ޗެނަލްތަކުން ބަރަހަނާ މަންޒަރު އުނިކުރަން އެދުމުން ޖިންސީ ގުޅުން ހިންގަން ހުށަހެޅި

ޗެނަލުން ބަރަހަނާ މަންޒަރު ނަގުވަން މަސައްކަތްކުރި ފަރާތްތަކުގެ އަތުން ފައިސާ ހޯދަން އުޅުމުގެ އިތުރަށް އެ ފަރާތްތަކުގެ ކިބައިން ޖިންސީ އަމަލު ހިންގުމަށް ޒުބައިރު އެދިފައިވާކަން ފުލުހުންގެ ތަހުގީގަށް ފާހަގަވި އެވެ.

ބަރަހަނާ މަންޒަރު ދައްކައިދޭ ޓެލެގްރާމް ޗެނަލް ހިންގައި އޭގެއިން ވިޔަފާރި ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ ތިން މީހުން --

ފުލުހުންގެ ހިދުމަތުން މިހާރު ތަހުގީގުކުރަމުންދާ ޓެލެގުރާމުގައި ބަރަހަނާ މަންޒަރު ދައްކުވައިދޭ ޗެނަލުތައް ހިންގި މައްސަލާގައި ހިމެނޭ އެކަކު ކުޑަކުދިންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިޔޯ ހޯދަން އެކި ގޮތްގޮތުން މަސައްކަތްކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އދ. މަހިބަދޫ ބަހާރުގެ، ޒުބައިރު އަލީ (45އ)، ކ. މާލެ ދަފްތަރު ނަންބަރު ރސ14751 ނާސިފް އަލީ (46އ) އަދި ކ. ކާށިދޫ ސިލިންކޯ، އިސްމާއީލް ޒަބީހް (29އ) އެވެ.

މިއަދު ފުލުހުންގެ ސައިބާ ކްރައިމް ޔުނިޓުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޔުނިޓުގެ ހެޑް އޮފް އިންވެސްޓިގޭޝަންސް އިންސްޕެކްޓާ އޮފް ޕޮލިސް އަޒީފް އައްބާސް ވިދާޅުވި ގޮތުގައި މި މައްސަލާގައި ހައްޔަރުކުރި ޒުބައިރު އަލީގެ ފޯނު ބަލައިފާސްކުރުމުން ގިނަ އަދަދަކަށް ކުޑަކުދިންގެ ބަރަހަނާ މަންޒަރު އެކުލެވޭ ވީޑިޔޯ/ ފޮޓޯ ފެނިފައިވާ ކަމަށެވެ. 

އިތުރަށް އަޒީފު ވިދާޅުވީ އެހެން މީހުންނަށް މިފަދަ ކަންކަން ހިންގާނެ ގޮތް ކިޔައިދީ ކުޑަކުދިންގެ ބަރަހަނާ މަންޒަރު އާންމުކުރުމުގެ ތެރެއަށް އިތުރު މީހުން ވެއްދުމަށް/ ރެކްރޫޓުކުރުމަށް ޒުބައިރު މަސައްކަތްކޮށްފައިވާކަން އޭނާގެ ފޯނު ބަލައިފާސްކުރުމުގެ ތެރެއިން ދެނެގަނެވިފައިވާ ކަމަށެވެ. 

އޭގެ އިތުރަށް ބަރަހަނާ މަންޒަރު އެކުލެވޭ ޗެނަލުތައް މެދުވެރިކޮށް ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހޯދުމަށް އެކި މީހުންނާ އޭނާ މުއާމަލާތްކޮށްފައި ހުރިކަން ފޯނުން ދެނެގަނެވިފައިވާކަމަށްވެސް އަޒީފު ވިދާޅުވި އެވެ. 

އަޒީފު ފާހަގަކުރެއްވި އަނެއް ނުކުތާއަކީ އެ ޗެނަލްތަކުގެ ޝިކާރައަކަށްވީ ފަރާތްތަކުގެ ފޮޓޯއާއި ވީޑިއޯ ޗެނަލްތަކުން ނަގުވަން ބައެއް މީހުން ޗެނަލްތައް މެދުވެރިކޮށް މުއާމަލާތްކޮށްފައިވާ ކަމަށެވެ. އެފަދަ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމުގެ އިތުރަށް ބައެއް ފަރާތްތަކުގެ ކިބައިން ޖިންސީ އަމަލުތައް ހިންގުމަށް ޒުބައިރު އެދިފައިވާކަމަށްވެސް އަޒީފު ވިދާޅުވި އެވެ. 

"ވިކްޓަމައިޒްވީ ފަރާތްތައް ޗެނަލްތަކުގެ ތެރެއިން ކޮމިއުނިކޭޓުކޮށް އެއްޗެހި ރިމޫވުކުރަން ވާހަކަދެއްކުމުގެ ތެރެއިންވެސް ނާޖައިޒު ފައިސާގެ މުއާމަލާތްތައް ހިންގުމަށް ޑިމާންޑުކޮށްފައި ހުރި. އޭގެ އިތުރުން ޖިންސީ ފުރައްސާރައިގެ ތެރެއިން ޖިންސީ އަމަލު ހިންގުމަށް ރިކުއެސްޓުކޮށްފައި ހުރި،" އާޒިފު ވިދާޅުވި އެވެ. 

މިއަދު ފުލުހުން ބުނި ގޮތުގައި މި މައްސަލާގައި އަތުލައިގަނެވުނީ 571 ޗެނަލެވެ. އެއިން 43 ޗެނަލެއްގައި ކުޑަކުދިންގެ ބަރަހަނާ މަންޒަރު ފަތުރާފައިވެ އެވެ. މިހާތަނަށް މި މައްސަލައިގެ ތެރެއިން ދެ މިލިއަން ރުފިޔާ ދައުރުވެފައިވާކަން ފުލުހުންނަށްވަނީ ދަނެގަނެވިފަ އެވެ. 

ފުލުހުން ބުނި ގޮތުގައި އަތުލައިގަތް ޗެނަލްތަކުން ބަރަހަނާ މަންޒަރު ދައްކުވައިދޭ 241،651 ފޮޓޯއާއި 86،618 ވީޑިޔޯ ފެނިފައިވެ އެވެ. ފައިސާ ދައްކައިގެން އެޗެނަލްތަކުގައި ސަބްސްކްރައިބަރުންގެ ގޮތުގައި ޖުމްލަ 34،680 މީހުން ތިބިކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.