ދިފާއީ ވުޒާރާއިން ބުނެފައިވަނީ މި ބައްދަލުކުރެއްވުމުގައި ޗައިނާއާއި ދިވެހިރާއްޖޭގެ މެދުގައި ދިފާއީ ދާއިރާއިން އެއްބާރުލުން ދިނުން އިތުރުކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ދެ ގައުމުގެ ޑިފެންސް މިނިސްޓަރުން މަޝްވަރާކުރެއްވި ކަމަށެވެ.
ޗައިނާއާއި ރާއްޖެއާ ދެމެދު ސަލާމަތީ އަދި ދިފާއީ ކަންކަމުގައި ގުޅުން ބަދަހިކުރުމާމެދު ދެ ގައުމުގެ ދިފާއީ ވަޒީރުން މަޝްވަރާ ކުރައްވައިފި އެވެ.
11 ވަނަ ބެއިޖިން ޒިއަންޝަން ފޯރަމުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ފޯރަމުގެ ހަވާސާއިން ޗައިނާގެ ނޭޝަނަލް ޑިފެންސް މިނިސްޓަރު އެޑްމިރަލް ޑޮންގް ޖޫންއާ ދިވެހިރާއްޖޭގެ ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން ވަނީ ބައްދަލުކުރައްވާފަ އެވެ.
ދިފާއީ ވުޒާރާއިން ބުނެފައިވަނީ މި ބައްދަލުކުރެއްވުމުގައި ޗައިނާއާއި ދިވެހިރާއްޖޭގެ މެދުގައި ދިފާއީ ދާއިރާއިން އެއްބާރުލުން ދިނުން އިތުރުކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ދެ ގައުމުގެ ޑިފެންސް މިނިސްޓަރުން މަޝްވަރާކުރެއްވި ކަމަށެވެ.
މި ބައްދަލުވުމުގައި ޑިފެންސް މިނިސްޓްރީގެ ވަފުދުގެ އިތުރަށް ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ.ފަޒީލް ނަޖީބު ބައިވެރިވެވަޑައިގެންނެވި އެވެ.
މިއީ މިފަހުގެ ތާރީހެއްގައި ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރަކު ޗައިނާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އަދި ޗައިނާގެ ޑިފެންސް މިނިސްޓްރާ ބައްދަލުކުރައްވަައި ދެ ގައުމުގެ ދިފާއީ ގުޅުމާމެދު މަޝްވަރާކުރެއްވި ފުރަތަމަ ފަހަރެވެ.
ޗައިނާއަކީ އެގައުމުގެ އަސްކަރީ ވަސީލަތްތައް އަމިއްލައަށް އުފައްދާ ގައުމެކެވެ. އަދި ދުނިޔޭގެ ދެވަނައަށް އެންމެ ބާރުގަދަ އަސްކަރިއްޔާއެއް އޮތް ގައުމަކީ ޗައިނާ އެވެ. ޗައިނާއިން އަންނަނީ އަސްކަރީ ޓެކްނޮލޮޖީގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ.