައިނާގައި ވިއްކާފައިވާއިރު 39 އިންސައްތައަކީ އިލެކްޓްރިކް ކާރު

ޗައިނާގެ އޮޓޮމޯބައިލް ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބި މި އަހަރުގެ ފުރަތަމަ އަށް މަސްދުވަހުގެ ތެރޭގައި 18.77 މިލިއަން އައު ކާރު ވިކިފައިވާކަމަށް އެ ގައުމުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

އޮޓޮމޯބައިލް ސިނާއަތުގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ފުރަތަމަ އަށް މަސްދުވަހުގައި ޗައިނާގައި ވިކުނު އައު ކާރުގެ އަދަދު ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ތިނެއް އިންސައްތަ އިތުރުވެފައިވެ އެވެ. 

އޭގެ އިތުރަށް ޗައިނާގައި އައު ކާރު އުފެއްދި ނިސްބަތްވެސް ފާއިތުވި އަހަރާ އަޅާބަލާއިރު އިތުރުވެފައިވެ އެވެ. މި އަހަރުގެ ފުރަތަމަ އަށް މަސްދުވަހުގެ ތެރޭގައި ޗައިނާގައި 18.67 މިލިއަން ކާރު އުފައްދާފައިވެ އެވެ. އެއީ ނިމުނު އަހަރަށްވުރެ 2.7 އިންސައްތަ އިތުރު އަދަދެކެވެ. 

ޗައިނާގެ އޮޓޯމޯބައިލް ފެކްޓަރީތަކުގެ ޖަމްއިއްޔާއިން ބުނި ގޮތުގައި އެ ގައުމުގައި ކާރު އެންމެ ގިނައިން ވިކޭ މޫސުމަކީ ސެޕްޓެންބަރު އޮކްޓޯބަަރުކަމަށްވާތީ ކުރިއަށް އޮތް ދުވަސްތަކުގައި ކާރު ވިކޭ މިންވަރު އިތުރުވާނެ ކަމަށް ބެލެވެ އެވެ. 

އަދި މިހާަރު ޗައިނާ ސަރުކާރުން އިއުލާނުކޮށްފައިވާ ބާ ކާރު ބަދަލުކުރުމުގެ ޕްރޮގުރާމާއެކު ކުރިއަށް އޮތް ދުވަސްވަަރުގައި އިތުރަށް އައު ކާރު ވިކޭނެ ކަމުގައި ޗައިނާ އޮޓޮމޯބަައިލް ކާރުހާނާތަކުގެ ޖަމްއިއްޔާއިން ބުނެ އެވެ. 

ޗައިނާގައި ކާރު އުފައްދާ މިންވަރާއި އެތެރޭގެ ބާޒާރުގައި ކާރު ވިކޭ މިންވަރު އިތުރުވެފައިވާއިރު، ޗައިނާއިން ކާރު ދުނިޔޭގެ ބާޒާރަށް ބޭރުކުރި މިންވަރުވެސް މި އަހަރުގެ ފުރަތަމަ އަށް މަސްދުވަހު އިތުރުވި އެވެ. އެގޮތުން ނިމުނު އަހަރަށްވުރެ 25.4 އިންސައްތަ އިތުރު އަދަދަކަށް ޗައިނާއިން މި އަހަރު ކާރު ބޭރުކޮށްފައިވެ އެވެ. 

ތަފާސްހިސާބުތަކުން ފާހަގަވި އަަނެއްކަމަކީ ޗައިނާގައި އިލެކްޓްރިކް އުޅަނދުފަހަރު އުފައްދާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކމެވެ. އަދި ޗައިނާގެ ބާޒާރުގައި އިލެކްޓްރިކް އުޅަނދުގެ ހިއްސާވެސް ފުޅާވަަމުންދާކަން ހިސާބުތަކުން ދައްކަ އެވެ. 

މިއަހަރުގެ ފުރަތަމަ އަށް މަހުގައި ޗައިނާގައި 7.01 މިލިއަން އިލެކްޓްރިކް ކާރު އުފައްދާފައިވެ އެވެ. އެއީ އަހަރުން އަހަރަށް ބަލާއިރު 29 އިންސައްތައިގެ އިތުރުވުމެކެވެ. އަދި 7.04 މިލިއަން އިލެކްޓްރިކް ކާރު އެ މުއްދަތުގައި ވިކިފައިވެ އެވެ. އެއީ ނިމުނު އަހަރަށްވުރެ 30.9 އިންސައްތަ އިތުރު އަދަދެކެވެ. 

ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި ޗައިނާގައި ނިމުނު އަހަރު ވިކުނު ކާރުތަކުގެ 37.5 އިންސައްތައަކީ އިލެކްޓްރިކް ކާރެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.