ޑޮލަރުން ލިބޭ އާމްދަނީން ޑޮލަރުން ޓެކުސް ނެގުމުގެ އިސްލާހު ގެނެސްފި

މީރާއިން ގަވާއިދަށް ގެނައި އިސްލާހާއެކު ޑޮލަރުން އާމުދަނީ ލިބޭ ވިޔަފާރިތަކާއި ޑޮލަރުން މުސާރަ ލިބޭ މުވައްޒަފުން އާމްދަނީން ނަގާ ޓެކުސްތައް ދައްކަންޖެހޭނީ ޑޮލަރުންނެވެ.

ރާއްޖޭގެ ޓެކްސް އިދާރާ މީރާގެ ނަމް ބޯޑް: އައިއެމްއެފުން ވަނީ ޓެކްހާ ގުޅޭ ރިޕޯޓެއް ނެރެފައި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ބޭރު ފައިސާއިން އާމުދަނީ ލިބޭ ފަރާތްތަކުން ޑޮލަރުން އާމްދަނީން ނަގާ ޓެކުސްތައް ނެގުމަށް ގަވާއިދަށް ގެންނަންޖެހޭ އިސްލާހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ގެނެސްފި އެވެ. 

މީރާއިން މިއަދު އާންމުކޮށްފައިވާ އާމުދަނީން ޓެކުސް ނެގުމުގެ ގަވާއިދަށް ގެނައި ފަސްވަނަ އިސްލާހުގައި ބުނެފައިވަނީ އެ ފަރާތެއްގެ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށް ދިވެހި ރުފިޔާ ނޫން އެހެން ފައިސާއެއް ބޭނުންކުރާ ފަރާތެއްނަމަ އެ ފަރާތުގެ ހިސާބު ކިތާބު ބެލެހެއްޓުމުގައި ގެންގުޅެންޖެހޭނީ ޑޮލަރު ކަމަށެވެ. 

އަދި މި އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުން ފެށިގެން އެފަދަ ފަރާތްތަކުގެ މާލީ ބަޔާންތައް ތައްޔާރުކުރަންވާނީ ޑޮލަރުން ކަމުގައި އެ އިސްލާހުގައި ބުނެފައިވެ އެވެ. 

އަދި އެ ފަރާތެއްގެ މާލީ ބަޔާންތައް ރުފިޔާއިން ތައްޔާރުކުރާ ފަރާތްތަކަށް އާމުދަނީން ނަގާ ޓެކުސްތައް މީރާއަށް ދައްކަންޖެހޭނީ ރުފިޔާއިން ނުވަތަ ޑޮލަރުންނެވެ. ނަމަވެސް ޑޮލަރުން މާލީ ބަޔާންތައް ތައްޔާރުކުރަންޖެހޭ ފަރާތްތަކުން އާމްދަނީން ނަގާ ޓެކުސްތައް ދައްކަންޖެހޭނީ ޑޮލަރުން ކަމަށްވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ. 

ޑޮލަރުން ޓެކުސް ނެގުމުގެ އިސްލާހަށް އަމަލުކުރަން ފަށާނީ ޓެކުސް އަހަރު 2024 އިން ފެށިގެން ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ. އަދި ޑޮލަރުން މާލީ ބަޔާން ތައްޔާރުކުރަންޖެހޭ ފަރާތްތަކުން  31 އޮކްޓޯބަރު 2024 ވަނަ ދުވަހުން ފެށިގެން އާމްދަނީގެ ޓެކުސްތައް ދައްކަންޖެހޭނީ ޑޮލަރުންކަމަށްވެސް އެ އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ. 

އޭގެ އިތުރަށް އެ ފަަރާތްތަކަށް ދިވެހި ރުފިޔާ ނޫން ފައިސާއަކުން އާމްދަނީ ލިބޭ ފަރާތްތަކުގެ ތެރެއިން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ މީހުންގެ ވިތުހޯލްޑިން ޓެކުސްއާއި މުވައްޒަފުންގެ ވިތުހޯލްޑިން ޓެކުސް އަދި ކެޕިޓަލް ގެއިންސް ވިތުހޯލްޑިން ޓެކުސްވެސް ދައްކަންޖެހޭނީ ޑޮލަރުންކަމަށް އިސްލާހުގައި ބުނެފައިވެ އެވެ. 

ރައީސް ޑރ.މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ޑޮލަރުން ޓެކުސް ދައްކަންޖެހޭ ގޮތަށް ގެންނަ އިސްލާހާއެކު އަހަރެއްގެ މައްޗަށް އަލަށް 40 މިލިއަނާއި 80 މިލިއަނާ ދެމެދުގެ އަދަދަކަށް ޑޮލަރު ދައުލަތަށް ލިބޭނެކަމަށް ސަރުކާރުން ލަފާކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.