ޕްރިންގްލްސްގެ މިލްކުވެރި ކުންފުނި ވިއްކައިލި ޑީލުން ގޯލްޑްމަން ސެކްސްއަށް 92 މިލިއަން ޑޮލަރު

މަޝްހޫރު ޕޮޓޭޓޯ ޗިޕްސް ބްރޭންޑު ޕްރިންގްލްސްއާއި ޕޮޕް ޓާޓްސް ބްރޭންޑުގެ މިލްކުވެރި ކުންފުނިނ ކެލަވޯނާ ވިއްކައިލި ޑީލުގައި މެދުވެރިއެއްގެ ދައުރު އަދާކުރި ގޯލްޑްމަން ސެކްސްއަށް 92 މިލިއަން ޑޮލަރު ލިބިއްޖެ އެވެ. 

މި އެއްބަސްވުމުގެ ދަށުން ކެލަނޯވާ ކުންފުނި ގަތީ މާސްއިންނެވެ. އެ ކުންފުނިން ކެލަނޯވާ ގަނެފައިވަނީ 36 ބިލިއަން ޑޮލަރަށެވެ. މިއީ ފާއިތުވި ތާރީހުގައި ވޯލް ސްޓްރީޓުގައި ކުންފުންޏެއްގެ މިލްކުވެރިކަން އެންމެ ބޮޑު އަގެއްގައި ބަދަލުކުރި ޑީލެވެ. 

ގޮލްޑްމަން ސެކްސްގެ އިތުރަށް މި ޑީލުގައި ކެލަނޯވާގެ ބޯޑަށް އިސްތިޝާރީ ލަފާ ދިނުމުގައި ހަރަކާތްތެރިވި ލަޒާޑްއަށް 10 މިލިއަން ޑޮލަަރު ލިބުނެވެ. މިފަދަ ޑީލުތަކުގައި މުސްތަޝާރުންނާއި މެދުވެރންނަަށް ލިބޭ ފައިސާގެ އަދަދު ކަނޑައެޅެނީ އެ ޑީލެއް ކާމިޔާބުވާ މިންވަރުގެ މައްޗަށެވެ. 

މާސްއިން ކެލަނޯވާ 36 ބިލިއަން ޑޮލަރަށް ގަތް ޑީލަކީ މި އަހަރުގެ މިހާތަނަށް އެމެރިކާގައި ދެ ކުންފުންޏެއް އެއްކޮށްލުމަށް ހެދި އެންމެ ބޮޑު ޑީލެވެ. މިދިޔަ އަހަރު އެއަށްވުރެ ބޮޑެތި ޑީލުތައް ހެދި ނަމަވެސް މެދުވެރިންނާއި މުސްތަޝާރުންނަށް ފީގެ ގޮތުގައި ލިބުނު ފައިސާ މަދވެެ. 

ނިމުނު އަހަރު ޕައޮނިއާ 65 ބިލިއަން ޑޮލަރަށް ވިއްކައިލުމުގެ ހުރިހާ އިޖުރާއާތެއް ހިންގީ ގޮލްޑްމަން ސޭކްސްއިންނެވެ. އެ ޑީލުން އެ ކުންފުންޏަށް ލިބުނީ 46 މިލިއަން ޑޮލަރުގެ ފީއެކެވެ. އަދި ހެސް ކޯ ޝެވްރޯންއަށް 60 ބިލިއަން ޑޮލަރަށް ވިއްކި ޑީލުން އެ ބޭންކަށް ލިބުނީ 46 މިލިއަން ޑޮލަރެވެ. 

މާހިރުން ވިދާޅުވާ ގޮތުގައި ގޮލްޑްމަން ސެކްސްއަށް މި ޑީލުން ޑީލުގެ އަގާ އަޅާބަލާއިރު ބޮޑު ފީއެއް ލިބުމުން ފެނިގެންދަނީ ވޯލް ސްޓްރީޓުގައި މިފަދަަ ބޮޑެތި ޑީލުތަކަށް އޮތް ޝައުގުވެރިކަން އިތުރުވަމުންދާ ކަމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.